ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ އިންތިޚާބު ނުބޭއްވި ނަމަވެސް މި ސަރުކާރުން ތަރައްގީގެ މަޝްރޫއުތައް ހިންގަނީ އިންތިޚާބާ ދިމާކޮށް ކަމަށް އިދިކޮޅުން ކިޔާނެ ކަމުގައި ރައީސް އޮފީހުގެ މިނިސްޓަރު މުހައްމަދު ޝިފާޒް ރޭ ވިދާޅުވެއްޖެއެެވެ.
އަންނަ މަހުގެ ފަސްވަނަ ދުވަހު ބާއްވާ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަނާއި ދިމާކޮށް ސަރުކާރުން ވަނީ އެދާއިރާގެ މަޝްރޫއުތަކެއް ފަށާފައެވެ. އެ މަޝްރޫއުތަކަކީ ކޮމަންޑޫ ދާއިރާގެ އިންތިޚާބަށް ނުފޫޒު ފޯރުވުމަށް ސަރުކާރުން ހިންގާ ކަންތައްތަކެއް ކަމަށް އިދިކޮޅު ކޯލިޝަނުން ވަނީ ބުނެފައެެވެ.
އިދިކޮޅު ކޯލިޝަނުން ދައްކާ ވާހަކަތަކަށް ރައްދު ދެއްވައި ޓީވީ ޕްރޮގުުރާމެއްގައި ވާހަކަ ދައްކަވަމުން އެމްޑީޕީގެ ނާއިބް ރައީސް މުހައްމަދު ޝިފާޒް ވިދާޅުވީ މި ސަރުކާރުން ތަރައްގީގެ މަޝްރޫއުތައް ހިންގަނީ އިންތިޚާބަކާއި ދިމާކޮށް ނޫން ކަމަށެވެ. މި ސަރުކާރުން ތަރައްގީގެ ގިނަ މަޝްރޫއުތަކެއް މިހާރު ވެސް ހިންގަމުން ގެންދާއިރު އިންތިޚާބެއް ކުރިމަތިވުމުން އެ ތަރައްގީގެ މަޝްރޫއުތައް ހުއްޓާލުމަކީ ރައްޔިތުންނަށް ކުރެވޭ ވަރަށް ބޮޑު ބޭއިންސާފެއް ކަމަށް ޝިފާޒް ވިދާޅުވިއެވެ.
"މިއަދު އިދިކޮޅުގައި ތިބި ފަރާތްތަކަށް އެވާހަކަ އެގޮތަށް ނުދައްކައި ކުރެވޭނެ އިތުރު ކަމެއް ހަގީގަތުގައި ނެތް، ފަތުއަޑު ކިޔާފައި މުޅި ރާއްޖޭގައި އައްޑޫއިން ހއ. ގެ ހުރިހާ ރަށެއްގައި އެ ހިންގަނީ މަޝްރޫއުތައް. ވައްކަން ކުރަނީއަކީ ނޫން، ރަށްތައް ވިއްކައިގެން ލާރި އަމިއްލަ އެކައުންޓަށް އަޅައި ޖަމާކުރީކީ ނޫން. ހަމަ މަޝްރޫއުތައް އެ ހިންގަނީ. މި އިންތިޚާބު ނެތް ނަމަވެސް އެ ވާހަކަ ދައްކާނެ އިންތިޚާބު އައީމަ އިއްތިފާގުން އިންތިޚާބާ ދިމާވީމަ އެ ވާހަކަ ދައްކަނީ." ޝިފާޒް ވިދާޅުވިއެވެ.
މީގެ އިތުރުން ޝިފާޒް ވިދާޅުވީ އަމިއްލަ ރަށުގައި ސަރުކާރުން ހިންގާ މަޝްރޫއުތައް ރައްޔިތުންނަށް ފެންނާނެ ކަަމަށެވެ. އަދި އެ މަޝްރޫއުތައް ހިގާގޮތް ރައްޔިތުންނަށް ބެލޭނެ ކަަމަށާއި އަމިއްލަ ރަށުގައި ހިނގާ ތަރައްގީގެ މަޝްރޫއުތަކަށް ބަލާލަންޖެހޭ ކަމަށް ޝިފާޒް ވިދާޅުވިއެވެ.
"ކޮމަންޑޫގައި އެކަނިތޯ މަޝްރޫއުތައް ހިނގަނީ ފޯކައިދޫ، މަރޮށި އެކަނިތޯ އެމަޝްރޫއުތައް ހިނގަނީ، އެހެން ވިސްނާލާފައި އަމިއްލަ ރަށުގައި ހިނގަނީ ކޮންކަމެއްތޯ ހިތަށް ގެންނަވަންވީ. އަޅުގަނޑަށް ހަމަ ޔަގީން ކަށަވަރު ދެތިން ޕްރޮޖެކްޓެއް ނުހިނގާ ރަށެއް މަދުވާނެ." ޝިފާޒް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު