ކަސްޓަމްސްގެ ބެލުމުގެ ދަށުގައިހުރި ގިނަ ބާވަތްތަކެއްގެ ތަކެތި ނައްތާލުން
ކަސްޓަމްސްގެ ބެލުމުގެ ދަށުގައިހުރި ގިނަ ބާވަތްތަކެއްގެ ތަކެތި ނައްތާލުން
ރާއްޖޭގެ ކަސްޓަމުގެ ބެލުމުގެ ދަށުގައިހުރި ގިނަ ބާވަތްތަކެއްގެ ސާމާނު ނައްތާލައިފިއެވެ.

މިތަކެތި ނައްތާލާފައިވަނީ ކ. ތިލަފުށީ ކުނި ނައްތާލާ ސަރަޙައްދުގައި ކަސްޓަމުގެ އިތުރުން، މީޑިއާގެ ހާޒިރުގައެވެ.

ކަސްޓަމުން ނައްތާލި ތަކެތީގެ ތެރޭގައި ބަނގުރަލާއި ބިޔަރާއި، ސިނގިރޭޓުގެ ބާވަތްތައް ހިމެނެއެވެ. އެގޮތުން 248 ބަނގުރާފުޅިއާއި، ބަނގުއާވި އެކުލެވޭ 4133 ބިޔަރު ދަޅާއި، 6015 ދުންފަތާއި ސިނގިރެޓްގެ ބާވަތްތައް ހިމެނެއެވެ. މީގެއިތުރުން 21346 ކޮންފެކްޝަނަރީ ބާވަތްތަކާއި، 123 އައިޓަމް ސައިފަތާއި، 21 ފެޝަން އެސެސަރީޒާއި، 543 ކޮސްމެޓިކްސް ބާވަތްތަކާއި 103 ޓޮއިލެޓްރީސް ބާވަތާއި އެހެނިހެން 15 އާލަތް ވަނީ ނައްތާލާފައެވެ.



މި ތަކެއްޗަކީ ކަސްޓަމުގެ އާންމު ޤަވާއިދުގެ 422 ވަނަ މާއްދާގެ ދަށުން ކަސްޓަމުގެ ކޮންޓްރޯލްގެ ދަށުގައި ނުގެންގޮސް ހުންނަ ތަކެއްޗާއި، ރާއްޖެއަށް އެތެރެކުރަން އުޅެނިކޮށް ހިފެހެއްޓޭ މަނާތަކެތި ނައްތާލުމުގައި ކަސްޓަމުން އަމަލުކުރާ އުސޫލުގެ ދަށުން ނައްތާލި ތަކެއްޗެވެ.

އެކިއެކި ސަބަބުތަކާހުރެ ކަސްޓަމްސްގައި ހިފެހެއްޓިފައި ހުންނަ ތަކެތި ކަނޑައެޅިފައިވާ އުޞޫލުގެ ދަށުން ނައްތާލެވިދާނެކަމަށް ކަސްޓަމުގެ އާންމު ގަވާއިދުގައި ބަޔާންކޮށްފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން