އަންނަ މަހުގެ ފަސްވަނަ ދުވަހު ބާއްވާ ކޮމަންޑޫ ދާއިރާގެ މަޖިލިސް އިންތިޚާބުގައި އެދާއިރާއަށް ތަރައްގީ ގެނެވޭނީ އެމްޑީޕީގެ ކެންޑިޑޭޓް މުހައްމަދު ރާޝިދު އިންތިޚާބުކޮށްގެން ކަމަށް ޖުމުހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
ގާސިމް މިހެން ވިދާޅުވީ ކުރިއަށް އޮތް ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންގައި ސަރުކާރު ކޯލިޝަންގެ މައި ޕާޓީ އެމްޑީޕީގެ ކެންޑިޑޭޓް މުހަައްމަދު ރަޝީދަށް ތާއިދު ހޯދުމަށް ބޭއްވި ކެމްޕޭން އިވެންޓެއްގައި ވާހަކަފުޅު ދައްކަވަމުންނެވެެ.
މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް ވިދާޅުވީ، ކޮމަންޑޫ ދާއިރާއަށް ސަރުކާރުގެ ކެންޑިޑޭޓް ނޫން އެހެން ޕާޓީއެއްގެ ކެންޑިޑޭޓެއް އިންތިޚާބު ކޮށްގެން އެ ދާއިިރާގެ ރައްޔިތުންނަށް ލިބޭނެ މޮޅެއް މަންފާއެއް ނެތް ކަމަށާއި އެ ކެންޑިޑޭޓުންނަށް ކޮށްދެވޭނެ ކަމެއް ވެސް ނޯންނާނެ ކަމަށެވެ.
އަދި ވެރިކަމުގައި މިއަދު އޮތީ އެމްޑީޕީ ކަމަށާއި އެމްޑީޕީގެ ކެންޑިޑޭޓް ހޮވައިދިނުން މުހިންމު ވަނީ އެސަބަބާހުރެ ކަމަށް ގާސިމް ވިދާޅުވިއެވެ.
ގާސިމް ވިދާޅުވީ އެމްޑީޕީގެ ކެންޑިޑޭޓަކު ނުހޮވިއްޖެ ނަމަ، ކޯލިޝަން އެހެން ލީޑަރުން ވެސް ލަދު ގަންނަން ޖެހޭ ކަމަށެވެ. އެމަނިކުފާނު ވިދާޅުވީ ކޮމަންޑޫ ދާއިރާއަށް ސަރުކާރު ކެންޑިޑޭޓް ނޫން އެހެން ކެންޑިޑޭޓެއް އިންތިޚާބުކުރުމަކީ ގޯހެއް ކަމަށެވެ. އެހެންކަމުން އެފަދަ ގޯހެއް ނުހެދުމަށް ގާސިމް ވަނީ ގޮވާލައްވާފައެވެ.
"އަޅުގަނޑު ދަންނަވާލާނީ ނަމަނަމަ ގޯހެއް ނަހައްދަވާށޭ، ގޯހަކަށް ވާނީ އެމްޑީޕީގެ ކެންޑިޑޭޓް ނޫން އެހެން ކެންޑިޑޭޓެއް ހޮއްވަވައިފިއްޔާ، ސުޕަ މެޖޯރިޓީ ތިބޭފުޅުން ހޮއްވަވައި ދެއްވާށޭ، އެއީ މިދާއިރާގެ ހުރިހާ ބޭފުޅުންނަށް އެންމެ ފައިދާ ބޮޑުގޮތަކީ. ވަރިހަމަ އެއްބަނޑު އެއްބަފާ މީހަކު ކުރިމަތިލައިގެން ހުއްޓަސް އެހެން ޕާޓީއަކުން ކުރިމަތިލައިފިނަމަ ނުހޮވާށޭ، ނުހޮވާށޭ މިދަންނަވަނީ އެކަމުން ލިބޭނެ މަންފާ އެއް ނެތީމަ." މަޖިލީހުގެ ރައީސް ކަން ކުރެއްވި ގާސިމް ވިދާޅުވިއެވެެ.
މީގެ އިތުރުން ގާސިމް ވިދާޅުވީ ކޮމަންޑޫ ދާއިރާގެ ރައްޔިތުންނަށް ޕްރޮޖެކްޓެއް ހިންގޭނީ ދިވެހި ސަރުކާރުގެ ރުހުމާއި ރައީސުލްޖުމްހޫރިއްޔާގެ ލޯތްބާއި އިޚްލާސްތެރިކަން އެރައްޔިތުންނަށް އޮވެގެން ކަމަށެވެ. އެއިރެއްގަ ހުންނަވާ ރައީސުލްޖުމްހޫރިއްޔާއެއްގެ ރުހުމާއި ލޯބި ލިބިގެން މެނުވީ އެއްވެސް ތަނެއްގައި ޕްރޮޖެކްޓެއް ނުހިނގާނެ ކަމަށް ގާސިމް ވިދާޅުވިއެވެ. އެހެންކަމުން ރައީސް ސޯލިހް އެދިވަޑައިގަންނަވާ ގޮތަށް ސަރުކާރު ކެންޑިޑޭޓް މުޙައްމަދު ރާޝިދު އިންތިޚާބު ކޮށްދިނުމަށް ގާސިމް ވަނީ އެދިވަޑައިގެންފައެވެ.
"ރައްޔިތުންނަށް ލާބަޔާ މަންފާއާއި މޮޅުވުމަށް އަޅުގަނޑުވެސް އެދެން. އެއީ ރައީސުލްޖުމުހޫރިއްޔާ ނުވަތަ މައިސަރުކާރު ހިތުގައި ނުޖެހޭނެ ގޮތަށް ދެރަނުވާނެ ގޮތަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އުފާފުޅުވާނެ ގޮތަށް އަމަލު ކުރެވިގެން އެހެންވާނީ. އެއީ މި ތަރައްގީ ކުރިއަރުވައި އިތުރު ކަންތައްތަށް ކުރެވޭނީ ތިބޭފުޅުން އެކަން ގަބޫލުކޮށް ރަނގަޅަށް އެކަން ކުރިއަށް ގެންދަން ތިއްބެވިއްޔާ އެހެންނޫނީ އެކަމެއް ނުވާނެ." ގާސިމް ވިދާޅުވިއެވެ.
ޖުމުހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ހިމެނޭގޮތަށް ޖޭޕީހިމެނޭ ސަރުކާރު ކެންޑިޑޭޓް މުހައްމަދު ރާޝިދަށް ތާއިދު ހޯދުމަށް އެޕާޓީގެ އިސް ބޭފުޅުންގެ ޓީމެއް ކޮމަންޑޫ ދާއިރާގެ ރަށްތަކަށް އިއްޔެ ވަނީ ވަޑައިގެންފައެވެ. ރާޝިދުގެ ކެމްޕެއިނަށް ގާސިމް އިބްރާހިމް ކޮމަންޑޫ ދާއިރާއަށް ވަޑައިގެންފައި ވާއިރު، ޖޭޕީއަށް ނިސްބަތްވެވަޑައިގަންނަވާ ނައިބު ރައީސް ފައިސަލް ނަސީމްވެސް ރާޝިދުގެ ކެމްޕޭނަށް އެދާއިރާގެ ރަށްތަކަށް ވަޑައިގެން ވަނީ ކެމްޕޭން ކޮށްދެއްވާފައެވެ.
ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންގައި ތިން ޕާޓީ އެއްގެ ކެންޑިޑޭޓުން ވާދަކުރައްވައެވެ. އެއީ ޕީޕީއެމްގެ ފަރާތުން މޫސާ ފަތުހީ އާއި އެމްޑީޕީގެ ފަރާތުން މުހައްމަދު ރާޝިދުގެ އިތުރުން އެމްއެންޕީގެ ފަރާތުން އަބްދުލްހަންނާން އިދުރީހެވެ.

Rayyithunge Majlis #KomandooDhaairaa by-election #Sarukaaru Candidate @Rashid141221 Thaaeed Hoadhumah JP Leader Hon @QasimIbrahim Adhi JPge isbeyfulhun #Maroshi rayyithunna bahdhalu kurehvun pic.twitter.com/CanVlCKXW7
— JP Secretariat (@JPSecretariat) January 26, 2022
"އަޅުގަނޑު ދަންނަވާލާނީ ނަމަނަމަ ގޯހެއް ނަހައްދަވާށޭ، ގޯހަކަށް ވާނީ އެމްޑީޕީގެ ކެންޑިޑޭޓް ނޫން އެހެން ކެންޑިޑޭޓެއް ހޮއްވަވައިފިއްޔާ، ސުޕަ މެޖޯރިޓީ ތިބޭފުޅުން ހޮއްވަވައި ދެއްވާށޭ، އެއީ މިދާއިރާގެ ހުރިހާ ބޭފުޅުންނަށް އެންމެ ފައިދާ ބޮޑުގޮތަކީ. ވަރިހަމަ އެއްބަނޑު އެއްބަފާ މީހަކު ކުރިމަތިލައިގެން ހުއްޓަސް އެހެން ޕާޓީއަކުން ކުރިމަތިލައިފިނަމަ ނުހޮވާށޭ، ނުހޮވާށޭ މިދަންނަވަނީ އެކަމުން ލިބޭނެ މަންފާ އެއް ނެތީމަ." މަޖިލީހުގެ ރައީސް ކަން ކުރެއްވި ގާސިމް ވިދާޅުވިއެވެެ.
މީގެ އިތުރުން ގާސިމް ވިދާޅުވީ ކޮމަންޑޫ ދާއިރާގެ ރައްޔިތުންނަށް ޕްރޮޖެކްޓެއް ހިންގޭނީ ދިވެހި ސަރުކާރުގެ ރުހުމާއި ރައީސުލްޖުމްހޫރިއްޔާގެ ލޯތްބާއި އިޚްލާސްތެރިކަން އެރައްޔިތުންނަށް އޮވެގެން ކަމަށެވެ. އެއިރެއްގަ ހުންނަވާ ރައީސުލްޖުމްހޫރިއްޔާއެއްގެ ރުހުމާއި ލޯބި ލިބިގެން މެނުވީ އެއްވެސް ތަނެއްގައި ޕްރޮޖެކްޓެއް ނުހިނގާނެ ކަމަށް ގާސިމް ވިދާޅުވިއެވެ. އެހެންކަމުން ރައީސް ސޯލިހް އެދިވަޑައިގަންނަވާ ގޮތަށް ސަރުކާރު ކެންޑިޑޭޓް މުޙައްމަދު ރާޝިދު އިންތިޚާބު ކޮށްދިނުމަށް ގާސިމް ވަނީ އެދިވަޑައިގެންފައެވެ.
"ރައްޔިތުންނަށް ލާބަޔާ މަންފާއާއި މޮޅުވުމަށް އަޅުގަނޑުވެސް އެދެން. އެއީ ރައީސުލްޖުމުހޫރިއްޔާ ނުވަތަ މައިސަރުކާރު ހިތުގައި ނުޖެހޭނެ ގޮތަށް ދެރަނުވާނެ ގޮތަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އުފާފުޅުވާނެ ގޮތަށް އަމަލު ކުރެވިގެން އެހެންވާނީ. އެއީ މި ތަރައްގީ ކުރިއަރުވައި އިތުރު ކަންތައްތަށް ކުރެވޭނީ ތިބޭފުޅުން އެކަން ގަބޫލުކޮށް ރަނގަޅަށް އެކަން ކުރިއަށް ގެންދަން ތިއްބެވިއްޔާ އެހެންނޫނީ އެކަމެއް ނުވާނެ." ގާސިމް ވިދާޅުވިއެވެ.
ޖުމުހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ހިމެނޭގޮތަށް ޖޭޕީހިމެނޭ ސަރުކާރު ކެންޑިޑޭޓް މުހައްމަދު ރާޝިދަށް ތާއިދު ހޯދުމަށް އެޕާޓީގެ އިސް ބޭފުޅުންގެ ޓީމެއް ކޮމަންޑޫ ދާއިރާގެ ރަށްތަކަށް އިއްޔެ ވަނީ ވަޑައިގެންފައެވެ. ރާޝިދުގެ ކެމްޕެއިނަށް ގާސިމް އިބްރާހިމް ކޮމަންޑޫ ދާއިރާއަށް ވަޑައިގެންފައި ވާއިރު، ޖޭޕީއަށް ނިސްބަތްވެވަޑައިގަންނަވާ ނައިބު ރައީސް ފައިސަލް ނަސީމްވެސް ރާޝިދުގެ ކެމްޕޭނަށް އެދާއިރާގެ ރަށްތަކަށް ވަޑައިގެން ވަނީ ކެމްޕޭން ކޮށްދެއްވާފައެވެ.
ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންގައި ތިން ޕާޓީ އެއްގެ ކެންޑިޑޭޓުން ވާދަކުރައްވައެވެ. އެއީ ޕީޕީއެމްގެ ފަރާތުން މޫސާ ފަތުހީ އާއި އެމްޑީޕީގެ ފަރާތުން މުހައްމަދު ރާޝިދުގެ އިތުރުން އެމްއެންޕީގެ ފަރާތުން އަބްދުލްހަންނާން އިދުރީހެވެ.
ކިޔުންތެރިންގެ ހިޔާލު