ޖަރުމަނު ވިލާތުގެ ބާލިގްގެ ޗާޗެއް މުސްލިމުން ނަމާދު ކުރަނީ
ޖަރުމަނު ވިލާތުގެ ބާލިގްގެ ޗާޗެއް މުސްލިމުން ނަމާދު ކުރަނީ
ކޯވިޑް-19 އާއި ގުޅިގެން އާންމު އިޖުތިމާޢީ އެއްވުންތަކުގައި ގައިދުރުކުރަން ބަހައްޓަން ޖެހޭތީ މިސްކިތްތަކުގައި ނަމާދުކުރުމަށް ގިނަ ބަޔަކަށް ޖާގަ ލިބުން ދަތިވެ ރަމަޟާން މަހުގެ ފަހު ހުކުރު ނަމާދު ކުރުމަށް ޖަރުމަނު ވިލާތުގެ ބާރލިންގެ ޗާރޗެއް ދީފިއެވެ.

މިމަހު 4 ވަނަ ދުވަހު ޖަރުމަނުގެ ލޮކްޑައުން އަށް ލުއެއް ދިނުމުގެ ގޮތުން، ޖަރުމަނުގެ ފައްޅިތަކާއި މިސްކިތްތައް އާންމުންނަށް ހުޅުވާލި ނަމަވެސް އެތަންތަނުގެ ބޭނުން ހިފާވަގުތުވެސް ދެމީހުން ދޭތެރޭގައި 5 ފޫޓުގެ ދުރުމިނުގައި ގައިދުރުކަން ބަހައްޓަން ޖެހޭނެ ކަމަށް ޖަރުމަނުގެ ސަރުކާރުން އަންގާފައިވެއެވެ.

މިކަމުން ދޭހަވަނީ، ރަމަޟާން މަހަކީ އުފާވެރިކަމުގެ މަހެއްކަމާއި، މުޅި ދުނިޔެ ތަހައްމަލު ކުރަމުންދާ މި ބަލިމަޑުކަމުގެ ތެރެއިން ވެސް މުޖްތަމައުގެ ގުޅުން އިތުރަށް ބަދަހިވެގެންދާ ކަމުގެ ހެއްކެއް ކަމުގައި ޖަރުމަނުގެ ދާރުއްސަލާމް މިސްކިތުގެ އިމާމް ބުނެފައިވެއެވެ.

ޗާރޗުގައި ކުރެވުނު ހުކުރު ނަމާދުގައި، ޗާރޗްގެ އެންމެ އިސްވެރިޔާ ވެސް ބައިވެރިވެފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން