މީގެ ކުރިން އެމެރިކާއިން ރާއްޖެއަށް ބައެއް މެޑިކަލް ސާމާނު ހަދިޔާކުރަނީ
މީގެ ކުރިން އެމެރިކާއިން ރާއްޖެއަށް ބައެއް މެޑިކަލް ސާމާނު ހަދިޔާކުރަނީ
އެމެރިކާއިން ރާއްޖެއަށް އިތުރު 210،600 ޑޯޒްގެ ފައިޒާ ވެކްސިން ހަދިޔާކޮށްފިއެެވެ.

މިއީ ކޮވެކްސް ފެސިލިޓީގެ ތެރެއިން ރާއްޖެއަށް ފޮނުވި ވެކްސިނެވެ. މި ވެކްސިން ހަދިޔާ ކުރުމަށްފަހު އެމެރިކާގެ އެމްބަސީން ބުނީ ކޮވިޑް ބަލިމަޑުކަން ނިމުމަކަށް ގެނައުމަށާއި މީހުންގެ ފުރާނަ ސަލާމަތް ކުރުމަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި އެގައުމު ދެމިއޮންނާނެ ކަމަށެވެ.

އެމެރިކާގެ އެމްބަސީގެ ޗާޖް ޑި އެފެއާޒް މާޓިން ކެލީ ވިދާޅުވީ އެމެރިކާއިން 120 ގައުމަކާއެކު ގުޅިގެން، ރާއްޖެވެސް ހިމެނޭ ގޮތަށް، ވެކްސިން ފޯރުކޮށްދީ، މި ބަލިމަޑުކަމުގެ އިޖުތިމާއީ އަދި އިގުތިސާދީ ގެއްލުން ކުޑަކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.

އެމެރިކާއިން ވަނީ މިހާތަނަށް ރާއްޖެއަށް 440،000 ޑޯޒްގެ ފައިޒާ ވެކްސިނާއި ހަތް މިލިއަން ޑޮލަރުގެ އެމާޖެންސީ ވަސީލަތްތައް ވެސް ހަދިޔާކޮށްފައެެވެ. އަދި 60 ވެންޓިލޭޓަރާއި އެއް ލައްކަ ރެޕިޑް ޑައިގްނޯސްޓިކް ޓެސްޓުވެސް އެގައުމުން ރާއްޖެއަށް ދީފައިވެއެވެ.

ރާއްޖޭގައި ކޮވިޑް ބަލީގެ ހާލަތު މިހާރު ގޯސްވެފައިވާ މިންވަރުން އަރައިގަތުމަށް ކުރެވޭނެ އެންމެ މުހިންމު ކަމަކީ ކޮވިޑް-19 ވެކްސިންގެ ބޫސްޓާ ޑޯޒް ޖެހުން ކަމަށް ސިއްހީ މާހިރުން ވިދާޅުވެއެެވެ.

ރާއްޖެއިން ބޫސްޓާއެއްގެ ގޮތުގައި ޖަހަނީ ފައިޒާ ވެކްސިންގެ ޑޯޒެކެވެ. އެގޮތުން 18 އަހަރުން މަތީގެ އެންމެންނަށް ވެސް ބޫސްޓާ ޑޯޒް ޖެހުމުގެ ފުރުސަތު މިމަހު ވަނީ ހުޅުވާލާފައެވެ. ރާއްޖެއިން ބޫސްޓާ ޑޯޒް ޖެހި މީހުންގެ އަދަދު މިހާރު ވަނީ 62000 އަށް އަރާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން