ކުރީގެ ރައީސް އަދި އިދިކޮޅު ލީޑަރު، ރައީސް އަބްދުﷲ ޔާމީން "އިންޑިއާ އައުޓް" ޖަހާފައިވާ ޓީޝާޓެއް ތުރުކުރައްވާ މައްސަލަ މަޖިލީހުން ނުރަސްމީ ސިފައެއްގައި ބަލަމުން ގެންދަވާކަމަށް އަލިފުށީ ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު ހުސައިން (ބިގޭ) ވިދާޅުވެއްޖެއެވެ.
ސަރުކާރު ހިންގާ އެމްޑީޕީގެ ޕީޖީ ގްރޫޕްގެ މެމްބަރު ރަޝީދު ވިދާޅުވި ރައީސް ޔާމީން އިންޑިއާ އައުޓު ޓީޝާޓު ތުރުކުރެއްވުމަކީ ގައުމަށް އޭގެ ނުރައްކާ ކުރިމަތިވެދާނެ ކަމެއްކަމަށެވެ.
ބިގޭ ވިދާޅުވީ ރައީސް ޔާމީން އިންޑިއާ އައުޓް ލިޔެފައިވާ ޓީޝާޓް ތުރުކުރައްވާ މައްސަލަ މަޖިލީހުން ބެލުމާއިމެދު މަޖިލީހުގެ މެމްބަރުންގެ މެދުގައި ނުރަސްމީ މަޝްވަރާތައް ކުރިއަށްދާކަމަށެވެ. އަދި މަޖިލިސް ފެށުމުން މިކަމުގައި އަމަލުކުރާނެ ގޮތަކާއިމެދު ރަސްމީ މަޝްވަރާތައްވެސް ފެށޭނެކަމަށް އޭނާ ވިދާޅުވިއެވެ.
އިންޑިއާ އައުޓް ގޮވުމާއި އިންޑިއާ އައުޓް ޖަހާފައިވާ ޓީޝާޓް ލައިގެން އުޅޭ މައްސަލައިގައި ސަރުކާރުން ކަންބޮޑުވުން ފާޅުކުރިނަމަވެސް، ގާނޫނުއަސާސީގެ 26 ވަނަ މާއްދާއިން ދިވެހި ހުރިހާ ރައްޔިތުންނަށް ވަނީ އިސްލާމްދީނުގެ އަސްލަކާއި ހިލާފުނުވާގޮތަށް ހިޔާލު ފާޅުކުރުމުގެ މިނިވަކަން ލިބިދީފައެވެ. ނަމަވެސް ސަރުކާރުން ބުނަމުން އަންނަނީ އަވަށްޓެރި ގައުމަކާމެދު ނަފުރަތު އުފެދޭނެތީ އެފަދަ އިބާރާތެއް ބޭނުން ނުކުރެވޭނެ ކަމަށެވެ.
ސަރުކާރުން ބުނާގޮތުން އިންޑިއާ އައުޓް ކެމްޕެއިނަކީ ރާއްޖެއާއި އަވަށްޓެރި ގައުމުތަކާއި މެދު ނަފްރަތު އުފައްދަން ކުރާ މަސައްކަތެކެވެ. އަދި މިކަމުގެ ސަބަބުން ރާއްޖެއަށް ގެއްލުންތަކެއް ކުރިމަތިވެދާނެކަމަށް ސަރުކާރުން ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު