ބުރުންޑީގައި ހުންނަވާ ދިވެހިރާއްޖޭގެ ފުރަތަމަ އޮނަރަރީ ކޮންސުލް މިސްޓަރ ސިލްވިއޭ ބަންކިންބާގާއަށް އެމަގާމު ހަވާލުކުރިކަމުގެ ލިޔުން ހަވާލުކުރަށްވައިފިއެވެ.
އޮނަރަރީ ކޮންސުލް މރ. ސިލްވިއޭ ބަންކިންބާގާއަށް މަގާމުގެ ލިޔުން ހަވާލުކޮށްދެއްވީ މިނިސްޓަރ އޮފް ސްޓޭޓް ފޮރ ފޮރިން އެފެއާޒް އަހުމަދު ޚަލީލެވެ.
އޮނަރަރީ ކޮންސުލް ކަމަށް އައްޔަންކުރިކަމުގެ ލިޔުން ބަންކިންބާގާ ހަވާލުކުރުމާ ގުޅިގެން މިނިސްޓަރ އޮފް ފޮރިން އެފެއަރޒް ޢަބްދުﷲ ޝާހިދު ވިދާޅުވީ އޮނަރަރީ ކޮންސުލް އައްޔަންކުރުމާ ގުޅިގެން ދެޤައުމުގެ މެދުގައި ވިޔަފާރިއާއި އިންވެސްޓްމަންޓް އަދި އެހެނިހެން ދާއިރާތަކުން ގުޅުން ބަދަހިވެގެންދާނެ ކަމަށް އުއްމީދުކުރައްވާ ކަމަށެވެ.
ދިވެހިރާއްޖެއާ ބުރުންޑީއާ ދެމެދު ޑިޕްލޮމެޓިކް ގުޅުން ޤާއިމްކުރީ މިމަހުގެ 20 ވަނަ ދުވަހުއެވެ.
ރިޕަބްލިކް އޮފް ބުރުންޑީއާއެކު ރާއްޖެއިން ސިޔާސީ ގުޅުން ޤާއިމްކުރުމަށް ނިއުޔޯކުގައި ހުންނަ އދ.ގެ މައި މަރުކަޒުގައި ބޭއްވި ރަސްމިއްޔާތެއްގައި ރާއްޖޭގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ރާއްޖެއިން އދ.އަށް ކަނޑައަޅުއްވާފައި ހުންނަވާ ދާއިމީ މަންދޫބް ތިލްމީޒާ ހުސައިނެވެ. ބުރުންޑީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އދ. ގައި ހުންނަވާ އެ ގައުމުގެ ދާއިމީ މަންދޫބް ޒެފެރިން މާނިރާ ޓާންގާއެވެ.
ފޮރިން މިނިސްޓްރީން ބުނީ، ރާއްޖެއާއި މެދު އޮންނަ ގުޅުމަށް އިހްތިރާމްކުރާ އަދި އެކަމުގެ އަގު ވަޒަންކުރާ ގައުމުތަކާއެކު އޮންނަ ގުޅުން ބަދަހިކުރުމަކީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ސަރުކާރުގެ ޚާރިޖީ ސިޔާސަތުގައި އެންމެ އިސްކަންދޭ އެއް ކަންތައްކަމަށެވެ. ރާއްޖެއާއި ބުރުންޑީއަކީ ބައިނަލްއަޤްވާމީ މައްސަލަތަކުގައި ޚިޔާލު އެއްގޮތް ދެ ޤައުމުކަމަށާއި، އެހެންކަމުން މިގުޅުމުގެ ސަބަބުން ބައިނަލްއަޤްވާމީ މައްސަލަތަކުގައި ދެޤައުމު ގުޅިގެން މަސައްކަތްކުރުމަށް މަގުފަހިވާނެކަމަށް ފޮރިން މިނިސްޓްރީން ބުނެއެވެ.
ބުރުންޑީއާއެކު ސިޔާސީ ގުޅުން ޤާއިމްކުރުމާއެކު، ރާއްޖެއިން ރަސްމީގޮތުން ސިޔާސީ ގުޅުން ޤާއިމްކުރި ޤައުމުތަކުގެ ޢަދަދު ވަނީ 179 އަށް އަރާފައެވެ.
ބުރުންޑީއަކީ 11.89 މިލިއަން މީހުންގެ ޢާބާދީއެއް އޮންނަ އެފްރިކާ ބައްރުގެ ކަނޑުމަގުން ވަށައިގެން ބެދިފައި އޮންނަ ޤައުމެކެވެ.

State Minister Khaleel presents the Letter of Appointment to Mr. Sylvére Bankimbaga, first Honorary Consul of #Maldives in #Burundi.
— Ministry of Foreign Affairs 🇲🇻 (@MoFAmv) January 26, 2022
State Minister congratulated Mr. Bankimbaga and discussed ways for further collaboration and enhancing people to people contact between🇲🇻 and 🇧🇮 pic.twitter.com/cnt6f7cNya
ރިޕަބްލިކް އޮފް ބުރުންޑީއާއެކު ރާއްޖެއިން ސިޔާސީ ގުޅުން ޤާއިމްކުރުމަށް ނިއުޔޯކުގައި ހުންނަ އދ.ގެ މައި މަރުކަޒުގައި ބޭއްވި ރަސްމިއްޔާތެއްގައި ރާއްޖޭގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ރާއްޖެއިން އދ.އަށް ކަނޑައަޅުއްވާފައި ހުންނަވާ ދާއިމީ މަންދޫބް ތިލްމީޒާ ހުސައިނެވެ. ބުރުންޑީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އދ. ގައި ހުންނަވާ އެ ގައުމުގެ ދާއިމީ މަންދޫބް ޒެފެރިން މާނިރާ ޓާންގާއެވެ.
ފޮރިން މިނިސްޓްރީން ބުނީ، ރާއްޖެއާއި މެދު އޮންނަ ގުޅުމަށް އިހްތިރާމްކުރާ އަދި އެކަމުގެ އަގު ވަޒަންކުރާ ގައުމުތަކާއެކު އޮންނަ ގުޅުން ބަދަހިކުރުމަކީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ސަރުކާރުގެ ޚާރިޖީ ސިޔާސަތުގައި އެންމެ އިސްކަންދޭ އެއް ކަންތައްކަމަށެވެ. ރާއްޖެއާއި ބުރުންޑީއަކީ ބައިނަލްއަޤްވާމީ މައްސަލަތަކުގައި ޚިޔާލު އެއްގޮތް ދެ ޤައުމުކަމަށާއި، އެހެންކަމުން މިގުޅުމުގެ ސަބަބުން ބައިނަލްއަޤްވާމީ މައްސަލަތަކުގައި ދެޤައުމު ގުޅިގެން މަސައްކަތްކުރުމަށް މަގުފަހިވާނެކަމަށް ފޮރިން މިނިސްޓްރީން ބުނެއެވެ.
ބުރުންޑީއާއެކު ސިޔާސީ ގުޅުން ޤާއިމްކުރުމާއެކު، ރާއްޖެއިން ރަސްމީގޮތުން ސިޔާސީ ގުޅުން ޤާއިމްކުރި ޤައުމުތަކުގެ ޢަދަދު ވަނީ 179 އަށް އަރާފައެވެ.
ބުރުންޑީއަކީ 11.89 މިލިއަން މީހުންގެ ޢާބާދީއެއް އޮންނަ އެފްރިކާ ބައްރުގެ ކަނޑުމަގުން ވަށައިގެން ބެދިފައި އޮންނަ ޤައުމެކެވެ.
ކިޔުންތެރިންގެ ހިޔާލު