ޕީޕީއެމްގެ ސަރުކާރެއްގައި ވަޒީފާ ދޭނީ އެޕާޓީގެ މީހުންނަށް އެކަނި ކަމަށް އިދިކޮޅު ލީޑަރު ރައީސް އަބުދު ﷲ ޔާމިން ވިދާޅުވުމުން އެމަނިކުފާނަށް ގިނަ ބަޔެއްގެ ފާޑު ކިޔުން އަމާޒުވެއްޖެއެެވެ.

ރައީސް ޔާމިން މިހެން ވިދާޅުވީ ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންގައި ވާދަކުރަށްވާ ޕީޕީއެމްގެ ކެންޑިޑޭޓު މޫސާ ފަތުހީއަށް ތާއީދު ހޯދުމަށް މާލޭގައި ދިރިއުޅޭ ށ. ކޮމަންޑޫ ދާއިރާގެ ރައްޔިތުންނާ ބައްދަލުކުރައްވާ ވާހަަކަފުޅު ދައްކަވަމުންނެެވެ. ރައީސް ޔާމިން ވިދާޅުވީ ޕީޕީއެމް ސަރުކާރެއްގައި ސަރުކާރުގެ ކުންފުނިތަކާއި މުވައްސަސާތަކުގެ ވަޒީފާތަކަށް ނަގާނީ ހަމައެކަނި "ޕީޕީއެމް ކުދިން" ކަމަށެވެ.

"އެހެން ބަޔަކަށް ޖާގައެއް ނޯންނާނެ. އަދި އޭގެން ޖާގަ ދޭނަން މިހާރު އަޅުގަނޑުމެންނާއެކު މަސައްކަތްކުރާ މީހުންނަށް." ރައީސް ޔާމީން ވިދާޅުވިއެވެ.

ރައީސް ޔާމިންގެ މި ވާހަަކަފުޅާ ގުޅިގެން ޝޯޝަލް މީޑިޔާގައި ގިނަ ބަޔަކު ވަނީ އެމަނިކުފާނަށް ފާޑުކިޔާފައެެވެ. އޭގެ ތެރޭގައި މި ސަރުކާރުގެ އިސްބޭފުޅުންނާއި ގިނަ އަދަދެއްގެ އާންމުން ހިމެނެއެެވެ.

ރައީސް ޔާމީންގެ މިވާހަކަފުޅަށް ރައްދު ދެއްވަމުން އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރ ހުސައިން އަމްރު ވިދާޅުވީ އެއީ ވެރިކަން ކޮށްފައި ހުރި މީހަކު ދައްކަން ނުވާވަރުގެ ނާތަހުޒީބު ވާހަކައެއް ކަމަށެވެ.





އެކަމާ ދެކޮޅަށް ޝުއޫރު ފާޅުކުރި މީހަކު ބުނީ ވަޒީފާ އަކީ ވަކި ސިޔާސީ ޕާޓީއަކަަށް ނިސްބަތްވާތީ ދޭންޖެހޭ އެއްޗެއް ނޫން ކަމަށެވެ. މިއަދު ވެރިކަމުގައި ތިބި ފަރާތުން ވެސް ކަން ކުރަމުންދަނީ އެބީދައިން ކަމަށް އޭނާ ބުނެފައިވެއެވެ.

އަދި ޕާޓީ ކުދިންނަށް ބަރިބަރިއަށް ވަޒީފާ ދޭން ސިޔާސީ މަގާމުތައް އުފައްދާ ވާހަަކަ ދައްކާލަންޖެހޭ ކަމަށްވެސް އެކަމާ ގުޅިގެން ޝުއޫރު ފާޅުކުރި މީހަކު ބުންޏެވެ.

އިތުރު މީހަކު ބުނީ ވެރިކަމަށް މީހަކު އަންނަނީ ވަކި ޕާޓީއެއްގެ މީހުން ވޯޓް ދީގެން ނޫން ކަމަށާއި، ގާބިލް ކަން ހުރި ނަމަވެސް ކޮންމެ ޕާޓީއެއްގައި ހުއްޓަސް ވަޒީފާ ލިބުމުގެ ހައްގުން މަހުރޫމް ކޮށްގެން ނުވާނެ ކަަމަށެވެ.

އެކަމާ ގުޅިގެން އަމާޒުވަމުންދާ ފާޑުކިޔުންތަކާއި ގުޅިގެން ޕީއެންސީގެ ރައީސް އަބުދުއްރަހީމް އަބުދު ﷲ އަދުރޭ މިއަދު ވިދާޅުވީ ޕީޕީއެމްގެ ސަރުކާރެއްގައި ވަޒީފާދޭނީ އެންމެ ގާބިލު މީހުންނަށް ކަމަށާއި، ގާބިލު މީހުން ލިބެން ތިބި ޕާޓީއަކީ ޕީޕީއެމް ކަމަށެވެ.

ޕީޕީއެމްގެ ރައީސް ޔާމީން ރޭ މާލޭގައި ތިބި ކޮމަންޑޫ ދާއިރާގެ ރައްޔިތުންނާއި ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅު މީޑިއާ ތަކުގައި ފަތުރަނީ "ގޮތްގޮތަށް އަނބުރައިގެން" ކަމުގައި ބެލެވޭ ކަމަށް އަދުރޭ ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ވެރިކަމަށް އަންނަނީ ޕާޓީއެއްގެ ސިޔާސަތު ތަންފީޒުކުރަން ކަމަށާއި އެ ސިޔާސަތުތައް އެންމެ ރަނގަޅަށް ތަންފީޒު ކުރެވޭނީ އެ ފިކުރުގެ މީހުން ސިޔާސީ މަގާމުތަކުގައި ތިބެގެން ކަމަށެވެ. ކޮންމެ ސަރުކާރެއްގައި ވެސް ސިޔާސީ ވަޒީފާތައް ލިބެނީ އެއިރު ވެރިކަމެއްގައި އޮންނަ ޕާޓީއެއްގެ މެންބަރުންނަށް ކަމުގައި އަދުރޭ ވިދާޅުވިއެވެ.

ވަޒީފާ ދިނުމުގައި ޕާޓީ އިސްކުރާ ކަމުގެ ޝަކުވާގެ އަޑުތައް އިތުރުވެފައިވާއިރު މި ސަރުކާރުން ވަޒީފާ ދިނުމުގައި ވަކި ކުލައަކަށް ނުބައްލަވާނެކަމަށް ރައީސް ސާލިޙު ވަނީ ވިދާޅުވެފައެވެ. އެހެން ނަމަވެސް މި ސަރުކާރުގެ 90 އިންސައްތަ ވަޒީފާ ދީފައިވަނީ އެމްޑީޕީގެ މެމްބަރުންނަށް ކަމަށް އެމަނިކުފާނު މީގެ ކުރިން ވަނީ ވިދާޅުވެފައެވެ.



ކިޔުންތެރިންގެ ހިޔާލު


-9

ޢަމްރާ

02-Feb-2022

ޜައީސަކު ވިދާޅު ވެގެން ނުވާނެ އެގޮތަށް!! ޢެއީ ރަގަޅު ވާހަކައެއް!! ޢެއީ ކޮންމެ މީހަކު މި ގައުމާ ހަވާލުވިއަސް އެހަވާލުވަނީ, އަދި ހުވާ ކުރަނީ އެންމެނަށް ވެރިކަން ކުރަން!! ޢެކަމުގެ އަދުގެ ހަގީގަތަކީ މިއަދުވެސް ވޯޓް ހޯދަން ވާހަކަ ދެއްކި ގޮތަކަށް ނޫން ކަނތައް ކުރަމުން މިދަނީ!! ޕާޓީ މީހުންނަށް ވަޒީފާ !! ޕާޓީއަށް ބަދަލުވާ މީހުންނަށް ހުރިހާ ކަމެއްވެސް މަގު ފަހި ވެގެން މިދަނީ!! ޢެހެންވީމާ , ސޯލިހް ގެ ވެރިކަމުގައި ގެއްލުނު ޕީ ޕީ އެމް ގެ މީހުންގެ ވަޒީފާތައް އިއާދަ ވާން އެބަ ޖެހޭ މިއަދު!! އެ ގޮތަށް ނުވަންޏާ ރ. ޔާމީން ނުބުންޏަސް ޕީ ޕީ އެމް ކުދިންނަށް , ސަޕޯޓްރުންނަށް އެވެރިކަމުގައިވެސް އިސްކަން ދެވޭނީ!! ޢެއީ ޕީ ޕީ އެމުން ނުގޮވާނެ ގައުމަށް ޓޫރިސްޓުން ނާންނަން!! ޕީ ޕީ އެމުން ހުޅުޖަހާކަށް , ސަރުކާރުގެ މުދަލަށް ގެއްލުން ދީ, މުދާތައް ފަނާ ކުރަން ނުގޮވާނެ!! ސަރުކާރުގެ އެސެޓްތަކެއް ނުވިއްކާނެ!! މީތި އެމްޑީ ޕީ ފިކުރުގެ މީހުން ގަބޫލް ނުކުރާނެ ކަން އެއީ ހަގީގަތެއް. އެޢަމްރު ކިޔާ ތާކު ނުޖެހޭ މީހަކަށް އެނގެން ޖެހޭ ކަމަކީ ރ. ޔާމީން ދުވަސްވަރުގަ ފްލެޓް ދިނީ ކީ ޕީ ޕީއެމް ކުދިންނަށް އެކަނި ނޫންކަން އެހެރަ ފޭސް 2 ގެ ރަޖިސްޓްރީ ބަލާލީމަ އެނގޭނޭ!! މާނައަކީ ޒާތީ ވެގެން އެމަނިކުފާނު ޙައްގު މީހުން އެއްކިބާ ނުކުރާނޭ އެ ހައްގުވީ މީހުން ގައުމަށް އިޚްލާސްތެރި ވިއްޔާ. ބޮޑެތި މަގާމް ތަކުގައި އާއި ނުފޫޒާއީ ބާރު ފޯރުވޭ ފަދަ މަގާމް ތަކުގައި ތިބެ ޢެމަގާމް ތަކުގަެ މަސްއޫލިއްޔަތު އަދާނުކޮށް ތިމާގެ އިންޓަރގްރިޓީ އަށް ނުބަލާ ގައުމަށް ޢައްދާރުވާ މީހުން ކަނޑާލާފަ ގެއަށް ފޮނުވާލަން ޖެހޭ!!ްަ ކޮންމެ ސަރުކާރެއް އޮތަސް އެސަރުކާރަކުން ޤައުމަށް ޢައްދާރު ނުވަންޏާ އެ ގައުމެއްގެ ސިއްރު ހިފަހައްޓަން ޖެހޭނެ!އެފަދަ މަގާމްތަކުގައި ތިބޭނީވެސް އެސަރުކާރަކަށް އިތުބާރު ކުރެވޭ މީހުން!! ޢެކަން ތިޔަ އަމްރު ފަދަ އެމް ޑީޕީގެ އެކްޓިވިސްޓުންނަށް އެބަ އެގެންޖެހޭ!! ތިމާ މެންނަކީ އެންމެ ގައުމަށް އިޚްލާސް ތެރިން ކަމަށް ހެދިގެން އުޅޭއިރު ތިޔައިގެ ގިނަ މީހުންނަކީ އެކަށީގެންވާ ވަރަށްވެސް އިއްޔެ ފައިސާ ނުލިބި ތިބި މީހުން. އެކަމަކު ތިމާގެ ޕާޓީ ވެރިކަމަށް އައީމަ މިސަރުކާރުގަ ތިބި އަމްރު ފަދަ ގިނަ މީހުން ގެދޮރާއި, އެޕާޓްމަންޓް ގަނެ ކެފޭ ތަކާއި, ސައި ހޮޓަލާއި, ރިސޯޓް ތަކުން ހިއްސާ ގަނެ ބޮޑެތި އެސެޓް 3 އަހަރު ތެރޭގައި އުފެދިފައިވާ ކަމީ އެންމެން ދަންނަ ބޮޑު ސިއްރު!! ޢިއްޔެ ނާށިގަނޑު ހިފައިގެން ތިބި މީހުން މިއަދު 3 އަހަރު ފަހުން މިލްކިއްޔާތު ހޯދި ގޮތް ބެލޭވޭނޭ މުއައްސަސާއެއް ނެތް!! ޢެހެންމީމަ ޔާމީނޭ ކިޔައިގެން އަނގަ ނުޙުލުވާ!! ޢެއަށްވުރެ މާ ނުލަފާ , މާ ނުބައި, މާ ޖަނަވާރު އެމް ޑީ ޕީ!


2

އަޙްމަދް

02-Feb-2022

ޢިއްޒަތް ތެރި ރައީސް ޔާމީނު ޖަލުގައި ހޫނުފެނަށާއި ފިނިފެނަށްވެސް ވަނީ ވެއްޓިވަޑައިގެންފައެވެ. ދެން ކޮންހޫނުފެނެކޭ ކިޔާކަށްތޯއެވެ? ޢިއްޒަތް ތެރި ރައީސް ޔާމީން އެވިދާޅުވީ ހަމަ ހެޔޮކޮށް އެބަޔަކު މިނާ ނާޅިއަކުން އެބަޔަކަށް މިނަންޖެހޭޔނީ.