ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފްގެ މައްޗަށް ދައުވާކޮށް ކްރިމިނަލް ކޯޓަށް ހުށައަޅަައިފައިވާ މައްސަލައިގެ ޝަރީއަތް ފަސްކުރަންޖެހޭ ސަބަބެއް ނެތްކަމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ބުނެފިއެވެެ.
ބައެއް މީޑިޔާ ތަކަށް މައުލޫމާތު ދެއްވަމުން ޕީޖީ އޮފީހުގެ ޕަބްލިކް ޕްރޮސެކިއުޓަ އަދި ތަރުޖަމާނު އަހުމަދު ޝަފީއު ވިދާޅުވީ މަހްލޫފްގެ މައްސަލަ ކޯޓުން ފަސްކުރަން ޖެހޭ އެއްވެސް ސަބަބެއް އޮތް ކަމަށް އެ އޮފީހުން ނުދެކޭ ކަމަށާއި އެކަމާ މެދު އެ އޮފީހުން ހިތްހަމަނުޖެހޭ ކަމަށެވެ. އަދި މިހާރުވެސް ކޯޓުގައި އިތުރު މައްސަލަތައް ކުރިއަށް ގެންދާކަމަށް އޭނާ ފާހަގަކުރެއްވިއެވެ. ޝަފީއު ވިދާޅުވީ ޕީޖީ އޮފީހުން ބޭނުންވަނީ ހުރިހާ މައްސަލައެއް އަވަހަށް ނިންމަން ކަމަށެވެ.
"އެ މައްސަލައަކީ ކޯޓުން ކޮށްފައިވާ ހުކުމަކަށް ނުވުމުން އެމައްސަލަ އިސްތިއުނާފް ކުރުމުގެ ފުރުސަތު ވަނީ ގެއްލިފައި." ޝަފީއު ވިދާޅުވިއެވެ.
މިނިސްޓަރު މަހުލޫފްގެ މައްޗަށް އުފުލާފައިވާ ރިޝްވަތު ހިފުމުގެ ދައުވާތަކުގެ އަޑުއެހުންތައް ކޮވިޑް-19 ގެ ހާލަތު ރަނގަޅުވަންދެން ފަސްކުރުމަށް ކްރިމިނަލް ކޯޓުން ވަނީ ނިންމާފައެވެ. އެމައްސަލައިގެ އަޑުއެހުމެއް ތާވަލް ކުރުމަށްފަހު ފަހުން ވަނީ ކެންސަލްކޮށްފައެވެ.
ރައީސް ޔާމިންގެ މަައްޗަށް އުފުލާފައިވާ ދައުވާތަކުގެ މިއަދު ޝަރީއަތުގެ އަޑުއެހުމުގައި ކްރިމިނަލް ކޯޓުގެ އިސް ޤާޟީ އަޙްމަދު ޝަކީލް މިއަދު ވިދާޅުވީ ރިޝްވަތު ހިފުމުގެ ދަޢުވާ އުފުލާފައިވާ ކުޅިވަރާބެހޭ ވަޒީރު އަހުމަދު މަޙްލޫފްގެ މައްސަލަ މަޑުޖައްސާލުމަށް ކްރިމިނަލް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުގެ ނިންމުމެއްނެތް ކަމަށެވެ. ނަމަވެސް އެފަނޑިޔާރެއްގެ ޑިވިޜަންގައި އޮންނަ މައްސަލައެއް ކުރިއަށް ގެންދަންވީ ގޮތެއް ނިންމަވާނީ އެ ފަނޑިޔާރެއް ކަމަށް އިސްޤާޟީ ވިދާޅުވިއެވެ.
ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން މިދިޔަ ނޮވެމްބަރު މަހުގެ 24 ވަނަ ދުވަހު ރިޝްވަތުގެ ދައުވާ މަހުލޫފުގެ މައްޗަށް އުފުލާފައިވަނީ އޭނާ ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރުކަމުގައި ހުންނެވިއިރު، އޮގަސްޓް 27، 2014 ވަނަ ދުވަހު ސްޕެޝަލް އިކޮނޮމިކް ޒޯން ބިލަށް ތާއީދުކޮށް ވޯޓުދިނުމުގެ މުގާބިލުގައި، ރިޝްވަތު ހިފި ކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައެވެ.
ކްރިމިނަލް ކޯޓުން ބުނީ މަހުލޫފްގެ މައްސަލަ ކުރިޔަށް ގެންދެވެން އޮތީ މައްސަލާގައި ހިމެނޭ ހުރިހާ ފަރާތްތައް ކޯޓަށް ހާޒިރުވެގެންކަމަށެވެ. އެހެންކަމުން ކޯވިޑު-19 ގެ ހާލަތު ރަނގަޅުވުމުން މައްސަލަ ޝެޑިއުލް ކުރާނެކަމަށް އެ ކޯޓުން ވަނީ ބުނެފައެވެ.
ކްރިމިނަލް ކޯޓުން މިހެން ބުނި ނަމަވެސް އެކޯޓުގެ ޝަރީއަތްތައް ގެންދަނީ އޮންލައިންކޮށެވެ. ޓްރާންސްޕޭރެންސީން ވެސް ވަނީ މަހުލޫފްގެ މައްސަލައިގައި ކޯޓުން އަމަލުކުރަނީ ދެ ފުށް ފެންނަ ގޮތަށް ނޫން ކަމަށް ބުނެ އެކަމާ މެދު ކަންބޮޑުވުން ފާޅުކޮށްފައެެވެ. ޓްރާންސްޕޭރެންސީން ބުނީ މަހްލޫފްގެ މައްސަލައަކީ ސީރިއަސް މައްސަލައެއް ނަމަވެސް މައްސަލަ ކޮވިޑުގެ ހާލަތު ރަނގަޅުވުމުން ކުރިއަށް ގެންދަން ނިންމުމުން ކޯޓުގެ ގައިޑްލައިންތައް އެހާ ދެކޮޅު ނުޖެހޭ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު