އަހުމަދު މަސްނޫމް   28 ޖެނުއަރީ 2022 - 1:4
ކޯވިޑް ޖެހިގެން ރާއްޖެއިން އިތުރު މީހަކު މިއަދު ނިޔާވެއްޖެއެވެ.

ކޯވިޑް ޖެހިގެން ރާއްޖެއިން މިއަދު ނިޔާވީ ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ފަރުވާދެމުންދިޔަ އުމުރުން 84 އަހަރުގެ ފިރިހެނެކެވެ. އޭނާ ނިޔާވީ މިއަދު ހަވީރު 4:53 ހާއިރުކަމަށް އެޗްޕީއޭއިން ބުނެއެވެ. މިއީ ރާއްޖޭގައި ކޯވިޑް ޖެހިގެން ނިޔާވި 274 ވަނަ މީހާއެވެ.



ކޯވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އިތުރުވެފައިވާއިރު، މިމަހު ރާއްޖެއިން ވަނީ ގިނަ ބަޔަކު ބަލީގައި މަރުވެފައެވެ.

އެންމެފަހުގެ ތަފާސް ހިސާބުތައް ދައްކާގޮތުން އިއްޔެވެސް ގްރޭޓަރ މާލެ ސަރަހައްދުން 1273 މީހަކާއި އެހެނިހެން ސަރަހައްދު ތަކުން ޕޮޒިޓިވްވި 1540 މީހުން ވަނީ ކޯވިޑަށް ޕޮޒިޓިވްވެފައެވެ.



ކިޔުންތެރިންގެ ހިޔާލު