އަންނަ ހޮނިހިރުދުވަހު ބާއްވާ ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންގެ ވަގުތީ ނަތީޖާ އިއުލާންކުރާނީ މާލޭގައިކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.
އިލެކްޝަން ކޮމިޝަނުން ކުރިން ނިންމާފައި އޮތީ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގެ ވަގުތީ ނަތީޖާ ކޮމަންޑޫގައި އިއުލާންކުރާ ގޮތަށެވެ.
އިލެކްޝަންސް ކޮމިޝަނުގެ އޮފިޝަލެއް ބުނީ މާލޭގައި ވަގުތީ ނަތީޖާ އިއުލާންކުރަން ނިންމީ، ކޯވިޑްގެ ހާލަތާއި ގުޅިގެން ވަރަށް ގިނަ ކަންކަމަށް ބެލުމަށްފަހުކަމަށެވެ. އަދި މިހާލަތުގައި އެންމެ ރަނގަޅު ގޮތަކީ މާލޭގައި އިންތިޚާބުގެ ނަތީޖާ އިއުލާން ކުރުންކަމަށް ކޮމިޝަނުން ބުނެއެވެ.
އިލެކްޝަންސް ކޮމިޝަނުން ބުނީ އިންތިޚާބުގައި ހަރަކާތްތެރިވާ އޮފިޝަލުންނާއި، މެމްބަރުން ޕޮޒިޓިވްވެއްޖެނަމަ އިންތިޚާބުގެ ކަންކަން ކުރިއަށް ގެންދިއުމަށް ގޮންޖެހުންތަކެއް ކުރިމަތިވެދާނެކަމަށެވެ. އެހެންކަމުން އެންމެ ރައްކާތެރި ގޮތަކީ މާލޭގައި ވަގުތީ ނަތީޖާ އިއުލާންކުރުން ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެއެވެ.
މާލޭގައި މުޅި ދާއިރާގެ ނަތީޖާ އިއުލާންކުރިނަމަވެސް އެހެން އިންތިޚާބުތަކެކޭ އެއްގޮތަށް ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ބައި-އިލެކްޝަންތަކުގައިވެސް ވޯޓުލާ މަރުކަޒުގައި ވޯޓު ގުނުމަށްފަހު އެ މަރުކަޒެއްގެ ވަގުތީ ނަތީޖާ އެ މަރުކަޒެއްގައި އިޢުލާަނު ކުރާނެކަމަށެވެ.
ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގެ އިތުރުން ހޮނިހިރު ދުވަހު ބާއްވާ އަންހެނުންގެ ކޮމެޓީތަކުގެ އިންތިޚާބުތަކުގެ ވަގުތީ ނަތީޖާވެސް މިހާރު އިއުލާން ކުރުމަށް ހަމަޖެހިފައިވަނީ މާލޭގައެވެ.
އަންނަ ހޮނިހިރުދުވަހު ބާއްވާ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައި އެމްޑީޕީ، ޕީޕީއެމް އަދި އެމްއެންޕީން ވާދަކުރެއެވެ. މި އިންތިހާބަކީ އެންމެފަހުން ބޭއްވި ލޯކަލް ކައުންސިލްގެ އިންތިހާބަށްފަހު އެންމެ ފޯރިގަދަކޮށް ކުރިއަށްދާ އިންތިހާބެވެ.

ކިޔުންތެރިންގެ ހިޔާލު