ކޯވިޑް ކޮންޓްރޯލްކުރުމަށް ރާއްޖެއަށް އެހީތެރިވެދިނުމުގައި ޗައިނާ ދެމިއޮންނާނެކަމަށް އެ ޤައުމުގެ ރައީސް ޝީ ޖިންޕިން ވިދާޅުވެއްޖެއެވެ.

ޗައިނާގެ ރައީސް މިހެން ވިދާޅުވީ ރައީސް ސާލިހު ކޯވިޑަށް ޕޮޒިޓިވްވުމާއި ގުޅިގެން، އެމަނިކުފާނަށް އަވަސް ޝިފާއެއް ދެއްވުން އެދިވަޑައިގެން ފޮނުއްވި މެސެޖުގައެވެ.

ޗައިނާގެ ރައީސް ވިދާޅުވީ ރާއްޖެއާއި ޗައިނާގެ ގުޅުމަކީ ޗައިނާއިން ވަރަށް ބޮޑު އިސްކަމެއް ދޭ ގުޅުމެއްކަމަށެވެ. އަދި ކޯވިޑްގެ ހާލަތުން އަރައިގަތުމުގައި ޗައިނާއިން ފޯރުކޮށްދެމުންދާ އެހީ އެގޮތުގައި ދެމުންގެންދާނެކަމަށް ޝީ ވިދާޅުވިއެވެ.



ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޙު ކޯވިޑަށް ޕޮޒިޓިވްވީ މިމަހުގެ 22 ވަނަ ދުވަހުއެވެ. އެމަނިކުފާނު ކޯވިޑަށް ޕޮޒިޓިވްވުމުން މިވަގުތު ހުންނެވީ ގެކޮޅުގައި އެކަހެރިވެވަޑައިގެންނެވެ.

ޗައިނާގެ ރައީސް، ރައީސް ސާލިހަށް އަވަސް ޝިފާއަކަށް އެދިވަޑައިގެން މެސެޖެއް ފޮނުއްވިއިރު، އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީވެސް ވަނީ ރައީސް ސާލިހަށް އަވަސް ޝިފާއަކަށް އެދިވަޑައިގެން މެސެޖް ފޮޮނުއްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން