ވ. އާރަށުގެ މައްސަލާގައި ކުރީގެ ރައީސް އަބުދު ﷲ ޔާމީންގެ މައްޗަށް އުފުލާފައިވާ ދެ ދަޢުވާގެ ހުކުމް ކުރުން ޖޫން މަހަށް އަވަސްކޮށްފިއެވެެ.
ރައީސް ޔާމީންގެ މައްޗަށް ވ. އާރަށު މައްސަލާގައި އުފުލާފައިވާ ދެ ދަޢުވާގެ އަޑުއެހުންތައް ކުރިއަށް ގެންދިއުމަށް ކްރިމިނަލް ކޯޓުން އެންމެ ފަހުން 27 ޖަނަވަރީ 2022 ގައި ބޭއްވި އަޑުއެހުމުގައި އެކުލަވައިލި ތާވަލު އާންމުކޮށްފައިވާއިރު އެ ތާވަލްގައިވާ ގޮތުން އެމައްސަލައިގެ ހުކުމްކުރުމަށް ހަމަޖެހިފައިވަނީ އަންނަ ނޮވެމްބަރު މަހުގެ 25 ވަނަ ދުވަހަށެވެ. އެހެން ނަަމަވެސް ކުއްލިގޮތަކަށް އެ ތާވަލަށް ބަދަލު ގެނެސް އަންނަ ޖޫން މަހުގައި ރައީސް ޔާމިނަށް ހުކުމް ކުރުމަށް މިހާރު ވަނީ ނިންމާފައެވެ.
އެ މައްސަލަައިގެ ޝެޑިއުލް ބަދަލުކޮށް އެކަން ރައީސް ޔާމީންގެ ވަކީލުންނަށް މިހާރު ކޯޓުން ވަނީ އަންގާފައެވެ. އެކަމާ ގުޅިގެން ރައީސް ޔާމިންގެ ވަކީލުން ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެެވެ.
މީގެ ކުރިންވެސް ރައީސް ޔާމީންގެ ވަކީލުންވަނީ މި ދެމައްސަލަ އަވަސް އަރުވާލައިގެން ކުރިއަށް ގެންދާކަމަށާއި، އެހެން މައްސަލަތަކާ ތަފާތުކުރުން ގެންގުޅޭކަން ފާހަގަކޮށް އެކަމުގެ ޝަކުވާކޮށްފައެެވެ.
ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ ތާވަލަށް ބަދަލު ގެނެސް ހުކުމްކުރުން އަވަސްކޮށްފައިވާއިރު އެމަނިކުފާނު އިސްވެ ހުންނަވާ ހިންގަވަމުން ގެންދަވާ އިންޑިޔާ އައުޓް ކެމްޕޭނާއި ގުޅިގެން އެމަނިކުފާނު ހައްޔަރު ކުރުމަށް އެމްޑީޕީގެ އިސްބޭފުޅުން ގެންދަވަނީ ގޮވާލައްވަމުންނެެވެ.
އެމްއެމްޕީއާރުސީ މެދުވެރިކޮށް އާރަށުގައި ރިސޯޓެއް ތަރައްގީކުރަން ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން ރައީސް ޔާމީނަށް ދައުވާ ކޮށްފައިވަނީ އެ ރަށް ވަކި ބަޔަކަށް ދިނުމަށް ރިޝްވަތުގެ ގޮތުގައި އެއް މިލިއަން ޑޮލަރު ގަބޫލު ކުރައްވައި، އެ ފައިސާ ލޯންޑާ ކުރެއްވި ކަމަށް ބުނެއެވެ. އެހެންވެ އެމަނިކުފާނުގެ މައްޗަށް މަނީ ލޯންޑްރިންގެ ދައުވާއާއި ރިޝްވަތު ގަބޫލުކުރުމުގެ ދައުވާ ދައުލަތުން އުފުލާފައެެވެެ.
މީގެ އިތުރުން ރ. ފުއްގިރި މައްސަލައިގައި ރައީސް ޔާމީންގެ މައްޗަށް ދައުލަތުން ވަނީ ރިޝްވަތު ގަބޫލު ކުރުމުގެ ކުށުގެ ދައުވާއާއި މަނީ ލޯންޑްރިންގެ ކުށުގެ ދައުވާ އުފުލާފައެެވެ.
އެ ދެ ދައުވާ ރައީސް ޔާމިންގެ މައްޗަށް އުފުލާފައިވަނީ ޓޫރިޒަމް މިނިސްޓްރީއާއި އެމްއެމްޕީއާރްސީ މެދުވެރިކޮށް ރިސޯޓެއްގެ ގޮތުގައި ތަރައްޤީކުރަން ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުޢާމަލާތާއި ގުޅިގެން މަޤާމުގެ ނުފޫޒު ބޭނުންކުރައްވައި ރިޝްވަތުގެ ގޮތުގައި އެއް މިލިއަން ޑޮލަރު އެމަނިކުފާނު ނެންގެވި ކަަމަށް ތުހުމަތުކުރެވޭ މައްސަލައިގައެެވެ.
މީގެ އިތުރުން ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިން ޕްރައިވެޓް ލިމިޓެޑާއި، ސަން އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑް ބޭނުންކޮށް އެ ފައިސާ ލޯންޑަރކުރުމަށް ފަށަލަކޮށްފައިވާކަމުގެ ތުހުމަތު ވެސް ރައީސް ޔާމިންގެ މައްޗަށް ދައުލަތުން ވަނީ ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު