ޖުވެނައިލް ޑިޓެންޝަން ސެންޓަރ ހުޅުވުން
ޖުވެނައިލް ޑިޓެންޝަން ސެންޓަރ ހުޅުވުން
އުންމީދަކީ ޖުވެނައިލް ޑިޓެންޝަން ސެންޓަރަށް ގެނެވޭ ކުދިން އަނބުރާ މުޖުތަމަޢަށް ނެރުން ކަމަށް ކޮމިޝަނަރ އޮފް ޕްރިޒަންސް އަޙްމަދު މުޙައްމަދުފުޅު ވިދާޅުވެއްޖެއެވެ.

ކުށްކުރާ ކުޑަކުދިން ބޭތިއްބުމަށް މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ އައްސޭރި ޖަލުގައި ޤާއިމްކުރި ޖުވެނައިލް ޑިޓެންޝަން ސެންޓަރ ހުޅުވުމުގެ ރަސްމިއްޔާތުގައި ކޮމިޝަނަރ އަޙްމަދު ވިދާޅުވީ އުންމީދަކީ ޖުވެނައިލް ޑިޓެންޝަން ސެންޓަރަށް ގެނެވޭ ކުދިންނަކީ ހެޔޮގޮތުގައި ރިހިބިލިޓޭޓް ކުރެވި, އަލުން އަނބުރާ މުޖުތަމައުއަށް ގެންދެވޭނެ ކުދިންނަށްވުން ކަމަށެވެ.

އޭގެ އިތުރުން އޮނިގަނޑު ރާވަމުންދަނީ އެކުދިން އަނބުރާ މުޖުތަމައަށް ނެރުމަށް ވަށާޖެހޭ ނިޒާމެއް ޤާއިމްކުރަން ކަމަށްވެސް ކޮމިޝަނަރ އަޙްމަދު ވިދާޅުވިއެވެ.



ކޮމިޝަނަރ އޮފް ޕްރިޒަންސް އަޙްމަދު މުޙައްމަދުފުޅުގެ ވާހަކަފުޅުގައި މި ޤާއިމުކުރެވޭ ޖުވެނައިލް ޑިޓެންޝަން ސެންޓަރަކީ ކުޑަކުދިންގެ ޢަދުލުގެ ޤާނޫނުގެ ދަށުން މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ މައްޗަށް ލާޒިމްކޮށްފައި އޮތް ވަރަށް މުޙިއްމުކަމެއްގެ ފެށުން ކަމުގައި ވިދާޅުވިއެވެ. އަދި މިއީ ވޭތުވެ ދިޔަ 50 އަހަރު މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއިން ޖަލުތައް ބެލެހެއްޓުމަށާއި ޖަލަށް ޙުކުމްކުރާ ފަރާތްތަކުގެ ރިހެބިލިޓޭޝަންގެ މަސައްކަތްތަކަށް އިތުރުވެގެންދާ ކަމެއްކަމުގައި ވިދާޅުވިއެވެ.

މި މަސައްކަތަކީ 2019 ގެ އެމްސީއެސްގެ ބަޖެޓް ގެ ތެރެއިން ފަށައިގަނެވުނު މަސައްކަތެއްކަމަށާއި މިކަމަށް ގާތްގަނޑަކަށް 3.5 މިލިއަން ރުފިޔާ ޚަރަދުކުރެވިފައިވާކަމަށާއި މި މަސައްކަތަކީ އައްސޭރި ޖަލުގެ ވަރަށް ގިނަ މުވައްޒަފުންގެ ޤުރްބާނީއާއެކުގައި އަދި އެ ޖަލުގެ ގިނަ ޤައިދީންގެ ވަރަށް ބޮޑު ބައިވެރިވުމާއެކު ޤާއިމުކުރެވިގެންދާ މަސައްކަތެއްކަމުގައި ސީޕީ ފާހަގަކުރެއްވިއެވެ.

އަދި ޤާނޫނުން ލާޒިމްކުރާ ފަދައިން މަރުކަޒުގައި މަސައްކަތްކުރާނެ ޚާއްސަ އޮފިސަރުން ޢައްޔަކުކުރެވިފައިވާކަމަށާއި އެ މުވައްޒަފުންނަށް ބޭނުންވާ ތަމްރީންތައް ދިނުމުގެ މަސައްކަތް ފަށައިގަންފައިވާކަމަށާއި އަދި އިތުރު ތަމްރީނާއި ހުނަރު މުވައްޒަފުންނަށް ބޭނުންވާނެ ކަމަށާއި ކުރިއަށްއޮތްތަނުގައި އެމްސީއެސްގެ މަސައްކަތްތައް ރާވާ ބައްޓަންކުރަމުންގެންދާނީ މި މަރުކަޒު ބެލެހެއްޓުމުގައި ޢަމަލީ ގޮތުން ހަރަކާތްތެރިވާ މުވައްޒަފުންނަށް ބޭނުންވާނެ ފަންނީ ލަފަޔާ އިރުޝާދު އަދި ތަމްރީންތައް ލިބޭނޭގޮތަށް ކަމުގައި ސީޕީ ވިދާޅުވިއެވެ.

ކޮމިޝަނަރ އަޙްމަދު މުޙައްމަދުފުޅު އައްސޭރި ޖަލުގެ ހީވާގި އޮފިސަރުންނަށާއި ޤައިދީންނާއި އެމްސީއެސްގެ ކުރީގެ ބައެއް މުވައްޒަފުންނާއި ކޮމިޝަނަރުންގެ އަގުހުރި އެހީތެރިކަމަށް ޝުކުރުއަދާކުރެއްވިއެވެ. މީގެ އިތުރުން ޕްރިޒަން ކޯޕަރޭޓިވް ސޮސައިޓީއަށާއި ޔުނިސެފް މޯލްޑިވްސްއިން ވެދެއްވި އެހީތެރިކަމަށް ޝުކުރުއަދާކުރައްވައި، މީގެ ކުރިން ޖަލުގައި ތިބި ކުދިންނަށް ތަޢުލީމީ އެހީތެރިކަން ފޯރުކޮށްދެއްވަމުންދާ ހިންމަފުށީ ސްކޫލާއި ކައުންސިލަށް ސީޕީ ޝުކުރުއަދާކުރެއްވިއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން