އަހުމަދު މަސްނޫމް   26 ޖެނުއަރީ 2022 - 19:48
އިންޑިއާގެ ޖުމްހޫރިއްޔަތަކީ އެހެން ޤައުމުތަކަށް ނަމޫނާއެއްކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު މިއަދު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ އިންޑިއާގެ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި، ތަހުނިޔާ ވިދާޅުވެ ކުރެއްވި ޓްވީޓެއްގައެވެ.

ރައީސް ސާލިހުގެ ޓްވީޓުގައި ވަނީ އިންޑިއާގެ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާއި އިންޑިއާގެ ރައީސް ރާމްނާތު ކޯވިންދު އަދި އިންޑިއާގެ ރައްޔިތުންނަށް ތަހުނިޔާ ވިދާޅުވެފައެވެ.



ރައީސް ސާލިހުގެ ޓްވީޓުގައި ވިދާޅުވީ އިންޑިއާގެ ޖުމްހޫރިއްޔަތާއި އިންޑިއާގެ ޤާނޫނުއަސާސީ އަދި އެ ޤައުމުގެ މުއައްސަސާތަކުން ދުނިޔޭގެ އެހެން ޑިމޮކްރަސީތަކަށް އުއްމީދު ގެނެސްދޭކަމަށެވެ.

ރައީސް ސާލިހުގެ ޒައާމަތުގައި ރާއްޖެއާއި އިންޑިއާގެ ގުޅުން ދަނީ ވަރަށް ބޮޑަށް ބަދަހިވަމުންނެވެ. އަދި އެކި ގޮތްގޮތުން ރާއްޖެއަށް ދެމުންދާ އެހީތެރިކަންވެސް އެ ޤައުމުން ދަނީ އިތުރުކުރަމުންނެވެ. އެގޮތުން ރާއްޖޭގައި މިވަގުތު ހިންގަމުންދާ ތަރައްޤީގެ ގިނަ މަސައްކަތްތަކަކީ އިންޑިއާގެ އެހީތެރިކަމާއެކު ކުރިއަށްދާ މަސައްކަތްތަކެއްކަން ފާހަގަކޮށްލެއެވެ.



ކިޔުންތެރިންގެ ހިޔާލު