ކޮމަންޑޫގައި އައިސްޕްލާންޓެއް ހެދުމުގެ މަސައްކަތް ފެނަކަ ކޯޕަރޭޝަނާ މިއަދު ހަވާލުކޮށްފި އެވެ.

ފިޝަރީޒް މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެ އެއްބަސްވުމުގައި ފިޝަރީޒް މިނިސްޓްރީގެ ފަރާތުން ސޮއިކުރައްވާފައިވަނީ އެ މިނިސްޓްރީގެ ފައިނޭންޝަލް ކޮންޓްރޯލާ އީނާޝް ނަސީރެވެ. ފެނަކައިގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހްމަދު ސައީދު މުހައްމަދެވެ.



އެމަޝްރޫއު ފެނަކަ ކޯޕަރޭޝަނާއި ހަވާލުކޮށްފައިވަނީ 5 މިލިއަން ރުފިޔާއަށެވެ. ޕީއެސްއައިޕީގެ ތެރެއިން ކުރިއަށް ގެންދާ މި މަޝްރޫއު ނިންމަންދީފައިވަނީ ހަ މަސް ދުވަހުގެ މުއްދަތެކެެވެ. ފިޝަރީޒް މިނިސްޓްރީން ފެނަކައާއެކު ސޮއިކުރި މި އެއްބަސްވުމުގެ ދަށުން ކޮމަންޑޫގައި ހަދާ މި އައިސްޕްލާންޓްގައި ދުވާލެއްގެ މައްޗަށް 25 ޓަނުގެ އައިސް އުފެއްދޭނެ ކަމަށް އެ މިނިސްޓްރީން ބުނެ އެވެ. އަދި މިއައިސް ޕްލާންޓުގައި 50 ޓަނުގެ އައިސް ރައްކާކުރުމުގެ ކެޕޭސިޓީ ވެސް ހުންނާނެ ކަމަށް ފިޝަރީޒް މިނިސްޓްރީން ބުނެފައި ވެއެވެ.

އަންނަ ހޮނިހިރު ދުވަހު ބާއްވާ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަނާއި ދިމާކޮށް ސަރުކާރުން އެދާއިރާގައި ގިނަ މަޝްރޫއުތަކެއް ހިންގާތީ އިދިކޮޅު ކޯލިޝަންގެ ފާޑުކިޔުން ވަނީ ސަރުކާރަށް އަމާޒުވެފައެވެ.



ކިޔުންތެރިންގެ ހިޔާލު