ބޭރު ގައުމުތަކަށް ރަނގަޅު މެސެޖެއް ދިނުމަށް އަަންނަ މަހުގެ ފަސްވަނަ ދުވަހު ބާއްވާ ކޮމަންޑޫ ދާއިރާގެ މަޖިލިސް އިންތިޚާބުގެ ގޮނޑި ސަރުކާރުން ކާމިޔާބުކުރަންޖެހޭ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސްޕެޝަލް އެންވޯއީ މުހައްމަދު ޝިހާބު ވިދާޅުވެއްޖެއެވެ.
ރައީސްގެ ސްޕެޝަލް އެންވޯއީ އަދި ކުރީގެ ހޯމް މިނިސްޓަރުކަން ކުރެއްވި މުހައްމަދު ޝިހާބު މިހެން ވިދާޅުވީ ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންގައި ސަރުކާރު ކޯލިޝަންގެ މައި ޕާޓީ އެމްޑީޕީގެ ކެންޑިޑޭޓް މުހަައްމަދު ރާޝީދަށް ތާއިދު ހޯދުމަށް ބޭއްވި ކެމްޕޭން އިވެންޓެއްގައި ވާހަކަ ދައްކަވަމުންނެވެެ.
އެމްޑީޕީގެ ލީޑަރޝިޕްގެ އިސްބޭފުޅެއް ކަމަށްވާ މުހައްމަދު ޝިހާބު ވިދާޅުވީ ސުޕަ މެޖޯރިޓީއާއި އެކު ސަރުކާރު ހިންގާ އެމްޑީޕީގައި 64 މެމްބަރުން އެބަތިބި ކަމަށާއި، އަދި މަޖިލީހުގައި ތިބި ކޯލިޝަން ޕާޓީތަކުގެ މެމްބަރުންގެ އެހީތެރިކަމާއި އެއްބާރުލުން ވެސް ސަރުކާރަށް ލިބެމުންދާ ކަމަށެވެ. އެހެން ނަމަވެސް ކޮމަންޑޫ ދާއިރާގެ މަޖިލީހުގެ ގޮނޑި ސަރުކާރަށް ވަރަށް މުހިއްމު ކަމަށް ޝިހާބް ވިދާޅުވިއެވެ.
ރާއްޖެއަށް ކުރިމަތިވެފައިވާ ދަތި އުދަނގޫ މިވަގުތުގައި ރައީސް ސާލިޙުގެ ސަރުކާރުން ބޮޑެތި މަސައްކަތްތަކެއް ކުރަމުންދާ ކަމަށާއި، މި ދަނޑިވަޅުގައި ކޮމަންޑޫ ގޮނޑި ސަރުކާރަށް ކާމިޔާބުވުމަކީ ހުރިހާ ދިވެހި ރައްޔިތުންނާއި ބޭރުގެ ފަރާތްތަކަށް ދެވޭ ބޮޑު މެސެޖަކަށް ވާނެ ކަމަށް ޝިހާބު ވިދާޅުވިއެވެ.
މީގެ އިތުރުން ޝިހާބް ވިދާޅުވީ ރައީސް ސާލިޙުގެ ސަރުކާރުން ރާއްޖޭގެ ތަރަައްގީއަށް ބޮޑެތި މަސައްކަތްތަކެއް ފަށާފައިވާ ކަމަށެވެ. ސަރުކާރުގެ މި ވޭތުވެ ދިޔަ ދެ އަހަރުގެ ތެރޭގައި އުޅެންޖެހުނު އުދަގޫ ހާލަތުގައި ވެސް ސަރުކާރުން ތަރައްގީގެ މަސައްކަތް ކޮށްދީފައިވަނީ ވަރަށް ފުރިހަމަ ކަމާއެކު ކަމަށް އޭނާ ވިދާޅުވިއެވެ.
"ބާކީ މިއޮތް ދެ އަހަރު އެމަސައްކަތްތައް އަޅުގަނޑުމެން އެބަ ނިއްމާލަންޖެހޭ. މިހާރު ނަރުދަމާގެ މަސަައްކަތެއް ނިމިފައި ނުވަތަ މަސައްކަތް ނުކުރާ ރަށެއް ރާއްޖެއަކު ނޯއްނާނެ، ފެނުގެ ނިޒާމް މި ދެއަހަރުގެ ތެރޭގައި އަޅުގަނޑުމެންނަށް ހަމަޖެހިގެންދާނެ ދެން މިހެން ގޮސް ބައިވަރު މަސައްކަތްތަކެއް އެބަހުރި." ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސްކަން ކުރެއްވި ޝިހާބު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު