ވެރިކަންކުރާ އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަށް ކުރިމަތިލައްވާނެ ކަމަށް އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރު، މިއަދު ވިދާޅުވެއްޖެއެވެ.
ބައެއް މީޑިޔާ ތަކަށް މައުލޫމާތު ދެއްވަމުން އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރު ވަނީ އެކަން ކަށަވަރު ކޮށްދެއްވާފައެވެ. އަމްރު ވިދާޅުވީ އޭނާގެ ކެމްޕެއިންގެ ކަންކަން ރަސްމީކޮށް ފަށްޓަވާނީ އަންނަ މަހުގެ ފަހެއްގައި ބާއްވާ ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަނަށް ފަހު ކަމަށެވެ.
އެމްޑީޕީގެ ޗެއާޕާސަންގެ މަގާމުގެ ދައުރު ހަމަވަނީ އަންނަ ފެބުރުއަރީ މަހުގެ 11 ވަނަ ދުވަހަށެވެ. އެމަގާމުގައި މިހާރު ހުންނެވީ ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފެވެ. ހަސަން ލަތީފު އިތުރު ދައުރަކަށް ކުރިމަތިލައްވާނެ ކަމެއް އަދި އެނގިފައެއް ނުވެއެވެ.
އަމްރު އެމްޑީޕީގެ ޗެއާޕާސަން ކަމަށް ވާދަކުރައްވާއިރު އޭނާއަކީ އެ ޕާޓީގެ އިސް ސަފުގައި މަސައްކަތް ކުރައްވާ އަދި މިހާރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ކެމްޕެއިންގައި "ވިއްކި" މެނިފެސްޓޯ ލިޔުއްވި އެއް ބޭފުޅާކަން ފާހަަގަކޮށްލެވެއެވެ. އޭނާ ވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ރައީސް އޮފީހުގައި މަސައްކަތް ކުރެއްވުމުގެ އިތުރުން އެމްޓީސީސީގެ ސީއީއޯގެ މަގާމު ވެސް އަދާކުރައްވާފައެވެ.
ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަނަށް ފަހު، އެ ޕާޓީގެ ޗެއާޕާސަންގެ މަގާމަށް ކުރިމަތިލުމަށް ހުޅުވައިލުމަށް އެމްޑީޕީން މިހާރު ވަނީ ނިންމާފައެެވެ.
އަމްރުގެ އިތުރުން ޔޫތު މިނިސްޓަރު އަހުމަދު މަހްލޫފުވެސް އެ މަގާމަށް ކުރިމަތިލައްވާނެ ކަމަށް ޝޯޝަލް މީޑިޔާގައި އަޑު ފެތުރުނު ނަމަވެސް އެކަމާއި ގުޅޭގޮތުން މަހުލޫފް ވަކި އެއްޗެއް ވިދާޅުވެފައެއް ނުވެއެވެެ.

ކިޔުންތެރިންގެ ހިޔާލު