ރާއްޖެއިން އިންޑިއާއާއެކު ބާއްވަމުން އަންނަ ގާތް ވަރުގަދަ ގުޅުން އެގޮތުގައި ދަމަހައްޓަވާނެކަމަށް ރާއްޖޭގެ ޚާރިޖީ ވަޒީރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

މިނިސްޓަރ އަބްދުﷲ ޝާހިދު މިހެން ވިދާޅުވީ އިންޑިއާގެ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި އާއްމުކުރެއްވި ވީޑިއޯ މެސެޖެއްގައެވެ.

އިންޑިއާގެ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި އިތުރަށް ވާހަކަފުޅު ދައްކަވަމުން ޝާހިދު ވަނީ ޖުމްހޫރިއްޔަތަކަށް ބަދަލުވެ، އިންޑިއާގެ ޤާނޫނުއަސާސީން އެ ޤައުމުގެ ބިލިއަނެއްހާ ރައްޔިތުންނަށް ލިބިފައިވާ ހައްޤުތައް ފާހަގަކުރައްވާފައެވެ. ޑިމޮކްރަސީއަށް ދަތުރުކުރާ ޤައުމުތަކަށް އިންޑިއާއަކީ ނަމޫނާ، އުއްމީދީ ޑިމޮކްރަސީއެއްގެ ގޮތުގައި ޝާހިދު ސިފަކުރެއްވިއެވެ.



ޝާހިދުގެ ވާހަކަފުޅުގައި އިންޑިއާއާއި ރާއްޖެއާ ދެމެދު އޮތް ޒަމާންވީ ވަރުގަދަ ގުޅުމުގެ މައްޗަށް އަލިއަޅުއްވާލެއްވިއެވެ. އަދި އިންޑިއާއިން ރާއްޖެއަށް އެކި ދާއިރާތަކުން ބޮޑެތި އެހީތެރިކަން ފޯރުކޮށްދޭކަންވެސް ޝާހިދު ފާހަގަކުރެއްވިއެވެ.

ޝާހިދު ވަނީ އިންޑިއާއާއި ރާއްޖޭގެ ގުޅުން ވަރުގަދަކުރުމަށް އިންޑިއާގެ ފޮރިން މިނިސްޓަރު ޖައިޝަންކަރު ކުރައްވާ މަސައްކަތަށް ތައުރީފް ކުރައްވާފައެވެ. އަދި ރާއްޖެއިން އަބަދުވެސް އިންޑިއާގެ ނެއިބަހުޑް ފަސްޓް ޕޮލިސީ ދަމަހައްޓާނެކަމަށާއި، އެއީ ދެ ގައުމަށްވެސް ފައިދާހުރި ސިޔާސަތެއްކަން ފާހަގަކުރެއްވިއެވެ.



ކިޔުންތެރިންގެ ހިޔާލު