ދިވެހި ދައުލަތުން އެކި ގައުމުތަކާ އެކު ގާއިމުކޮށްފައިވާ ގުޅުންތަކަށް ނޭދެވޭ އަސަރު ފޯރާ ގޮތަށް ހިންގާ އަމަލުތަކަކީ ޖިނާއީ ކުށަކަށް ހަދަން ގާނޫނެއް ހެދުމަށް އެމްޑީޕީން ކުރާ މަސައްކަތް ހުއްޓާލުމަށް އިދިކޮޅު ކޯލިޝަނުން ގޮވާލައިފިއެވެ.
ޕީޕީއެމުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ވަނީ ސަރުކާރުން ރައްޔިތުންގެ ހިޔާލު ފާޅުކުރުމުގެ މިނިވަންކަމާ ދެކޮޅަށް ބިލެއް އެކުލަވާލަން އުޅޭތީ އެކަން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފައެވެ. އަދި އެ ބިލަކީ އިދިކޮޅުން ހިންގާ އިންޑިއާ އައުޓް ކެމްޕޭނާ ދެކޮޅަށް ސަރުކާރުން ކުރާ މަސައްކަތެއް ކަމަށް ބަޔާނުގައިވެއެވެ.
ޕީޕިއެމުން ބުނީ އިދިކޮޅުގެ އިންޑިއާ އައުޓް ހަރަކާތް ހުއްޓުވުމަށް ސަރުކާރުން ފުލުހުން ލައްވާވެސް މަސައްކަތްކޮށްފައިވާ ކަމަށާއި މިހާރު ގާނޫނުގެ ތެރެއިން އެކަން ހުއްޓުވުމުގެ މަސައްކަތް ކުރަން އުޅޭ ކަމަށެވެ. އެހެންކަމުން އިންޑިޔާ އައުޓް ހަރަކާތާއި ދެކޮޅަށް ކުރާ މަސައްކަތް ހުއްޓާލަން އިދިކޮޅު ކޯލިޝަނުން ވަނީ ރައީސުލްޖުމްހޫރިއްޔާއަށް ގޮވާލާފައެވެ.
މީގެ އިތުރުން އިދިކޮޅު ކޯލިޝަނުން ވަނީ ސަރުކާރުގެ އަމަލުތައް ގާތުން ބެލުމަށް ބައިނަލްއަގްވާމީ ޖަމިއްޔާތަކަށް ގޮވާލާފަ އެވެ. ޕީއެންސީގެ ޕީޖީ ލީޑަރު އަދި މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ވިދާޅުވީ އިދިކޮޅުގެ އިންޑިއާ އައުޓް ހަރަކާތް ހުއްޓުވުމަށް ގާނޫނެއް ހަދަން ސަރުކާރަށް ޖެހުމުން ދޭހަވަނީ ރައީސް ޔާމީން ފެއްޓެވި ކެމްޕޭނާ ދެކޮޅަށް ސަރުކާރުން ކުރި ހުރިހާ ކަމެއް ފެއިލް ވެއްޖެ ކަމަށެވެ.
"ބޭރުގެ އަސްކަރީ ބަޔަކު ތިބުމާ ދެކޮޅަށް ކުރާ މަސައްކަތް ނުހުއްޓުވޭނެ." ކުރީގެ ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވި އެވެ.
ދިވެހިރާއްޖެއިން ބޭރު ގައުމުތަކާއެކު ގާއިމުކޮށްފައިވާ ހާރިޖީ ގުޅުންތަކަށް ނޭދެވޭ އަސަރުކުރާނެ ފަދަ އަމަލުތައް ހުއްޓުވުމަށް ހުށައަޅާ ބިލްގައި ބުނެފައިވަނީ ގާނޫނީ އަދި ބައިނަލްއަގްވާމީ ހަމަތަކާއި އެއްގޮތަށް ގައުމަކާއެކު ރާއްޖެއިން ގުޅުން އުފައްދާފައި ވަނިކޮށް ސިޔާސީ ޕާޓީ އަކުން ނުވަތަ ވަކި ބަޔަކު ރައްޔިތުންގެ ނަމުގައި ވަކި ގައުމަކާ ދެކޮޅަށް ނުވަތަ ވަކި ގައުމެއްގެ ވަކި މުއައްސަސާއަކާ ދެކޮޅަށް ހަރަކާތްތެރިވުމަކީ ކުށެއް ކަމަށެވެ. ރާއްޖެ އޮތީ ވަކި ގައުމެއްގެ އަޅުވެތިކަމުގައި ކަމަށް ދެއްކުމުގެ ގޮތުން ވަކި ގައުމަކާ ދެކޮޅަށް ހަރަކާތްތައް ހިންގުމަކީ ވެސް ކުށެއް ކަމަށް ބިލްގައިވެއެވެ.
އެހެންކަމުން މި ބިލް އެކުވާލުމުގެ ބޭނުމަކީ ބޭރު ގައުމުތަކާއެކު ރާއްޖެއިން ގާއިމުކޮށްފައިވާ ގުޅުންތަކަށް ނޭދެވޭ އަސަރު ކޮށްފާނެ ކަމަށް ފެންނަ އަމަލުތައް ހުއްޓުވުން ކަމަށް ބިލްގައި ބުނެފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު