ސޯޝަލް ސެންޓަރު ފިޔަވައި ރާއްޖޭގައި ގާއިމްކުރާ ފުރަތަމަ މަލްޓިޕާޕަސް އިންޑޯ ކޮމްޕްލެކްސްތަކުގެ ތެރެއިން ލ. ގަން އަދި ޅ. ނައިފަރުގައި ހަދާ ސްޕޯޓްސް ކޮމްޕްލެކްސް ގާއިމްކުރަން ޓެންޑަރ ބޯޑަށް ފޮނުވައިފިއެވެ.
މާލޭ ސޯޝަލް ސެންޓަރު ފިޔަވައި ރާއްޖޭގައި ގާއިމްކުރާ ފުރަތަމަ މަލްޓި ޕާޕަސް އިންޑޯ ކޮމްޕްލެކްސްތައް ގާއިމްކުރުމުގެ މަޝްރޫއަކީ މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓުން ކުރިއަށްގެންދާ މަޝްރޫއެކެވެ.
މީގެ ކުރިން ސަރުކާރުން ވަނީ 6 ރަށެއްގެ ސްޕޯޓްސް ކޮމްޕްލެކްސްގެ މަސައްކަތް ބީލަމަށް ފޮނުވާފައެވެ. މިސްޕޯޓްސް ކޮމްޕްލެކްސްތައް ތަރައްޤީކުރުމަށް ނިންމާފައިވާ ރަށްތަކަކީ ރ. އަލިފުށި، ރ. ދުވާފަރު، އއ. އުކުޅަސް، ފުވައްމުލައް ސިޓީ އަދި އައްޑޫ ސިޓީ ފޭދުއާއި ސ. މީދޫއެވެ.
ޔޫތު މިނިސްޓްރީން ބުނީ އެ 6 ރަށުގެ އިތުރުން، ލ. ގަން އަދި ޅ. ނައިފަރު ސްޕޯޓްސް ކޮމްޕްލެކްސް ގާއިމްކުރަން ޓެންޑަރ ބޯޑަށް ފޮނުވާފައިވާކަމަށެވެ.
މި ކޮމްޕްލެކްސްތަކަކީ ހޭންޑްބޯލް، ނެޓްބޯލް، ވޮލީބޯލް އަދި ބާސްކެޓްބޯޅައިގެ ބައިނަލްއަގްވާމީ ފެންވަރުގެ މުބާރާތްތައް ބޭއްވޭ ފެންވަރަށް ތަރައްޤީކުރާ އިމާރާތްތަކެކެވެ. އަދި މި ތަންތަން ފަރުމާކޮށްފައިވަނީ މިފަދަ ފެސިލިޓީއަކުން ކުޅުންތެރިންނަށް ބޭނުންވާނެ ވަސީލަތްތަކާއި، އަދި ކުޅިބަލަން ވަންނަ މީހުންނަށް ފަސޭހައިން ތިބެވޭނެ އިންތިޒާމްތަކާއެކުއެވެ.
އަތޮޅުތަކުގައި ކުޅިވަރު ކުޅެވޭނެ ވަސީލަތްތައް ގާއިމްކުރުމަށް ރައީސުލްޖުމްހުރިއްޔާ އިބްރާހިމް މުހައްމަދު ސާލިހުގެ ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން މިހާރުވެސް ފުޓްސަލް ދަނޑުތަކާއި ފުޓްބޯޅަ ދަނޑުތައް ގާއިމްކުރުމުގެ މަސައްކަތް އެކި ރަށްރަށުގައި ކުރިއަށްދެއެވެ. މީގެއިތުރުން އައުޓް ޑޯ އަދި އިންޑޯ އެކިއެކި ކުޅިވަރުތައް ކުޅެވޭނެ އިންތިޒާމްވެސް ސަރުކާރުން ގެންދަނީ ހަމަޖައްސަމުންނެވެ.

ސޯޝަލް ސެންޓަރު ފިޔަވައި ރާއްޖޭގައި ގާއިމްކުރާ ފުރަތަމަ މަލްޓިޕާޕަސް އިންޑޯ ކޮމްޕްލެކްސްތަކުގެ ތެރެއިން ޅ. ނައިފަރު ކޮމްޕްލެކްސް ގާއިމްކުރަން ޓެންޑާ ބޯޑަށް ވަނީ ފޮނުވިފައި. މި ކޮމްޕްލެކްސްގައި ހޭންޑްބޯލް،ނެޓްބޯލް، ވޮލީބޯލް އަދި ބާސްކެޓްބޯޅަ ބައިނަލްއަގްވާމީ މުބާރާތް ކުޅެވޭނެ pic.twitter.com/sKsZNlLr6W
— Ministry of Youth,Sports and Community Empowerment (@MoYSCEmv) January 29, 2022
ޔޫތު މިނިސްޓްރީން ބުނީ އެ 6 ރަށުގެ އިތުރުން، ލ. ގަން އަދި ޅ. ނައިފަރު ސްޕޯޓްސް ކޮމްޕްލެކްސް ގާއިމްކުރަން ޓެންޑަރ ބޯޑަށް ފޮނުވާފައިވާކަމަށެވެ.
މި ކޮމްޕްލެކްސްތަކަކީ ހޭންޑްބޯލް، ނެޓްބޯލް، ވޮލީބޯލް އަދި ބާސްކެޓްބޯޅައިގެ ބައިނަލްއަގްވާމީ ފެންވަރުގެ މުބާރާތްތައް ބޭއްވޭ ފެންވަރަށް ތަރައްޤީކުރާ އިމާރާތްތަކެކެވެ. އަދި މި ތަންތަން ފަރުމާކޮށްފައިވަނީ މިފަދަ ފެސިލިޓީއަކުން ކުޅުންތެރިންނަށް ބޭނުންވާނެ ވަސީލަތްތަކާއި، އަދި ކުޅިބަލަން ވަންނަ މީހުންނަށް ފަސޭހައިން ތިބެވޭނެ އިންތިޒާމްތަކާއެކުއެވެ.
އަތޮޅުތަކުގައި ކުޅިވަރު ކުޅެވޭނެ ވަސީލަތްތައް ގާއިމްކުރުމަށް ރައީސުލްޖުމްހުރިއްޔާ އިބްރާހިމް މުހައްމަދު ސާލިހުގެ ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން މިހާރުވެސް ފުޓްސަލް ދަނޑުތަކާއި ފުޓްބޯޅަ ދަނޑުތައް ގާއިމްކުރުމުގެ މަސައްކަތް އެކި ރަށްރަށުގައި ކުރިއަށްދެއެވެ. މީގެއިތުރުން އައުޓް ޑޯ އަދި އިންޑޯ އެކިއެކި ކުޅިވަރުތައް ކުޅެވޭނެ އިންތިޒާމްވެސް ސަރުކާރުން ގެންދަނީ ހަމަޖައްސަމުންނެވެ.
ކިޔުންތެރިންގެ ހިޔާލު