އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ މެންބަރު ކަމުން އިސްތިއުފާ ދެއްވި އަލީ އަޝްރަފް ޓެންޑާ ބޯޓުގެ ޗެއާޕާސަންގެ މަގާމަށް އައްޔަންކުރައްވައިފި އެވެ.

މިދިޔަ ޑިސެންބަރު މަހުގެ ދެވަނަ ދުވަހު އަލީ އަޝްރަފު އޭސީސީން އިސްތިއުފާ ދެއްވާފައިވަނީ އޭނާ ހިމެނޭހެން އެކޮމިޝަނުގެ މެމްބަރުން ވަކިކުރުމަށް މަޖިލީހުން މަސައްކަތް ފަށާފައިވަނިކޮށެވެ. އިސްތިއުފާ ދެއްވި ސަބަބެއް ކަމަށް އަޝްރަފު ވިދާޅުވެފައިވަނީ ކޮމިޝަނަށް ވަގުތު ނުދެއްވޭތީ ކަމަށެވެ.

ޓެންޑަރ ބޯޑަކީ ފިނޭންސް މިނިސްޓްރީގެ ދަށުން ހިންގަމުން އަންނަ ބޯޑެކެެވެ. 7 މެމްބަރުން ހިމެނޭ ޓެންޑަރ ބޯޑްގެ މެމްބަރު ކަމަށް އަޝްރަފު އައްޔަންކޮށްފައިވަނީ މިމަހުގެ 18 ވަނަ ދުވަހުއެެވެ. އޭނާ ވަނީ މީގެ ކުރިން ވިލާ ކޮލެޖުގެ ޑިރެކްޓާ އޮފް މާކެޓިންގެ މަގާމު ވެސް އަދާކުރައްވާފައެެވެ.

ޓެންޑާ ބޯޑުގެ މައިގަނޑު މަސައްކަތެެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ ދައުލަތުގެ ޕްރޮކިއުމަންޓުގެ ކަންކަމާ ގުޅޭ އުސޫލުތައް އެކުލަވާލައި ޕްރޮކިއުމަންޓާ ގުޅޭ މަސައްކަތް ހިނގާ ނުހިނގާ ގޮތް ބެލުމެވެ. އެގޮތުން ސަރުކާރުން ކުރިއަށް ގެންދަން ނިންމާ މަޝްރޫއުތަކުގައި ފަސް މިލިއަން ރުފިޔާއަށް ވުރެ މަތީގެ ބިޑްތަކުގެ ކަންކަން ކުރާނީ ޓެންޑާ ބޯޑުންނެވެ.



ކިޔުންތެރިންގެ ހިޔާލު