ހުޅުމާލޭގައި ޤާއިމްކޮށްފައިވާ ކޯވިޑް ސާމްޕަލް ކަލެކްޝަން ސެންޓަރުތައް މިއަދު ބަންދުވާނޭކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ، އެޗްޕީއޭއިން ބުނެފިއެވެ.

ކޯވިޑް ކޭސްތައް އިތުރުވާތީ ހުޅުމާލޭގައި ވަނީ 2 ސާމްޕަލް ކަލެކްޝަން ސެންޓަރެއް ޤާއިމްކޮށްފައެވެ. އެއީ ހުޅުމާލެ ރުއްގަނޑު 1 ސަރަޙައްދުގައި ޤާއިމްކޮށްފައިވާ ސާމްޕަލް ކަލެކްޝަން ސެންޓަރާއި ހުޅުމާލެ ދެވަނަ ފިޔަވަހީގެ ހިޔާ ފްލެޓްތައް ކައިރީގައި ޤާއިމްކޮށްފައިވާ ސާމްޕަލް ކަލެކްޝަން ސެންޓަރެވެ.

އެޗްޕީއޭއިން ބުނީ ހުޅުމާލޭގައި ޤާއިމްކޮށްފައިވާ ކޯވިޑް ސާމްޕަލް ކަލެކްޝަން ސެންޓަރުތައް މިއަދު ބަންދުވާނެކަމަށެވެ.



ހުޅުމާލޭގައި ޤާއިމްކޮށްފައިވާ ކޯވިޑް ސާމްޕަލް ކަލެކްޝަން ސެންޓަރުތައް މިއަދު ބަންދުކޮށްފައިވާއިރު، ގިނަ ބަޔަކު އެތަންތަނަށް ގޮސް ކިޔު ހަދާކަން ފާހަގަކޮށްލެވެއެވެ. ނަމަވެސް މިއަދު އެ ސެންޓަރުތައް ބަންދުކުރި ސަބަބެއް އެޗްޕީއޭއަކުން ނާންގައެވެ.

ހުޅުމާލޭގައި ޤާއިމްކޮށްފައިވާ ކޯވިޑް ސާމްޕަލް ކަލެކްޝަން ސެންޓަރުތައް ބަންދުވިނަމަވެސް، މާލޭގައި ގާއިމްކޮށްފައިވާ ސާމްޕަލް ކަލެކްޝަން ސެންޓަރުތައް ބަންދުވާނޭކަމަކަށް އެޗްޕީއޭއަކުން ނުބުނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން