އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައިގައި ރިޝްވަތު ހިފުމުގެ ދައުވާ އުފުލާފައިވާ ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފްގެ މައްސަލައާ ގުޅިގެން ކޯޓުން އަމަލުކުރަމުންދާ ގޮތާއިމެދު ޓްރާންސްޕޭރަންސީ މޯލްޑިވްސްއިން ކަންބޮޑުވުން ފާޅުކޮށްފިއެވެ.
އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ މައްސަލައިގައި މަހްލޫފްގެ މައްޗަށް ދައުލަތުން ވަނީ ރިޝްވަތު ހިފުމުގެ ދައުވާ އުފުލާފައެވެ. އެ މައްސަލައިގެ ޝަރީއަތް ފެށުމަށް މިމަހުގެ 19 ވަނަ ދުވަހު ތާވަލްކުރުމަށްފަހު އިދާރީ މައްސަލައެއް ޖެހިގެން ކަމަށްބުނެ އެ ޝަރީއަތް ފަހުން ވަނީ ކެންސަލްކޮށްފައެވެ.
އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާ ލިބުނު ކަމަށް ތުހުމަތުކޮށް ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފްގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާގެ ޝަރީއަތް ފަށާނީ ކޮވިޑްގެ ހާލަތު ރަގަޅުވުމުން ކަމަށް ކްރިމިނަލް ކޯޓުންވަނީ ބުނެފައެވެ.
އެކަމާ މެދު ކަންބޮޑުވުން ފާޅުކޮށް ޓްރާންސްޕޭރަންސީން ބުނީ ކޯޓުގައި މި ދުވަސްވަރު ވެސް އެކި މައްސަލަތައް ކުރިއަށްދާ ކަމަށެވެ. އެކަމަކު މަހްލޫފްގެ މައްސަލައަކީ ސީރިއަސް މައްސަލައެއް ނަމަވެސް މައްސަލަ ކޮވިޑުގެ ހާލަތު ރަނގަޅުވުމުން ކުރިއަށް ގެންދަން ނިންމުމުން ކޯޓުގެ ގައިޑްލައިންތައް އެހާ ދެކޮޅު ނުޖެހޭ ކަމަށް ޓްރާންސްޕޭރަންސީން ބުނެ އެވެ.
ޓްރާންސްޕޭރަންސީން ބުނީ އޮގަސްޓް 6، 2020 ގައި ކޯޓުން ވަނީ އޮންލައިންކޮށް ޝަރީއަތް ކުރިއަށް ގެންދިއުން ތައާރަފުކޮށްފައި ކަމަށެވެ. އަދި މަހްލޫފުގެ މައްސަލަ ޕްރޮސެކިއުޓާ ޖެނަރަލްގެ އޮފީހުން ކޯޓަށް ފޮނުވީ މިދިޔަ އަހަރުގެ ނޮވެމްބަރު 25 ގައި ކަމަށް ވެސް އެޖަމިއްޔާއިން ވަނީ ފާހަގަކޮށްފައެވެެ.
މީގެ އިތުރުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ކެބިނެޓް ވަޒީރެއްގެ މައްޗަށް އެމްއެމްޕީއާރުސީގެ ކޮރަޕްޝަންގެ ތުހުމަތު ކުރެވި އެ މައްސަލަ ކޯޓަށް ހުށަހަޅައިފި ނަމަ އެބޭފުޅަކު މަގާމުން ވަކިކުރާނެ ކަމަށް ވިދާޅުވެފައި ނަމަވެސް އެގޮތަށް މަހްލޫފާ މެދު އަމަލުކޮށްފައި ނުވާތީ އެކަމާމެދު ވެސް ޓްރާންސްޕޭރެންސީން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެެވެ.
ކޮރަޕްޝަނާ ދެކޮޅަށް ރައީސް ކަނޑައެޅުއްވި "ޒީރޯ ޓޮލަރެންސް"ގެ ސިޔާސަތާއެކު، ހިޔާނާތުގެ ތުހުމަތުވާ ސަރުކާރުގެ އިސްވެރިންނަށް ވަގުތުން ވަގުތަށް ފިޔަވަޅު އެޅުމަށް އޮތް ނަމަވެސް ފަހުން ވަނީ އުސޫލަށް ބަދަލު ގެނެސްފައެވެ. އަދި އެ އުސޫލު އާންމު ކޮށްފައިނުވާއިރު އެކަމުގައި އަަމަލުކުރާ ގައިޑްލައިންތަކެއްގެ ސަބަބުން ދެފުށް ނުފެންނާތީ ޓްރާންސްޕެރަންސީން ބުނީ ސަރުކާރުގެ މި އަމަލުގެ ސަބަބުން ކޮރަޕްޝަން ހިންގާ މީހުންނަށް އެމީހުންގެ މަގާމުގެ ބާރު ބޭނުންކޮށްގެން ހެކި ނައްތާލުމުގެ ފުރުސަތު ލިބުމުގެ އިތުރުން އޭގެ ސަބަބުން ކޮރަޕްޝަން އިތުރުވާނެ ކަމަށެވެ.
ރިޝްވަތުގެ ދައުވާ މަހުލޫފުގެ މައްޗަށް ދައުލަތުން އުފުލާފައިވަނީ އޭނާ ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރުކަމުގައި ހުންނެވިއިރު، އޮގަސްޓް 27، 2014 ވަނަ ދުވަހު ސްޕެޝަލް އިކޮނޮމިކް ޒޯން ބިލަށް ތާއީދުކޮށް ވޯޓުދިނުމުގެ މުގާބިލުގައި، ރިޝްވަތު ހިފި ކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައެވެ.
މަހުލޫފަށް ރިޝްވަތުގެ ފައިސާ ދިނީ އޭރުގެ ޓޫރިޒަމް މިނިސްޓަރު އަހްމަދު އަދީބު ޢަބްދުލްޣަފޫރު ކަމަށް ދައުލަތުން ވަނީ ބުނެފައެވެ.
އޭސީސީން މީގެ ކުރިން ބުނެފައިވަނީ އެސްއޯއެފް ޕްރައިވެޓް ލިމިޓެޑްގެ ނަމުގައި ބީއެމްއެލްގައި ހުޅުވާފައިވާ އެކައުންޓުގެ ޗެކުން މަހުލޫފަށް ދިން 33،000 އެމެރިކާ ޑޮލަރު، އޭނާގެ ނަމުގައި ބީއެމްއެލްގައި ހުޅުވާފައިވާ އެކައުންޓަށް ސެޕްޓެމްބަރު 1، 2014 ވަނަ ދުވަހު ޖަމާކޮށް ރިޝްވަތު ހިފާފައިވާ ކަމަށް ތުހުމަތު ކުރެވޭ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު