އަންނަ ހޮނިހިރު ދުވަހު ބާއްވާ ރައްޔިތުން މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގެ ނަތީޖާ އިން އަންނަ ރިޔާސީ އިންތިޚާބަށް ޕާޓީތަކުން ތައްޔާރުވާންވީ ވަރު ދެނެގަނެވޭނެ ކަމަށް ޖުމްހޫރީ ޕާޓީގެ ނައިބު ލީޑަރ އަހުމަދު ސައުދު ވިދާޅުވެއްޖެއެވެ.
ޓީވީ ޕްރޮގުރާމެއްގައި ރޭ ވާހަކަ ދައްކަވަމުން މި ސަރުކާރު ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީގެ ނައިބު ލީޑަރ އަހުމަދު ސައުދު ވިދާޅުވީ އަންނަ ހޮނިހިރު ދުވަހު ބާއްވާ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަނަކީ ސިޔާސީ ގޮތުން މިހާރު އޮތް ތަފާތު ބަލާލެވޭނެ އިންތިޚާބެއް ކަމަށެެވެ.
އެގޮތުން ކޮމަންޑޫ ދާއިރާގެ އިންތިޚާބުގެ ނަތީޖާއިން ޕާޓީތަކުން ރިޔާސީ އިންތިޚާބަށް ތައްޔާރުވާންވީ މިންވަރު ދެނެގަނެވޭނެ ކަމަށާއި ހުރިހާ ގޮތަކުން ބެލި ނަމަވެސް މި އިންތިޚާބަކީ މުހިންމު އިންތިޚާބެއް ކަމަށް ސައުދު ވިދާޅުވިއެވެ.
އަދި ކޮަމަންޑޫ ދާއިރާ އަކީ ޖުމުހޫރީ ޕާޓީގެ ދެވަނަ އަށް އެންމެ ގިނަ މެމްބަރުން ތިބި ދާއިރާ ކަމަށާއި، ކޮމަންޑޫ ދާއިރާއަށް ސަރުކާރު ހިންގާ މައިޕާޓީ، އެމްޑީޕީގެ ކެންޑިޑޭޓް މުޙައްމަދު ރާޝިދުގެ ކެމްޕޭނާއި އެޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ގުޅިވަޑައިގަތުމުން ކެމްޕޭންގެ ފޯރި އާއި ޖޯޝް އިތުރަށް ވަރުގަދަވެފައިވާ ކަމަށް ސައުދު ވިދާޅުވިއެވެ.
"އަޅުގަނޑުމެންނަށް މި ތަފާތު ފެނިގެންދަނީ އޮނަރަބަލް ގާސިމް އިބްރާހިމް ވަޑައިގެންނެވި ހިސާބުން ފެށިގެން، އެ ސަރަހައްދުގެ އެ ފޯރި ޖޯޝް ވަރަށް ބޮޑަށް ފެނިގެންދޭ. ޝޯޝަލް މީޑިޔާއަށް ބަލާލީމަ ވެސް އެބައެނގޭ މިއަދު އެ ގޮނޑީގެ ތަފާތު ކުރުންތައް ކުޑަވެގެންދާތަން، އޯވަރޯލްކޮށް ހުރިހާ ބޭފުޅުންވެސް އެގޮނޑިއަށް މަސައްކަތް ކުރަމުންދަނީ މިބުނާ ޝަރަފަށްޓަކައި، އެއްކަމަކަށް އަޅުގަނޑު ގަބޫލުކުރަނީ. އޭރުވެސް މި ގޮނޑިއަކީ އެމްޑީޕީގެ ގޮނޑިއެއް އަދި މިއަދުވެސް އިރާދަކުރެއްވިޔާ ދެން ވެސް ވާނީ އެމްޑީޕީގެ ގޮނޑިއަކަށް،" ސައުދު ވިދާޅުވިއެެވެ.
މީގެ އިތުރުން ސައުދު ވިދާޅުވީ ރާޝިދަކީ އެމްޑީޕީ ކެންޑިޑޭޓެއްގެ ގޮތުގައި ޖޭޕީން ނުދެކޭ ކަމަށާއި، ޖޭޕީން ދެކެނީ އެއީ ކޯލިޝަން ކެންޑިޑޭޓެއްގެ ގޮތުގައި ކަމަށެެވެ. އެކަމުގައި ރައީސް ސާލިޙާއި ސަރުކާރަށް އެއްބާރުލުން ދޭން ނިންމީ ކޯލިޝަން ދަމަހައްޓަން މަސައްކަތްކުރުމަކީ މުހިންމުކަމެއް ކަމަށްވާތީ ކަމަށް ސައުދު ވިދާޅުވިއެވެ.
ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންގެ ފޯރި ގަދަވެފައިވާއިރު އިންތިޚާބުގައި ތިން ޕާޓީއެއްގެ ކެންޑިޑޭޓުން ވާދަކުރަށްވައެވެ. އެއީ ޕީޕީއެމްގެ ފަރާތުން މޫސާ ފަތުހީ އާއި އެމްޑީޕީގެ ފަރާތުން މުހައްމަދު ރާޝިދުގެ އިތުރުން އެމްއެންޕީގެ ފަރާތުން އަބްދުލްހަންނާން އިދުރީހެވެ.

ކިޔުންތެރިންގެ ހިޔާލު