ވެރިކަމުގައި ހުންނަ ފަރާތަކަށް ހުރިހާ ބާރެއް ލިބުމަކީ ރައްޔިތުންނަށް ބޮޑު ގެއްލުމެއް ކުރިމަތިވާނެ ކަމެއް ކަމަށް އަދާލަތު ޕާޓީގެ އިލްމްވެރިންގެ މަޖިލީހުގެ ނާއިބް ރައީސް ޑރ. މުހައްމަދު އިޔާޒް ވިދާޅުވެއްޖެއެވެ.
ޑރ. އިޔާޒް މިހެން ވިދާޅުވީ އަންނަ މަހުގެ ފަސްވަނަ ދުވަހު ބާއްވާ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ގޮނޑި ކާމިޔާބު ކުރުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާ ދަނޑިވަޅެއްގައެެވެ.
އެ އިންތިޚާބުގައި އެމްޑީޕީގެ ފަރާތުން ވާދަކުރާ މުހައްމަދު ރާޝިދު އިންތިޚާބު ކުރުމަށް ސަރުކާރާއި ކޯލިޝަންގައި ހިމެނޭ ޕާޓީތަކުން ވަރަށް ފޯރިއާއެކު ދަނީ ކެމްޕޭން ކުރަމުންނެެވެ. އަދި ޑރ. އިޔާޒު ނިސްބަތްވެ ވަޑައިގަންނަވާ އަދާލަތު ޕާޓީން ވެސް ވަނީ މިއިންތިހާބުގައި ސަރުކާރު ކެންޑިޑޭޓަށް ތާއީދު ކުރަން ނިންމާފައެވެ. މީގެއިތުރުން އަދާލަތު ޕާޓީގެ އިސްވެރިން ގެންދަވަނީ އެދާއިރާއަށް ވަޑައިގެން ސަރުކާރު ކެންޑިޑޭޓަށް ތާއީދު ހޯދުމަށް މަސައްކަތް ކުރަށްވަމުންނެވެ.
އެކަމާ ގުޅިގެން މަޝްހޫރު ދީނީ އިލްމްވެރިޔާ ޑރ. މުހައްމަދު އިޔާޒް ވިދާޅުވީ ކޮންމެ ބަޔަކު ވެރިކަމުގައި ތިބިނަމަވެސް ހުރިހާ ބާރެއް އެއްބަޔެއްގެ އަތަށް ލިބުމަކީ ރައްޔިތުންނަށް ބޮޑު ގެއްލުންތަކެއް ކުރިމަތިވާނެ ކަމެއް ކަމަށެވެ. އަދި ތިންބާރު ވަކިވެފައި އޮންނަންޖެހޭ ކަމަށްބުނެ ހުރިހާ ބާރެއް އެކެއްގެ ބާރުގެ ދަށައް ގެންދަން މަސައްކަތް ކުރުމުން އެކަން ބަލައެއް ނުގަނެވޭނެ ކަމަށް މި ސަރުކާރު ވެރިކަމަށް ގެންނަން މަސައްކަތް ކުރި އަދި ސަރުކާރު ދަމަހައްޓަން މިހާރުވެސް އެންމެ ބޮޑަށް މަސައްކަތް ކުރާ އަދާލަތު ޕާޓީގެ އިސް ސަފުގައި ހިމެނިވަޑަައިގަންނަވާ ޑރ. އިޔާޒް ވިދާޅުވިއެވެ.
މީގެ އިތުރުން ޑރ. އިޔާޒް ވިދާޅުވީ ދާއިރާ ތަކަށް ތަރައްޤީ އަންނަނީ ވެރިކަން ކުރާ ޕާޓީގެ މެމްބަރުން އިންތިޚާބު ކޮށްގެން ކަމަށް ވާނަމަ އިންތިހާބު ބާއްވަންވީ ވެރިކަން ކުރާ ޕާޓީއެއްގެ މެމްބަރުންގެ މެދުގައި އެކަނި ކަމަށެވެ. އެ އިންތިޚާބުގައި އެހެން ޕާޓީތަކުން ވާދަކުރުމުގެ ބޭނުމެެއް ނެތް ކަމަށް ޑރ. އިޔާޒް ވިދާޅުވިއެވެ.
"މަޖްލިސް މެމްބަރު ކަމުގައި ކޮންމެ ޕާޓީއެއްގެ ބޭފުޅަކު ހުންނެވިނަމަވެސް ސަރުކާރުން އެދާއިރާއަކަށް ދެއްވަންޖެހޭ ޚިދުމަތްތަކަށް ބުރޫއަރައިގެން ނުވާނެ." ޑރ. އިޔާޒް ވިދާޅުވިއެވެ.
އަންނަ މަހުގެ ފަސް ވަނަ ދުވަހު ބާއްވާ ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންގައި ތިން ޕާޓީއެއްގެ ކެންޑިޑޭޓުން ވާދަކުރެއެެެވެ. އެއީ ޕީޕީއެމްގެ ފަރާތުން މޫސާ ފަތުހީ އާއި އެމްޑީޕީގެ ފަރާތުން މުހައްމަދު ރާޝިދުގެ އިތުރުން އެމްއެންޕީގެ ފަރާތުން އަބްދުލްހަންނާން އިދުރީހެވެ.

ކޮންމެ ބަޔަކު ވެރިކަމުގައި ތިބިނަމަވެސް ހުރިހާ ބާރެއް އެއްބަޔެއްގެ އަތަށް ލިބުމަކީ ރަޢްޔިތުންނަށް ބޮޑު ގެއްލުންތަކެއް ކުރިމަތިވާނެ ކަމެއް. ތިންބާރު ވަކިވެފައި އޮންނަންޖެހޭ ކަމަށްބުނެ ހުރިހާ ބާރެއް އެކެއްގެ ބާރަށް ގެންދަން މަސައްކަތް ކުރީމާ އެކަން ބަލައެއް ނުގަނެވޭނެ.
— Dr.Mohamed Iyaz (@dr_iyaz) January 27, 2022
މީގެ އިތުރުން ޑރ. އިޔާޒް ވިދާޅުވީ ދާއިރާ ތަކަށް ތަރައްޤީ އަންނަނީ ވެރިކަން ކުރާ ޕާޓީގެ މެމްބަރުން އިންތިޚާބު ކޮށްގެން ކަމަށް ވާނަމަ އިންތިހާބު ބާއްވަންވީ ވެރިކަން ކުރާ ޕާޓީއެއްގެ މެމްބަރުންގެ މެދުގައި އެކަނި ކަމަށެވެ. އެ އިންތިޚާބުގައި އެހެން ޕާޓީތަކުން ވާދަކުރުމުގެ ބޭނުމެެއް ނެތް ކަމަށް ޑރ. އިޔާޒް ވިދާޅުވިއެވެ.
"މަޖްލިސް މެމްބަރު ކަމުގައި ކޮންމެ ޕާޓީއެއްގެ ބޭފުޅަކު ހުންނެވިނަމަވެސް ސަރުކާރުން އެދާއިރާއަކަށް ދެއްވަންޖެހޭ ޚިދުމަތްތަކަށް ބުރޫއަރައިގެން ނުވާނެ." ޑރ. އިޔާޒް ވިދާޅުވިއެވެ.
އަންނަ މަހުގެ ފަސް ވަނަ ދުވަހު ބާއްވާ ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންގައި ތިން ޕާޓީއެއްގެ ކެންޑިޑޭޓުން ވާދަކުރެއެެެވެ. އެއީ ޕީޕީއެމްގެ ފަރާތުން މޫސާ ފަތުހީ އާއި އެމްޑީޕީގެ ފަރާތުން މުހައްމަދު ރާޝިދުގެ އިތުރުން އެމްއެންޕީގެ ފަރާތުން އަބްދުލްހަންނާން އިދުރީހެވެ.
ކިޔުންތެރިންގެ ހިޔާލު