ތުރުކީވިލާތުގެ ހާރިޖީ ވަޒީރު މެވްލުތު ޗަވުޝޯލޯ މާދަމާ ރާއްޖެ ވަޑައިގަންނަވަން ހަމަޖެހިއްޖެއެވެ.

ތުރުކީގެ ހާރިޖީ ވަޒީރު މެވްލުތު ޗަވުޝޯލޯ ރާއްޖެ ވަޑައިގަންނަވަނީ ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދުގެ ދައުވަތަކަށްކަމަށް ފޮރިން މިނިސްޓްރީން ބުނެއެވެ.

ފޮރިން މިނިސްޓްރީން ބުނީ މިދަތުރުފުގައި ތުރުކީގެ ފޮރިން މިނިސްޓަރ، ރައީސް އިބްރާހިމް މުހައްމަދު ސާލިހާއި ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާ ބައްދަލުކުރައްވާނެކަމަށެވެ. މީގެއިތުރުން މި ދަތުރުގައި ދިވެހި ސަރުކާރާއެކު ރަސްމީ ބައްދަލުވުންތައް ބާއްވަވައި، ދެ ގައުމުގެ ދެމެދުގައި ހާއްސަ އެއްބަސްވުންތަކެއްގައި ސޮއިކުރުމަށް ހަމަޖެހިފައިވާކަމަށްވެސް މައުލޫމާތު ލިބެއެވެ.

އާދިއްތަދުވަހުގެ ނިޔަލަށް ތުރުކީގެ ހާރިޖީ ވަޒީރު ކުރައްވާ މި ދަތުރުފުޅަކީ ތުރުކީގެ ފޮރިން މިނިސްޓަރަކު ރާއްޖެ ވަޑައިގަންނަވާ ފުރަތަމަ ފަހަރެވެ.



ކިޔުންތެރިންގެ ހިޔާލު