ނޯތު ހާބަރާއި ޓީ-ޖެޓީން ލިބޭ އާމްދަނީ ސިޓީ ކައުންސިލަށް ދެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މޯލްޑިވްސް ޕޯޓްސް ލިމިޓެޑް، އެމްޕީއެލަށް އަންގަވައިފިއެވެ.
"ރަސް އޮންލައިން" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މިކަމާއި ގުޅޭގޮތުން މިމަހުގެ 17 ވަނަ ދުވަހު ރައީސް އޮފީހުން ވަނީ އެމްޕީއެލަށް ސިޓީއެއް ފޮނުއްވާފައެވެ. މި ސިޓީގައި އެމްޕީއެލްގެ ބެލުމުގައި މިހާރު އޮތް މާލެ ނޯތު ހާބަރާއި، ޓީ ޖެޓީން ލިބޭ އާމްދަނީ މާލެ ސިޓީ ކައުންސިލާއި އެމްޕީއެލާ ދެމެދު ހިއްސާ ކުރެވޭނެ މޮޑެލެއް ތައްޔާރުކޮށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި ހިއްސާކުރުމަށް ވަނީ އެދިފައެވެ.
އެމްޕީއެލުން ބުނީ އެ ކުންފުންޏަށް ގެއްލުން ނުވާނޭ ގޮތަށް އެ މޮޑެލް ތައްޔާރުކުރުމުގެ އިންތިޒާމުތައް ހަމަޖައްސާނޭކަމަށެވެ. އަދި މިކަމާއި ގުޅިގެން މާލެ ސިޓީ ކައުންސިލާއި ބައްދަލުކޮށް މަޝްވަރާކުރުމަށް އެމްޕީއެލުން އެދިފައިވާކަމަށް އެކުންފުނިން މައުލޫމާތުދެއެވެ.
ޓީ ޖެޓީ އަދި ނޯތު ހާބަރަކީ މާލެ ސިޓީ ކައުންސިލުގެ އިހުތިޞާސުގެ ތެރޭގައި އޮތް ދެ ބަނދަރު ކަމަށް މާލެ ސިޓީ ކައުންސިލުން ބުނެއެވެ. އަދި އެ ތަންތަން ހަވާލުކުރުމަށް އެދުމުން އެމްޕީއެލުން ވަނީ އެކަމާއި ދެކޮޅު ހަދާފައެވެ. އެކަމާއި ގުޅިގެން ސިޓީ ކައުންސިލުން ވަނީ ކޯޓަށް ދާނެކަމުގެ އިންޒާރުވެސް ދީފައެވެ.
އެމްޕީއެލުން އޭރު ބުނީ މާލޭގެ ބަނދަރުތައް އެމްޕީއެލާއި ހަވާލުކޮށްފައި ވަނީ ހައުސިންގް މިނިސްޓްރީންކަމަށެވެ. އަދި އެކަމާއި ގުޅޭ އެއްބަސްވުމަށް ބަދަލު ގެނެސް ނުވަތަ އެ ބަނދަރުތައް ނެގުމުގެ ބާރުވެސް އޮތީ ހައުސިން މިނިސްޓްރީއަށް ކަމަށް އެމްޕީއެލުން އޭރު ބުންޏެވެ.
މާލޭ ސިޓީ ކައުންސިލާއި އެމްޕީއެލާއި ދެމެދު ކުރެވޭ މަޝްވަރާތަކަށް ފަހު، ދެ ފަރާތުގެ މެދުގައި އާމްދަނީ ބަހާނެ ގޮތެއް ނިންމައި، އެކަމާއި ގުޅޭ ޕްރޮޕޯސަލް ސަރުކާރުގެ އިކޮނޮމިކް ކައުންސިލަށް ހުށަހެޅުމަށް ވަނީ ހަމަޖެހިފައެވެ.

ކިޔުންތެރިންގެ ހިޔާލު