ޖަލުގައި ކޯވިޑް ހާލަތު ގޯސްވެގެން ބައެއް ގައިދީން ގެއަށް ބަދަލުކޮށްފިއެވެ.
މީޑިއާތަކަށް މައުލޫމާތު ދެއްވަމުން ކަރެކްޝަންސްގެ މީޑިއާ އޮފިޝަލް ވިދާޅުވީ ކޯވިޑް ފެތުރޭތީ ބައެއް ޤައިދީން ގެއަށް ބަދަލުކުރީ ރައްކާތެރިކަމަށް ކަމަށެވެ. ނަމަވެސް އެކަމުގެ އިތުރު އެއްވެސް ތަފްސީލެއް ކަރެކްޝަނަކުން ނުދެއްވައެވެ.
މީގެކުރިންވެސް ޖަލުގައި ކޯވިޑް ހާލަތު ގޯސްވެގެން ބައެއް ހައި ރިސްކު ބައެއް ޤައިދީން ވަނީ ގެއަށް ބަދަލުކޮށްފައެވެ.
ކޯވިޑްގެ ހާލަތު ގޯސްވެގެން މިމަހުގެ 13 ވަނަ ދުވަހު ޖަލު ވަނީ ކުއްލި ހާލަތަށް ގެނެސްފައެވެ. އެގޮތުން ޖަލުގެ ހާލަތު އާންމު ހާލަތަށް ގެނެވެންދެން ޖަލު ގައިދީންނަށާއި ބަންދު މީހުންގެ އާއިލީ ބައްދަލުވުންތަކާއި ވަކީލު ބައްދަލުވުންތަކާއި ކޯޓު އަޑުއެހުންތައް އޮންލައިންކޮށް ކުރިއަށްގެންދިއުމަށް ވަނީ ހަމަޖައްސާފައެވެ.
މި ވަގުތު ޖަލުގައި ކޯވިޑް ޖެހިފައި 66 ޤައިދީންނާއި 12 އޮފިސަރުން އެބަތިއްބެވެ. އަދި 215 ގައިދީން ކަރަންޓީނުގައިވެސް އެބަތިއްބެވެ.

މާފުށީ ޖަލުން ނެގިފައިވާ ސާމްޕަލް ތަކުގެ އަދާހަމަ #COVID19 pic.twitter.com/t8hMnQy5Q6
— Maldives Correctional Service (@CorrectionsMv) January 27, 2022
މި ވަގުތު ޖަލުގައި ކޯވިޑް ޖެހިފައި 66 ޤައިދީންނާއި 12 އޮފިސަރުން އެބަތިއްބެވެ. އަދި 215 ގައިދީން ކަރަންޓީނުގައިވެސް އެބަތިއްބެވެ.
ކިޔުންތެރިންގެ ހިޔާލު