ކުރީގެ ރައީސް އަބުދުﷲ ޔާމިން މިނިވަންކަމާއެކު މަގުމަތީގައި ހުންނެވުމުން އެނގިގެންދަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަކީ އިހުސާންތެރި ވެރިއެއްކަން ކަމުގައި ޖުމުހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
ކުރިއަށް އޮތް ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންގައި ސަރުކާރު ކޯލިޝަންގެ މައި ޕާޓީ، އެމްޑީޕީގެ ކެންޑިޑޭޓް މުހަައްމަދު ރާޝިދަށް ތާއިދު ހޯދުމަށް ބޭއްވި ކެމްޕޭން އިވެންޓެއްގައި ވާހަކަފުޅު ދައްކަވަމުން ޖުމުހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަކީ އިހުސާންތެރި އިހުލާސްތެރި ވެރިއެއް ކަމަށެވެ. އެކަން ދިވެހި ރައްޔިތުންނާއި މުޅި ދުނިޔެ ވެސް ގަބޫލު ކުރާ ކަމަށް ގާސިމް ވިދާޅުވިއެެވެ.
"އެހެން ނޫނީ އިހަށް ދުވަހު ވެރިކަން ކުރެއްވި ރައީސް ޔާމިން މިއަދު މަގުމަތީގައި ނުހުންނެވީސް، ސްޕުރީމް ކޯޓަށް ފުލުހުންނާއި ސިފައިން ވަދެ ކަންތައް ކުރިގޮތް ވެސް އަޅުގަނޑުމެން ދުށީމު. މިއަދު އެހެން ކަންތައް ކުރެއްވިތޯ؟ ކީއްވެތޯ ނުކުރަައްވާ އެ ހުންނަވަނީ؟ އެއީ އެބޭފުޅާ (ރައީސް ސޯލިހް)ގެ ހިތްޕުޅުގައި އެބައޮތް އިހުލާސްތެރިކަމާއި ލޯތްބެއް. ރައްޔިތުންނަށް އިންސާފުވެރިކަމެއް، އަދި އެހުކުމް ސްޕްރީމް ކޯޓުން ނިއްމާފައިވަނީ ރަނގަޅަށް ކަމަށް ވިޔަސް ނުބައިކޮށް ކަމަށް ވިޔަސް ފަނޑިޔާރުން ފާޅުކުރަމުންއައި ނުކުތާ ތަކުގެ ތެރޭގައި އެކަން ގޯސް މިކަން ގޯސް މިހެން ގޮސް ތިން ހަތަރު ފަސް ހަކަންތައް ގޯސް، ހުކުމް އައީ ތޮއްޑުދަށުންނޭ ދަނީ ބުނެއުޅޭ ބައެއްކަހަލަ ކަންތައްތައް، އެހެންކިޔާކަށް ނޫން މިއުޅެނީ." ސިޔާސީ ބޭފުޅުންތަކެއް ދޫކޮށްލަން ރައީސް ޔާމިން ސަރުކާރުގައި ސްޕްރީމް ކޯޓުން ކުރި ހުކުމާއި ގުޅިގެން ކުއްލި ނުރަައްކަލުގެ ހާލަތު އިއުލާންކޮށް ފުލުހުންނާއި ސިފަައިން ފޮނުވައި ސްޕްރީމް ކޯޓުގެ ފުރާޅުން ޓިނުނަގައި އުއްތަމަ ފަނޑިޔާރާއި އިތުރު ފަނޑިޔާރަކު ހައްޔަރު ކޮށް ދައުވާކޮށް ޖަލަށްލި މައްސަލައަށް އިޝާރަތް ކުރައްވަމުން ގާސިމް ވިދާޅުވިއެވެ.
މީގެ އިތުރުން ގާސިމް ވިދާޅުވީ ރައީސް ޔާމިނަށް ވެރިކަން ހޯދައިދިނީ އެމަނިކުފާނު ސަލާންޖަހައިގެން ކަމަށެވެ. ޢެހެން ނަމަވެސް ރައީސް ޔާމިންގެ ސަރުކާރުގައި އެއްވެސް ހައްގުން ކަމަކާއި ނުލައި އެމަނިކުފާނު ޖަލަށްލި ކަމަށް ގާސިމް ވިދާޅުވިއެވެ.
"އައިޖީއެމްއެޗްގައި އެޑްމިޓްކޮށް ޑޮކުޓަރު ކައިރީގައި ހުއްޓައި ރޭގަނޑު މެންދަމު އެއްގަޑި ބައިވީއިރު ޣައިރު ހާޒިރުގައި ހުކުމް ކޮށްލާ ނިއްމާލީ. ތިންް އަހަރު ދުވަހަށް ޖަލަށްލާން. ކޮންކަމަކާތޯ ކޮން އެެއްޗެއް އަޅުގަނޑު ބުނެގެންތޯ." ރައީސް ސޯލިހާއި ރައީސް ޔާމިންގެ ސަރުކާރުގެ ހުރި ތަފާތު ފާހަަގަކުރައްވަމުން ގާސިމް ވިދާޅުވިއެެވެ.
އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ މައްސަލަައިގައި ކުރީގެ ރައީސް ޔާމިން ފަސް އަހަރަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ކުރި ހުކުމް ސްޕުރީމް ކޯޓުން ބާތިލް ކުރުމާއި ގުޅިގެން އެމަނިކުފާނު މިހާރު ވަނީ މިނިވަންވެވަޑައިގެންފައެވެ. ރައީސް ޔާމިން މިނިވަންވެވަޑައިގަތުމަށް ފަހު ރާއްޖޭގައި ތިބި އިންޑިޔާ ސިފައިން ބޭރުކުރުމަށް ގޮވާލާ ހިންގާ ހަރަކާތް ވެސް ވަނީ ފުޅާކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު