އިސްލާމްދީނުގެ އަސްލަކާއި ޚިލާފުނުވާ ގޮތަށް ކޮންމެ ގާނޫނެއްވެސް ހެދުމުގެ ބާރު މަޖިލީހަށް ލިބިގެންވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނާއިބް ރައީސް މޫސާ މަނިކު، ރީކޯ މޫސަ ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ކުރީގެ ޗެއާޕާސަން މޫސާ މަނިކު މިހެން ވިދާޅުވީ ދިވެހި ދައުލަތުން އެކި ގައުމުތަކާއެކު ގާއިމުކޮށްފައިވާ ގުޅުންތަކަށް ނޭދެވޭ އަސަރު ފޯރާ ގޮތަށް ހިންގާ އަމަލުތަކަކީ ޖިނާއީ ކުށަކަށް ހަދަން ގާނޫނެއް ހެދުމަށް އެމްޑީޕީން މަސައްކަތް ފަށާފައިވާތީ އެކަމާ ގުޅިގެން އަމާޒުވަމުންދާ ފާޑުކިޔުންތަކާއި ގުޅިގެންނެެވެ.

އެބިލަކީ ޚިޔާލު ފާޅުކުރުމަށް ހުރަސް އަޅާ ބިލަކަށްވާތީ އެބިލަކީ ގާނޫނޫ އަސާސީއާ ޚިލާފު ބިލެއް ކަމަށް އިދިކޮޅު ކޯލިޝަނުން ވަނީ ބުނެފައެވެ.

އެކަމާ ގުޅިގެން ހުޅުހެންވޭރު ދާއިރާގެ ކުރީގެ މެމްބަރު މޫސާ މަނިކު ވިދާޅުވީ މަޖިލީހަށް ނުހެދޭނީ އިސްލާމްދީނުގެ އަސްލަކާއި ޚިލާފު ގާނޫނެއް ކަމަށެވެ. އަދި އެ ނޫން ހުރިހާ ކަމެއްގައި ގާނޫނު ހެދޭނެ ކަމަށާއި، އިންޑިޔާ އައުޓާއި އެހެން ގައުމެއްގެ އަބުރާ އިއްޒަތަށްޓަކައި ވެސް ގާނޫނު ހެދޭނެ ކަމަށް ރީކޯ މޫސަ ވިދާޅުވިއެވެ.



"އެއްބަޔަކަށް މަގުމަތީގައި އެހެން ގޮވެންޏާއި ނުގޮވާށޭ ވެސް ބުނެވޭނެއެވެ." ހައްދުންމަތީގެ މެމްބަރު ކަން ވެސް ކުރެއްވި މޫސަ ވިދާޅުވިއެވެ.

މީގެ އިތުރުން މޫސަ ވިދާޅުވީ އިންޑިޔާއާއި ޗައިނާ އައުޓް ގޮވަން ތިބޭ މީހުންނަށް ރައްޔިތުންގެ ބައިތުލް މާލުން މުސާރައާއި، އިނާޔަތާއި، ކޮއްތާއި، ތައުލީމާއި، ބޭސް ފަރުވާ ލިބޭނެ ކަމަށެވެ. އެހެން ނަމަވެސް ނިކަމެތި ރައްޔިތުމީހާ މެޑިކަލް ކޮލެޖަށް ގޮސް ކިޔޫގައި ހުއްޓާ އެގައުމުގެ ރައްޔިތަކު ޖަހާނީ ކަންކަށިމަތީގައި ކަމަށާއި، އެ ހާލަތަށް ދިއުމުގެ ކުރިން ގާނޫނަކުން އެކަން ހުއްޓުވަންޖެހޭ ކަމަށް މޫސަ ވިދާޅުވިއެވެ.

ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭލުމަށް ގޮވާލާ އިދިކޮޅު ޕީޕީއެމާއި ޕީއެންސީން ކުރިއަށް ގެންދާ "އިންޑިއާ އައުޓް" ކެމްޕޭން ހުއްޓުވަން ކުރެވެން ހުރިކަންކަން ބެލުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މަޖިލީހުގެ 241 ކޮމިޓީއަށް މިހާރު ވަނީ މައްސަލައެއް ހުށަހަޅުއްވާފައެވެ.

ދިވެހިރާއްޖެއިން ބޭރު ގައުމުތަކާއެކު ގާއިމުކޮށްފައިވާ ހާރިޖީ ގުޅުންތަކަށް ނޭދެވޭ އަސަރުކުރާނެ ފަދަ އަމަލުތައް ހުއްޓުވުމަށް ހުށައަޅާ އެ ބިލްގައި ބުނެފައިވަނީ ގާނޫނީ އަދި ބައިނަލްއަގްވާމީ ހަމަތަކާއި އެއްގޮތަށް ގައުމަކާއެކު ރާއްޖެއިން ގުޅުން އުފައްދާފައި ވަނިކޮށް ސިޔާސީ ޕާޓީ އަކުން ނުވަތަ ވަކި ބަޔަކު ރައްޔިތުންގެ ނަމުގައި ވަކި ގައުމަކާ ދެކޮޅަށް ނުވަތަ ވަކި ގައުމެއްގެ ވަކި މުއައްސަސާއަކާ ދެކޮޅަށް ހަރަކާތްތެރިވުމަކީ ކުށެއް ކަމަށެވެ.

ރާއްޖެ އޮތީ ވަކި ގައުމެއްގެ އަޅުވެތިކަމުގައި ކަމަށް ދެއްކުމުގެ ގޮތުން ވަކި ގައުމަކާ ދެކޮޅަށް ހަރަކާތްތައް ހިންގުމަކީ ވެސް ކުށެއް ކަމަށް ބިލްގައިވެއެވެ.

އެހެންކަމުން މި ބިލް އެކުވާލުމުގެ ބޭނުމަކީ ބޭރު ގައުމުތަކާއެކު ރާއްޖެއިން ގާއިމުކޮށްފައިވާ ގުޅުންތަކަށް ނޭދެވޭ އަސަރު ކޮށްފާނެ ކަމަށް ފެންނަ އަމަލުތައް ހުއްޓުވުން ކަމަށް ބިލްގައި ބުނެފައި ވެއެވެ. އެ ގާނޫނާއި ޚިލާފުވެއްޖެނަމަ ޖަލުގެ އަދަބު ވެސް ވަނީ ކަނޑައަޅާފައެވެެ. ‏



ކިޔުންތެރިންގެ ހިޔާލު


-4

ޒޫނާ

02-Feb-2022

މިކަހަލަ މީހުނަށް ސިޔާސީ މީހުންނޭ ކިޔާތީ ދެރައީ؟ ޤާނޫނަނީ ވަކި ބަޔެއްގެ މައްޗަށް ހިންގޭ އެއްޗަކަށް ކިޔާ ނަމެއް ނޫން. ސެލެކްޓިވް ޖަސްޓިސް މިތާ އާންމުކުރުމަކީ ޤާނޫނީ ހުކޫމާތު ހިންގުމެއްވެސް ނޫން. ޤާނޫނު ހަދަންވީ، އިދިކޮޅު ސިޔާސީ މީހުން އަތްފައި ބަނދެ، ވަކި ޤައުމެއް ރުއްސައި އެ ޤައުމެއްގެ އެޖެންޑާ މިގައުމުގައި ހިންގަދިނުމަކަށް ނޫން. ރީކޯ، ތިޔައީ ނަމުގަ ސިޔާސީ، ރަންޑިން