ކުރީގެ ފަތުރުވެރިކަމާބެހޭ ވަޒީރު ޢަލީ ވަޙީދު (ވ)
ކުރީގެ ފަތުރުވެރިކަމާބެހޭ ވަޒީރު ޢަލީ ވަޙީދު (ވ)
މުވައްޒަފުންތަކަކަށް ޖިންސީގޯނާ ކުރިކަމުގެ ތުހުމަތުގައި މަޤާމުން ވަކިކޮށްފައިވާ ކުރީގެ ފަތުރުވެރިކަމާބެހޭ ވަޒީރު އަލީ ވަހީދު ރާއްޖެ ގެނައުމަށްޓަކައި ރެޑް ނޯޓިސް ނެރުމަށް ފުލުހުން ބޭނުންވި އިނގިރޭސި އަމުރު ކްރިމިނަލް ކޯޓުން ނެރެފިއެވެ.

ފުލުހުން ކުރިން ބުނެފައި ވަނީ އަލީ ވަހީދު ހައްޔަރުކޮށްގެން ރާއްޖެ ނުގެނެވިގެން އުޅެނީ އޭނާ ހައްޔަރުކުރުމަށްޓަކައި ރެޑްނޯޓިސް ނެރުމަށް ބޭނުންވާ އަމުރުގެ އިނގިރޭސި ތަރުޖަމާއެއް ނުލިބިގެން ކަމަށެވެ. ނަމަވެސް ކްރިމިނަލް ކޯޓުން މިހާރު ވަނީ ފުލުހުންނަށް އެ އަމުރުގެ އިނގިރޭސި ތަރުޖަމާއެއް ދީފަ އެވެ. އަމުރު ލިބުމާއެކު ޢަލީވަޙީދު ރާއްޖެ ގެނައުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ޢަލީ ވަޙީދު ބަންދުގައި ބަހައްޓައިގެން ކޯޓަށް ޙާޟިރުކުރުމުގެ އަމުރެއް ކްރިމިނަލް ކޯޓުން ނެރެފައިވާއިރު ސްޓޭޓް މިނިސްޓަރ އަސްއަދު ޢަލީ ޖާމިނުކޮށް ބޭސްފަރުވާއަށް ކަމަށް ބުނެ އަލީ ވަހީދު ވަޑައިގެން ހުންނެވީ އިނގިރޭސިވިލާތުގައެވެ.

ސުޕްރީމް ކޯޓަށް ހާޒިރުވުމަށް އަލީ ވަޙީދަށް އެ ކޯޓުން އެންގުމުން ކޯޓަށް ހާޒިރުވެވަޑައިނުގެންނެވި މައްސަލާގައި އެ ކޯޓުން ނިންމާފައިވާ ނިންމުމާ ހަވާލާދީ ކްރިމިނަލް ކޯޓުން ނިންމާައިވަނީ ދެން އަލީ ވަޙީދު ކޯޓަށް ހާޒިރުކުރާނީ ފުލުހުން މެދުވެރިކޮށް ބަންދުކޮށްގެން ކަމަށެވެ. އަދި އެފަދަ އަމުރެއް ކޯޓުން ވަނީ ނެރެފައެވެ.

މީގެއިތުރުން ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު 72 ގަޑިއިރު (ތިން ދުވަސް) ތެރޭގައި ކްރިމިނަލް ކޯޓަށް ހާޒިރު ނުވެއްޖެނަމަ އޭނާގެ މައްޗަށް ޖާމިނުވި ޔޫތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަސްހަދު އަލީ (އަޑުބަރޭ) އަށް ފިޔަވަޅު އަޅާނެކަމަށްވެސް ކޯޓުން ބުނެފައިވެއެވެ. ނަމަވެސް މުއްދަތު ހަމަވުމުން އަސްހަދު އަލީއަށް ވެސް ފިޔަވަޅެއް އަޅާފައެއް ނުވެއެވެ.

އަލީ ވަހީދު އިނގިރޭސިވިލާތުގައި އުޅުއްވާއިރު، އޭނާއާ ދެކޮޅަށް ޖިންސީ ގޯނާ އަދި ރޭޕް ކުރަން އުޅުނު ކަމުގެ ތުހުމަތުގައި ވަނީ ދައުވާ އުފުލާފައެވެ. ނަމަވެސް އޭނާ ރާއްޖެ އައިސްފައި ނުވާތީ އެމައްސަލަތައް ކުރިއަށްގެންދެވޭ ގޮތެއް ނުވެއެވެ. މި މައްސަލައިގެ އަޑުއެހުމުގައި ބައިވެރިވާން އަލީ ވަހީދަށް ޗިޓު ފޮނުވުމުން ހާޒިރުވެފައި ނުވާތީ މީގެ ކުރިން ސުޕްރީމް ކޯޓުން ވަނީ އޭނާ އެ ކޯޓުގެ ހުރުމަތް ކެނޑީ ކަމަށް ބަލައި 2 މަހާއި 12 ދުވަހަށް ޖަލަށްލާން ހުކުމް ކޮށްފަ އެވެ.



ކިޔުންތެރިންގެ ހިޔާލު


11

ކޮމަންޑޫވާލާ

02-Feb-2022

ހާދަ މޮޅޭ! ތިހާ އިނސާފުވެރި ވީމަ ކަލޭމެނަށް ވޯޓު ދޭނީ.😂😂😂



ޓްރެންޑިން