ކުރީގެ ރައީސް އަބްދުﷲ ޔާމީނާ ކުޅެން ނޫޅުމަށް ގޮވާލައި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވަރުގަދަ އިންޒާރެއް މިރޭ ދެއްވައިފިއެވެ.
އަދުރޭ މިހެން ވިދާޅުވެ އިންޒާރު ދެެއްވީ އަންނަ ހޮނިހިރު ދުވަހު ބާއްވާ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައި އިދިކޮޅު ޕީޕީއެމްގެ ޓިކެޓުގައި ވާދަކުރައްވާ މޫސާ ފަތުހީއަށް ތާއިދު ހޯދުމަށް މިރޭ ކޮމަންޑޫގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުންނެެވެ. އަބުދުއްރަހީމް ވިދާޅުވީ ރައީސް ޔާމިންގެ ހަށިކޮޅުގައި މި ސަރުކާރަށް އަތް ނުލެވޭނެ ކަމަށާއި، އެމަނިކުފާނު ޖަލަށް ވެސް ނުގެންދެވޭނެ ކަމަށެވެ.
ވަރަށް ޖޯޝާއި ފޯރީގައި ވާހަކަ ދައްކަވަމުން އަދުރޭ ވަނީ ރައީސް ޔާމިނާއި ކުޅެން ނޫޅުމަށް އެމްޑީޕީގެ ޗެއާޕަސަން ހަސަން ލަތީފަށް ގޮވާލައްވާފައެެވެ.
"ޔާމީންގެ ގައިގައި އަތެއް ނުލެވޭނެ. ދެން ޔާމީން ޖަލަކަށް ނުލެވޭނެ. ޝިފާޒު ކައިރީ އަޅުގަނޑު ބުނެލަން ބޭނުންވަނީ އެކަމެއް ނުކުރެވޭނެއޭ." ރައީސް ޔާމިންގެ އެންމެ އަރިސް ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ އަދުރޭ ވިދާޅުވިއެވެ.
މީގެ އިތުރުން އަބުދުއްރަހީމް ވިދާޅުވީ ރައްޔިތުން ބޭނުންވަނީ އެމްޑީޕީގެ ވެރިކަން ނިމުމަަކަށް ގެންނަން ކަމަށެވެ. ރައްޔިތުން ބޭނުންވަނީ ރައީސް ޔާމިން ވެރިކަމަށް ގެންނަން ކަމަށާއި ރައްޔިތުން ބޭނުންވަނީ މިިނިވަން ގައުމެއްގެ ގޮތުގައި މިގައުމު ބާއްވަން ކަމަށް އޭނާ ވިދާޅުވިއެވެ.
އަބުދުއްރަހީމް ވިދާޅުވީ ކޮމަންޑޫއަށް ކަމެއް ކޮށްދިންނަމަ އެކަމެއް ކޮށްދީފައިވަނީ ޕީޕިއެމްގެ ސަރުކާރުން ކަމަށެވެ. މިދިޔަ ތިން އަހަރުގެ ތެރޭގައި އެދާއިރާ ސަރުކާރަށް ނުފެންނަ ކަމަށް އަބުދުއްރަހީމް ވަނީ ވިދާޅުވެފައެެވެ.
ރައީސް ޔާމިނާއި ކުޅެން ނޫޅެން އަދުރޭ ގޮވާލައްވާފައިވާއިރު ޔާމީން އަނބުރާ ދެން ވަޑައިގަންނަވަން ޖެހޭނީ ޖަލަށް ކަމަށް އެމްޑީޕީގެ ނައިބު ރައީސް މުހައްމަދު ޝިފާޒު ވަނީ ވިދާޅުވެފައެވެ. އަދި އިންޑިޔާ އައުޓް ހަރަކާތާއި ގުޅިގެން ރައީސް ޔާމިން ހައްޔަރު ކުރުމަށް އެމްޑީޕީގެ ޗެއާޕަސަން ހަސަން ލަތީފް ވަނީ ގޮވާލައްވާފައެވެ.
އެމްއެމްޕީއާރުސީގެ ޚިޔާނަތުގެ މައްސަލައިގައި ރައީސް އަބުދުﷲ ޔާމިންގެ މައްޗަށް އިއްވާފައިވާ ފަސް އަހަރުގެ ޖަލުގެ ހުކުމުން އެމަނިކުފާނު ސަލާމަތްވެވަޑައިގެންނެވި ނަމަވެސް ވ. އާރަށް ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން، އެެމަނިކުފާނުގެ މައްޗަށް ދައުލަތުން މިހާރު ވަނީ ދައުވާތަކެއް އުފުލާފައެެވެ. އެ ދައުވާތަކުގެ ހުކުމް އަންނަ ނޮވެމްބަރު މަހު އިއްވަން ކްރިމިނަލް ކޯޓުން ވަނީ ނިންމާފައެެވެ.

ކިޔުންތެރިންގެ ހިޔާލު