ކޮވިޑުގެ ގޮންޖެހުންތަކާއި ހެދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ވެރިކަން ކުރަން ލިބިވަޑައިގެންނެވީ އެންމެ އަހަރެއްހާ ދުވަސް ކަމަށް ޖުމުހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް މިއަދު ވިދާޅުވެއްޖެއެެވެ.
ގާސިމް މިހެން ވިދާޅުވީ އަންނަ މަހުގެ ފަސް ވަނަ ދުވަހު ބާއްވާ ކޮމަންޑޫ ދާއިރާގެ މަޖިލީހުގެ ބައި އިލެކްޝަން ކެމްޕޭނުގެ ހަރަކާތުގެ ތެރެއިން މިއަދު ހަވީރު ކޮމަންޑޫގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެެވެ.
މިޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ޖުމުހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވީ، ކޮވިޑުގެ ނުރައްކާތެރިކަމާއި އެކަމާ ގުޅިގެން ކުރިމަތިވި ގޮންޖެހުންތަކާއި ހެދި ރައީސް އިބްރާހިމް މުހައްމަދު ސޯލިޙަށް ވެެރިކަން ކުރަން ލިބިވަޑައިގަތީ އެންމެ އަހަރެއް ކަމަށާއި، މިވީ ކުރު މުއްދަތުގެ ތެރޭގައި ރާއްޖޭގެ އެކި ހިސާބުތަކުގައި ތަރައްގީގެ ގިނަ ޕްެރޮޖެކްޓްތަކެއް ސަރުކާރުން ހިންގާފައިވާ ކަމަށެވެ. އަދި މިވީ ކުޑަ މުއްދަތުގެ ތެރޭގައި ރާއްޖޭގެ އަތޮޅުތަކުގެ ތަރައްގީއަށް ސަރުކާރުން ހިންގަމުންދާ މަޝްރޫއުތަކާއި ކޮށްނިއްމާފައިވާ މަސައްކަތްތަކުގެ ސަބަބުން ރައްޔިތުންގެ ސަމާލުކަމާއި ލޯބި ރައީސް ސާލިޙު ހޯއްދަވާފައިވާ ކަމަށް ގާސިމް ވިދާޅުވިއެވެ.
"ކޮވިޑާއި ހެދި ދަތުރުފަތުރު ނުކުރެވޭތާ ގެއިން ބޭރަށް ވެސް ނުނިކުމެވޭ. އަމިއްލައަށް ގޭގައި ތަޅުލެވިގެން ތިބީ. މިހާލަތުގައި ކިހިނެއްތޯ ކަންތައްކުރަނީ. އެހެންވީމަ ވެރިކަން ކުރަން އަދި އެ ލިބުނީ އެންމެ އަހަރެކޭ އިގޭތޯ. މިއީ ހަގީގަތް. މި ނިކަމެތި ކަމުގެ ތެރޭގައިވެސް މުޅި ރާއްޖޭގެ ކަންކޮޅުތަކުގައި ކިތައް ޕްރޮޖެކްޓްތައް ހިންގަމުންދޭތޯ ބަލާބަލަ. ދެން ލަސްވެއްޖެއޭ ފަސްވެއްޖެއޭ މީނަ (ރައީސް ސާލިޙު) އަކަށް ކަމެއް ނުކުރެވެއޭ ކިޔައިގެން ވާހަަކަ ދައްކަން ލަދުގަންނަންޖެހޭނެ." ރައީސް ސާލިޙުގެ ސަރުކާރަކީ "ސްލޯ" ސަރުކާރެއް ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަަކަށް ރައްދު ދެއްވަމުން ގާސިމް ވިދާޅުވިއެވެ.
މީގެ އިތުރުން ގާސިމް ވިދާޅުވީ ރައީސް ސާލިޙުގެ ސަރުކާރުން ޚިދުމަތްތައް ދިނުމުގައި ވަކި ފިކުރަކަށް ކުލައަކަށް ނުބައްލަވާނެ ކަމަށެވެ. ކުރިން އާސަންދަ ޚިދުމަތްވެސް ލިބެނީ ރައްޔިތުން ސަލާން ޖަހައިގެން ކަމަށާއި، އެހެން ނަމަވެސް މި ސަރުކާރުން އެޚިދުމަތް ވެސް ވެރިންގެ ފައިބުޑަށް ނުވެއްޓި ސަލާން ނުޖަހައި ފަސޭހައިން ލިބޭނެ އިންތިޒާމް ހަމަޖައްސާފައިވާ ކަމަށް ގާސިމް ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ ކޮމަންޑޫ ދާއިރާގެ ގޮނޑި އެމްޑީޕީއަށް ކާމިޔާބު ވުމަކީ ރައީސް ސޯލިހަށް ރައްޔިތުން އިތުބާރު ކުރައްވާކަން ބޭރު ދުނިޔެއަށް ދެއްކޭނެ ހެއްކެއް ކަމަށެެވެ. ކޮމަންޑޫގެ ގޮނޑި ކާމިޔާބުވެގެން ދިއުމަކީ ބޭރުގެ ގައުމުތަކުން އެހީތަކާއި، މަދަދު ލިބުމުގައި ދިވެހި ސަރުކާރާ އޮތް ގާތްކަން އިތުރުވެގެންދާނެ ކަމެއްކަން ގާސިމް ވަނީ ފާހަގަކުރައްވާފައެވެ.
ގާސިމް ވިދާޅުވީ ކޮމަންޑޫއާއި މަތިކޮމަންޑޫ ގުޅުވާލުމަކީ އެއަރޕޯޓަކަށްވުރެ މާބޮޑު ނިއުމަތެއް ކަމަށެވެ. އަދި އެތަނުގެ ތިން ރަށް ފަތުރުވެރިކަން ކުރާ ރިސޯޓްތަކަށް ބަދަވުގެން ދިއުމުން، ރަށުގެ އެތަކެއް ޒުވާނުންނަށް ވަޒީފާ ލިބިގެންދާނެ ކަމަށް ގާސިމް ވިދާޅުވިއެވެ. އަދި ގެސްޓް ހައުސްތަކާއި އެހެންވެސް ގޮތް ގޮތުން އާމްދަނީ ލިބޭނެ ގޮތްތައް މަގުފަހިގެންދާނެ ކަމަށް ގާސިމް ވިދާޅުވިއެވެ. އަދި ދެކޮމަންޑޫ ގުޅުވާލުމުން ވޭތުވެދިޔަ 50 ވަރަކަށް އަހަރު ކޮމަންޑޫ ރައްޔިތުންނަށް ގެއްލިފައިވާ ތަރައްގީތައް އަންނާނީ މަތިމައްޗަށް ބަރުތީލަވެގެން ކަމަށް ގާސިމް ވިދާޅުވިއެވެ.
ގާސިމް ވަނީ ރައްޔިތުން ތިބީ ތަރައްގީއާ ރައީސް ސާލިޙާއެކުކަން ހާމަކޮށްދިނުމަށް އެމްޑީޕީގެ ކެންޑިޑޭޓް މުޙައްމަދު ރާޝިދު ކޮމަންޑޫ ދާއިރާގެ ގޮނޑިއަށް އިންތިޚާބު ކޮށްދިނުމަށް އެދާއިރާގެ ރައްޔިތުންގެ ކިބައިން އެދިވަޑައިގެންފައެވެ.

Hon @qasimibrahim komandoo ah miadhu kurahvaa campaign dhathurufulhu therein…. pic.twitter.com/q07s9DDrSi
— JP Secretariat (@JPSecretariat) January 29, 2022

ކިޔުންތެރިންގެ ހިޔާލު