މިއެއްބަސްވުންތަކުގައި ސޮއިކޮށްފައިވަނީ ރާއްޖެ ވަޑައިގެން އުޅުއްވާ ތުރުކީގެ ހާރިޖީ ވަޒީރާއެކު ރާއްޖޭގެ ހާރިޖީ ވަޒީރު އަބްދު ﷲ ޝާހިދު މިއަދު ބޭއްވެވި ރަސްމީ މަޝްވަރާތަކަށްފަހުއެވެ.
މިގޮތުން ދިވެހިރާއްޖެއާ ތުރުކީވިލާތާ ދެމެދު ވިޔަފާރީގެ ގުޅުން އިތުރަށް ހަރުދަނާކުރުމާ ބެހޭ އެއްބަސްވުމެއްގައި ސޮއެކުރެއްވީ ތުރުކީވިލާތުގެ ފަރާތުން ފޮރިން މިނިސްޓަރ ޝަވްޝަގްލޫއެވެ. ދިވެހިރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ އިކޮނޮމިކް މިނިސްޓަރ އަލްއުސްތާޒް ފައްޔާޒް އިސްމާއިލްއެވެ.
The agreement on Trade and Economic Cooperation signed today by Minister of Economic Development @faya_i, between 🇲🇻 and 🇹🇷 will expand trade and economic cooperation between both countries, with the establishment of a ministerial level Joint Economic Commission pic.twitter.com/t9Rhrm9gQX
— Abdulla Shahid (@abdulla_shahid) January 30, 2022
މި އެއްބަސްވުމުގެ ސަބަބުން ރާއްޖެއާއި ތުރުކީވިލާތާ ދެމެދު އޮންނަ އިޤްތިސާދީ ގުޅުން އިތުރަށް ބަދަހިވެގެންދާނެއެވެ. އަދި ވަކިން ހާއްސަކޮށް ދެޤައުމުގެ ވިޔަފާރިވެރިންގެ މެދުގައި ގުޅުން ބަދަހިކުރުމުގެ ގޮތުން އެގްޒިބިޝަންތަކާއި ފެއަރތައް އިތުރުކުރުމަށް މަސައްކަތްކުރެވޭނެއެވެ.
މީގެ ސަބަބުން ދިވެހިރާއްޖެއަށް އަންނަ ތުރުކީވިލާތުގެ އިންވެސްޓްމަންޓްތައް އިތުރުކުރުމަށް މަގުފަހިވެގެންދާނެއެވެ. އަދި މި އެއްބަސްވުމުގެ ދަށުން ދެ ގައުމުގެ އިޤްތިސާދީ ގުޅުން އިތުރަށް ހަރުދަނާ ކުރުމަށްޓަކައި ވަޒީރުންގެ ފެންވަރުގެ ޖޮއިންޓް އިކޮނޮމިކް ކޮމިޝަނެއް އެކުލަވާލުމަށް ވަނީ ހަމަޖެހިފައެވެ. މި އެއްބަސްވުމަކީ ރާއްޖެއާއި ތުރުކީވިލާތާ ދެމެދު އިޤްތިސާދީ ގުޅުން ވަރުގަދަކުރުމަށް އެޅިގެންދިޔަ މުހިއްމު ފިޔަވަޅެކެވެ.
ދިވެހިރާއްޖެއާއި ތުރުކީއާ ދެމެދު ދަނޑުވެރިކަމުގެ ދާއިރާއިން ގުޅުން ބަދަހިކުރުމަށް ގާއިމްކުރި އެއްބަސްވުމުގައި ސޮއެކުރެއްވީ ތުރުކީވިލާތުގެ ފަރާތުން މިނިސްޓަރ ޝަވްޝަގްލޫއެވެ. ދިވެހިރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް ފިޝަރީޒް އެގްރިކަލްޗަރ އެންޑް މެރިން ރިސޯސަސް ޑރ ހުސެން ރަޝީދު ހަސަންއެވެ.
މި އެއްބަސްވުމުގެ ދަށުން ދިވެހިރާއްޖޭގެ ދަނޑުވެރިންނަށް ބޭނުންވާ ތަމްރީނު ދެވި، ހުނަރު ތަރައްޤީ ކުރެވޭނެއެވެ. އަދި ދަނޑުވެރިކަމުގެ ވިޔަފާރި ރާއްޖޭގައި އިތުރަށް ފުޅާކުރުމަށް މި އެއްބަސްވުމުގެ ތެރެއިން ފުރުސަތު ލިބޭނެއެވެ.
ދިވެހިރާއްޖެއާއި ތުރުކީ އާ ދެމެދު ތިމާވެށީގެ ދާއިރާއިން ގުޅުން ބަދަހިކުރުމާއި ގުޅޭ އެއްބަސްވުމެއްގައިވެސް މިއަދު ސޮއިކުރިއެެވެ.
މި އެއްބަސްވުމުގެ ދަށުން ރާއްޖޭގައި ކުނި ނައްތާލުމުގެ ނިޒާމު ހަރުދަނާކުރުމާއި، ރާއްޖޭގައި އިއާދަ ކުރަނިވި ހަކަތަ ބޭނުންކުރާ މިންވަރު އިތުރުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރުމަށްވަނީ ހަމަޖެހިފައެވެ.
An MoU in the field of Environment btwn 🇲🇻&🇹🇷 was signed by Minister of Environment, Climate Change & Technology @anuahsa
— Abdulla Shahid (@abdulla_shahid) January 30, 2022
As countries experiencing effects of climate change, this MoU will enhance cooperation in environmental projects such as waste management & renewable energy pic.twitter.com/hYRTCw8MYh
އެއްބަސްވުމުގައި ދިވެހިރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ ތިމާވެއްޓާއި ބެހޭ ވަޒީރު އާމިނަތު ޝައުނާއެވެ. އަދި ތުރުކީވިލާތުގެ ފަރާތުން ސޮއިކުރެއްވީ މިހާރު ރާއްޖެއަށް ރަސްމީ ޒިޔާރަތެއް ކުރައްވަމުން ގެންދަވާ އެގައުމުގެ ޚާރިޖީ ވަޒީރު މެވްލޫތް ޝަވްޝަގްލޫއެވެ.
މި އެއްބަސްވުމުގެ ދަށުން ރާއްޖެއިން މޫސުމީ ބަދަލުތަކާ ދެކޮޅަށް ކުރަމުންދާ މަސައްކަތްތަކުގަޔާއި، ތިމާވެށި ހިމާޔަތްކޮށް، ރައްކާތެރިކުރުމަށް ކުރަމުންދާ މަސައްކަތުގައި ތުރުކީވިލާތުގެ އެހީތެރިކަން ލިބިގެންދާނެއެވެ. އަދި ކެމިކަލްފަދަ ތިމާވެއްޓަށް ނުރައްކާތެރި ޒާތުގެ ކުނިބުނި ނައްތާލުމުގެ ކަންކަމުގައިވެސް ތުރުކީވިލާތުގެ އެހީތެރިކަން ލިބިގެންދާނެއެވެ.
ދިވެހިރާއްޖެއާއި ތުރުކީވިލާތާއި ދެމެދު ސަގާފަތާއި ތަރިކައިގެ ދާއިރާއިން ގުޅުން ހަރުދަނާކުރުމާއި ގުޅޭ އެއްބަސްވުމެއްވެސް މިއަދު ވަނީ ގާއިމްކޮށްފައެވެ.
Witnessed the signing of the Agreement on Cultural Cooperation between the 🇲🇻&🇹🇷, by Minister of State for Arts, Culture &Heritage Mohamed Thoriq.
— Abdulla Shahid (@abdulla_shahid) January 30, 2022
Under this MoU, both countries will work together to promote the cultural heritage of #Maldives & Maldivian handiwork in Türkiye pic.twitter.com/qfIsuDKbct
މިއަދު މިނިސްޓްރީ އޮފް ފޮރިން އެފެއަރޒްގައި ބޭއްވި ރަސްމިއްޔާތެއްގައި ދިވެހިރާއްޖޭގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ މިނިސްޓަރ އޮފް ސްޓޭޓް މުހައްމަދު ތާރިޤްއެވެ. އަދި ތުރުކީވިލާތުގެ ފަރާތުން ސޮއިކުރެއްވީ އެޤައުމުގެ ޚާރިޖީ ވަޒީރު މެވްލޫތު ޝަވްޝަގްލޫއެވެ.
މި އެއްބަސްވުމުގެ ދަށުން ތުރުކީ ސަރުކާރުގެ އެހީގައި ދިވެހިރާއްޖޭގެ ސަގާފަތް ދިރުވައި އާލާކޮށް ރާއްޖޭގެ ތަރިކަ ދެމެހެއްޓެނިވި ގޮތެއްގައި ރައްކާތެރި ކުރުމަށް މަސައްކަތްކުރެވިގެންދާނެއެވެ. މީގެ އިތުރުން ރާއްޖޭގެ އުފެއްދުންތަކާއި ދިވެހިންގެ މަސައްކަތް ތުރުކީގެ ބާޒާރަށް ތައާރަފްކުރުމަށް މަގުފަހިވެގެންދާނެއެވެ. އަދި ހަމައެއާއެކު މިއުޒިކާއި ވިޝުއަލް އާޓްސް އަދި ޕަރފޯމިން އާޓްސް ފަދަ ފަންނުވެރިކަމުގެ ދާއިރާތައް ކުރިއެރުމަށް ތުރުކީވިލާތުގެ އެހީތެރިކަން ލިބޭނެއެވެ.
ކިޔުންތެރިންގެ ހިޔާލު