މެއި 6ގެ ޙަމަލާއާއި ގުޅިގެން ހއ. މޮޅަދޫ ބަހާރުގޭ އަބްދުﷲ އަލިމަނިކާއި ހއ. ހޯރަފުށީ އަލަނާސިގޭ މުހައްމަދު ތަސްލީމަށް ކުރާ ދަޢުވާގެ އަޑުއެހުމެއް ކްރިމިނަލް ކޯޓުގައި މިއަދު ކުރިއަށް ގެންގޮސްފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު އަވަހާރަ ކޮށްލުމަށް މެއި 6 ގައި އިމްޕްރޮވައިޒްޑް އެކްސްޕްލޯސިވް ޑިވައިސް (އައިއީޑީ) އެއް ގޮއްވާލައިގެން ޙަމަލާދިންކަމަށް ތުހުމަތުކޮށް ދައުވާ ކޮށްފައިވާ ހއ. މޮޅަދޫ ބަހާރުގޭ އަބްދުﷲ އަލިމަނިކާއި ހއ. ހޯރަފުށީ އަލަނާސިގޭ މުހައްމަދު ތަސްލީމާއި ދެކޮޅަށް ދަޢުލަތުން މިއަދުވަނީ ހެކި ހުށައަޅާފައެވެ.
މިއަދު ކްރިމިނަލް ކޯޓުގައި ބޭއްވި އަޑުއެހުމުގައި ދައުލަތުން ވަނީ އެ ދެމީހުންގެ މައްޗަށް ވަކިވަކިން ހެކި ހުށައަޅާފައެވެ. އެގޮތުން ސިއްރު ހެކިންނާއި، ފުލުހުންގެ އިންޓެލް ރިޕޯޓާއި، މޯބައިލް ފޮރެންސިކް ރިޕޯޓާއި، ރައީސް އޮފީހުގެ ޤަރާރެއްވެސް ހިމެނެއެވެ. އެ ޤަރާރަކީ އައިސިސް އާއި އަލްޤައިދާއަކީ ޓެރަރިސްޓް ޖަމާއަތްތައް ކަމަށް ސާބިތު ކުރުމަށް ހުށައަޅާފައިވާ ޤަރާރެކެވެ.
ދައުލަތުން ހެކި ހުށައެޅުމާއެކު، ދިފާއުންވެސް ވަނީ ހެކި ހުށައަޅާފައެވެ. ދެފަރާތުން ހެކި ހުށައެޅުމާއެކު މައްސަލަ ބައްލަވާ ގާޒީ އަލީ އާދަމް ވަނީ މި މައްސަލައަކީ މަދަނީ މިންގަނޑުން ކުރިއަށް ގެންދެވިދާނެ މައްސަލައެއްކަމަށް ކަނޑައަޅުއްވާފައެވެ.
މި މައްސަލައިގައި ދެ ފަރާތުންވެސް ވަނީ ޝަރީއަތުގެ ކުރިން ހުށައަޅާ ހުށައެޅުންތަކަށް ފުރުސަތެއް ބޭނުންވާކަމަށް ބުނެފައެވެ. ޝަރީއަތުން ވަނީ އެކަމަށްޓަކައި 12 ދުވަހުގެ މުއްދަތެއް ދީފައެވެ. ދެން އޮންނަ އަޑުއެހުމުގައި އޮންނާނީ ޝަރީއަތުގެ ކުރިން ހުށައަޅާ ހުށައެޅުންތަކަށް ވާހަކަ ދެއްކުމެވެ.
ޢަލިމަނިކަކީ އއ. ހިމަންދޫގައި ހަރުކަށި ފިކުރު ފެތުރުމުގެ ތުހުމަތު ކުރެވޭ މައްސަލައެއްގައި ކުށް ސާބިތުވެ 10 އަހަރަށް ޖަލަށް ލާން މެއި 15، 2008 ގައި ހުކުމް ކޮށްފައިވާ މީހެވެ. އެހެން ނަމަވެސް ރައީސް އިބްރާހީމް މުހައްމަދު ޞާލިޙްގެ ވެރިކަމުގައި އޭނާއަށް މާފުދީ ޖަލުން ދޫކޮށްލިއެވެ.
ހައެއް މެއިގެ ހަމަލާއާއި ގުޅިގެން ދައުލަތުން މި ދެ މީހުންގެ މައްޗަށް އުފުލާފައި ވަނީ ޓެރަރިސްޓް ޖަމާއަތަކަށް ތާއީދުކުރުމުގެ ކުށުގެ ދައުވާ އެވެ.
ރައީސް ނަޝީދަށް ދިން ޙަމަލާއާއި ގުޅިގެން ނުވަ މީހެއްގެ މައްޗަށް ވަނީ ދައުވާ އުފުލާފައެވެ. އެއީ އަލީ މަނިކާއި، ތަސްލީމްގެ އިތުރުން، ވ. ތިނަދޫ ހިޔާ އަދުހަމް އަހުމަދު ރަޝީދާއި، ނ. މަނަދޫ ނޫރީގެ އަލީ ހައިޝަމްއާއި، މއ. ފޭރުގޭ މުޖާޒް އަހްމަދާއި، ގއ. ކޮނޑޭ ފޮޅޭމާ ތަހުމީން އަހުމަދާއި، ގއ. ވިލިނގިލި ހުދުރުވާގެ ފަހުމީ އަލީއާއި، އއ. މާޅޮސް އަސަރީގެ މުހައްމަދު ނާޒިމްއާއި، މ. ކުދެހިގެ އިޝްހާގުގެ މައްޗަށެވެ.
އޭގެތެރެއިން އަދުހަމް ދައުވާތަކަށް އިއުތިރާފްވުމުން 23 އަހަރުގެ ޖަލުހުކުމެއްވަނީ އިއްވާފައެވެ. އަދުހަމްގެ މައްޗަށް ކުރި ދައުވާތަކަކީ ޓެރަރިޒަމްގެ އަމަލެއް ކުރުމާއި ޓެރަރިޒަމްގެ އަމަލެއް ރޭވުމާއި ޓެރަރިސްޓް ޖަމާއަތަކަށް ތާއިދުކުރުމާއި ނުރައްކާތެރި ހަތިޔާރެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މަރާލަން އުޅުމުގެ ދައުވާއެވެ.
ރައީސް ނަޝީދަށް ހަމަލާދީފައި ވަނީ އެމަނިކުފާނުގެ ގެކޮޅު، ގ. ކެނެރީގެ ކައިރިން 6 މެއި ދުވަހުގެރޭ 8:27 ހާއިރު އެމަނިކުފާނު ކާރަށް އަރާވަޑައިގަންވަނިކޮށެވެ. އަދި އެ ހާދިސާގައި ރައީސް ނަޝީދުގެ ކާރު ޑްރައިވަރަށާއި، 2 ބޮޑީގާޑެއްގެ އިތުރުން މަގުމަތިން ދިޔަ ބައެއް މީހުންވެސް ޒަހަމްވެފައިވެ އެވެ.
އެ ޙަމަލާއަށްފަހު ރައީސް ނަޝީދު ވަނީ އޭޑީކޭގައި 16 ގަޑިއިރުގެ އޮޕަރޭޝަނެއް ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު