ސަރުކާރުގެ ކުންފުނިތަކަށް ބިލިއަނުން ފައިދާވާއިރު އާންމު ކުންފުނިތައް އޮތީ ކޮން ހާލެއްގައިތޯ ވިދާޅުވެ މަޖިލީހުގެ ކުރީގެ ނާއިބު ރައީސް އަދި މަޝްހޫރު ވިޔަފާރިވެރިޔާ ރިކޯ މޫސާ މަނިކު ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެއްޖެއެވެ.
މޫސަ މިހެން ވިދާޅުވެފައި މިވަނީ ސަރުކާރު ކުންފުނިތަކުގެ 4 ވަނަ ކުއާޓަރގެ ވިޔަފާރިތަކުގެ ކުއާޓްލީ ރިޕޯޓް އާއްމުކުރަމުންދާ ދަނޑިވަޅެއްގައެވެ.
މިކަމާއި ގުޅިގެން މޫސަ ވަނީ ސަރުކާރުގެ ކުންފުނިތައް ބިލިއަނުން ފައިދާވާކަމަށް ރިޕޯޓްތަކުން ދައްކާއިރު ޕްރައިވެޓް ކުންފުނިތައް އޮތީ ކޮންހާލެއްގައިތޯ ވިދާޅުވެ ސުވާލު އުފައްދަވާފައެވެ. މޫސަ ވިދާޅުވީ ސަރުކާރުތަކުން ޢާންމު ވިޔަފާރިތަކާ ދުރަށްގޮސް، ޕްރައިވެޓް ސެކްޓަރ ކުރިއަރުވާ ވާހަކައަކީ އިންތިޚާބުތަކުގައި ޢާއްމު ވާހަކައެއްކަމަށެވެ.
މޫސަ ވަނީ މާލޭގެ ބިންތަކުގެ ކުލި ސަރުކާރު ކުންފުނިތަކުން އަގުމަގު ކުރަނީ ކޮން ރޭޓަކުންތޯ ވިދާޅުވެ އެކަމުގައި ވެސް ސުވާލު އުފައްދާމަވާފައެވެ. އަދި އާންމު ވިޔަފާރިތަކުން ގުދަން ކުއްޔާއި ބިމުކުލި ދައްކާ ނިސްބަތަށް ބަލާއިރު ވޭތުވި ސާޅީހަކަށް އަހަރުވެސް ސަރުކާރު ކުންފުނިތަކުގެ ބިމުކުލި އެއީ ސިއްރެއްކަމަށް މޫސަ ވިދާޅުވިއެވެ.
ސަރުކާރު ކުންފުނިތަކުގެ 4 ވަނަ ކުއާޓަރުގެ ރިޕޯޓްތައް އާއްމުކުރަމުންދާއިރު، ބައެއް ކުންފުނިތަކުން ވަނީ ބޮޑެތި ފައިދާތަކެއް ހޯދާފައެެވެ. އެގޮތުން އެސްޓީއޯ އަދި އެމްޓީސީސީން ހުސްވި އަހަރުގެ ފަހު ކުއާޓާގައި ބޮޑެތި ފައިދާތަކެއް ހޯދާފައިކަމަށް އެކުންފުނިތަކުގެ ރިޕޯޓްތަކުން ދައްކައެވެ.

ސަރުކާރުގެ ކުންފުނިތަށް ބިލިއަނުން ފައިދާވާ ކަމަށް ރިޕޯޓްތަކުން ދައްކާއިރު ޕްރައވެޓް ކުންފުނިތަށް އޮތީ ކޮންހާލެއްގަ ތޯއެވެ؟ ސަރުކާރުތަކުން ޢާއްމު ވިޔަފާރިތަކާދުރަށްގޮސް ޕްރައިވެޓް ސެކްޓަރ ކުރިއަރުވާވާހަކައަކީ އިންތިޚާބުތަކުގާޢާއްމުވާހަކައެކެވެ؟
— Moosa Maniku (Reeko) (@ReekoMoosa) January 27, 2022
މިކަމާއި ގުޅިގެން މޫސަ ވަނީ ސަރުކާރުގެ ކުންފުނިތައް ބިލިއަނުން ފައިދާވާކަމަށް ރިޕޯޓްތަކުން ދައްކާއިރު ޕްރައިވެޓް ކުންފުނިތައް އޮތީ ކޮންހާލެއްގައިތޯ ވިދާޅުވެ ސުވާލު އުފައްދަވާފައެވެ. މޫސަ ވިދާޅުވީ ސަރުކާރުތަކުން ޢާންމު ވިޔަފާރިތަކާ ދުރަށްގޮސް، ޕްރައިވެޓް ސެކްޓަރ ކުރިއަރުވާ ވާހަކައަކީ އިންތިޚާބުތަކުގައި ޢާއްމު ވާހަކައެއްކަމަށެވެ.
މޫސަ ވަނީ މާލޭގެ ބިންތަކުގެ ކުލި ސަރުކާރު ކުންފުނިތަކުން އަގުމަގު ކުރަނީ ކޮން ރޭޓަކުންތޯ ވިދާޅުވެ އެކަމުގައި ވެސް ސުވާލު އުފައްދާމަވާފައެވެ. އަދި އާންމު ވިޔަފާރިތަކުން ގުދަން ކުއްޔާއި ބިމުކުލި ދައްކާ ނިސްބަތަށް ބަލާއިރު ވޭތުވި ސާޅީހަކަށް އަހަރުވެސް ސަރުކާރު ކުންފުނިތަކުގެ ބިމުކުލި އެއީ ސިއްރެއްކަމަށް މޫސަ ވިދާޅުވިއެވެ.
މާލޭގެ ބިންތަކުގެ ކުލި ސަރުކާރު ކުންފުނިތަކުން އަގުމަގު ކުރަނީ ކޮން ރޭޓަކުން ބާވައެވެ؟ ޢާއްމު ވިޔަފާރިތަކުން ގުދަން ކުއްޔާ ބިމުކުލި ދައްކާނިސްބަތަށްބަލާއިރު ވޭތުވި ސާޅީހަކަށްއަހަރުވެސް ސަރުކާރުކުންފުނިތަކުގެ ބިމުކުލި އެއީ ސިއްރެކެވެ؟
— Moosa Maniku (Reeko) (@ReekoMoosa) January 27, 2022
ސަރުކާރު ކުންފުނިތަކުގެ 4 ވަނަ ކުއާޓަރުގެ ރިޕޯޓްތައް އާއްމުކުރަމުންދާއިރު، ބައެއް ކުންފުނިތަކުން ވަނީ ބޮޑެތި ފައިދާތަކެއް ހޯދާފައެެވެ. އެގޮތުން އެސްޓީއޯ އަދި އެމްޓީސީސީން ހުސްވި އަހަރުގެ ފަހު ކުއާޓާގައި ބޮޑެތި ފައިދާތަކެއް ހޯދާފައިކަމަށް އެކުންފުނިތަކުގެ ރިޕޯޓްތަކުން ދައްކައެވެ.
ކިޔުންތެރިންގެ ހިޔާލު