ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ފުރަން ގޮސްހުރި ފަތުރުވެރިއަކު ކުއްލި ގޮތަކަށް މިއަދު މަރުވެއްޖެއެވެ.
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ހިންގާ އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް، އެމްއޭސީއެލުން ބުނީ އެއާޕޯޓަށް ފުރަން ގޮސް ހުރި ފަތުރުވެރިޔަކު ކުއްލި ގޮތަކަށް މަރުވެފައިވާ ކަމަށެވެ. އެ ފަތުރުވެރިޔާ މަރުވެފައިވަނީ ހާޓްއެޓޭކެއް ޖެހިގެން ކަމަށް ބެލެވޭ ކަމަށް އެ ކުންފުނިން ބުނެ އެވެ. އެމްއޭސީއެލުން ބުނީ އޭނާ ދުންފަތުގެ އިސްތިއުމާލުކުރާ ކޮޓަރިއަށް ވެއްޓުމުން ވަގުތުން ކުލިނިކަށް ގެންގޮސް ކުއްލި ފަރުވާ ދިން ކަމަށާއި އެހެން ނަމަވެސް އޭނާ މަރުވެފައިވާ ކަމަށެވެ. އެ ފަތުވެރިޔާގެ ހަށިގަނޑު މިހާރު ވަނީ ޓްރީޓޮޕް ހޮސްޕިޓަލަށް ގެންގޮސްފައެވެ.
މިހާދިސާގައި މަރުވެފަައިވަނީ އިނގިރޭސި ވިލާތަށް ނިސްބަތްވާ ފަތުރުވެރިއެެއް ކަމަށް އެނގިފަައިވެއެވެ. މިކަމާ ގުޅިގެން ފުލުހުންގެ ބަހެއް އަދި ނުލިބެއެވެ.

ކިޔުންތެރިންގެ ހިޔާލު