ކޯވިޑާއި ގުޅިގެން ސަރުކާރުގެ މައި ހޮސްޕިޓާ، އައިޖީއެމް ހޮސްޕިޓަލުގެ ލެބޯރެޓަރީން އާއްމުންނަށް ހިދުމަތްދޭ ވަގުތު ކުޑަކޮށްފިއެވެ.

އައިޖީއެމްއެޗުން ބުނީ ހޮސްޕިޓަލްގަ ލެބޯރެޓަރީން ހިދުމަތްދޭ ވަގުތު ކުޑަކުރީ ރާއްޖޭގައި މިވަގުތު ހަލުވިކަމާއެކު ފެތުރެމުންދާ ކޯވިޑްގެ ބަލިމަޑުކަމާއި ގުޅިގެން ކަމަށެވެ.

އެގޮތުން އައިޖީއެމްއެޗްގެ ލެބޯރެޓަރީގެ ޚިދުމަތް ދޭ ވަގުތު މިއަދުން ފެށިގެން 4 ގަޑިއިރަށް ކުރުކޮށްފައިވާކަމަށް އެހޮސްޕިޓަލުން ބުނެފައި ވެއެވެ.



އައިޖީއެމްއެޗުން ބުނީ މިއަދުން ފެށިގެން 5 ފެބުރުއަރީގެ ނިޔަލަށް އައިޖީއެމްއެޗްގެ ލެބޯރެޓަރީން ލޭ ނެގުމުގެ ޚިދުމަތް ދެމުންގެންދާނީ ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 08:00 އިން މެންދުރު 12:00 އާހަމައަށެވެ. އަދި ނަންމަބަރު ދޫކުރެވޭނީ ދުވާލަކަށް އޮންލައިންކޮށް 100 ނަންބަރު އަދި ހޮސްޕިޓަލަށް ވަޑައިގެން 100 ނަންބަރު ކަމަށް އެހޮސްޕިޓަލުން ހާމަކުރެއެވެ.

އައިޖީއެމްއެޗްގެ ލެބޯޓަރީގެ ހިދުމަތުގެ ވަގުތު ކުޑަކޮށްފައިވާއިރު، އެ ހޮސްޕިޓަލުގައި ކުރަމުންދާ ބައެއް ސާޖަރީތައްވެސް ވަނީ މެދުކަނޑާލާފައެވެ. ނަމަވެސް ކޮންމެހެން ހަދަންޖެހޭ ސާޖަރީތައް މިހާރުވެސް ހަދައެވެ.



ކިޔުންތެރިންގެ ހިޔާލު