މަސްތުވާތަކެއްޗާއެކު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ދިވެއްސަކު ހައްޔަރުކޮށްފިއެވެ.

ރަސް އޮންލައިންއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މިއަދު މެންދުރު މަސްތުވާތަކެއްޗާއެކު އެ މީހާ ހައްޔަރުކުރީ އެއަރޕޯޓުގައި ހުންނަ ދޮވެމި ފިހާރަކުރިމަތިންނެވެ.

އޭނާ ހައްޔަރުކުރި ވަގުތު ނަގާފައިވާ ވީޑިއޯތައް ސޯޝަލް މީޑިއާގައި މިހާރު ދަނީ ދައުރުވަމުންނެވެ. އެ ވިޑިއޯތަކުން ފެންނަ ގޮތުގައި އޭނާ އަތުން ފެނުނު މަސްތުވާތަކެތި އަޅާފައިވާ ޕެކެޓް އޮތީ ވެއްޓި ފަޅައިގެން ގޮސްފައެވެ.

ފުލުހުންގެ ބެލުމުގެ ދަށަށް އެ މީހާ ގެންގޮސްފައިވާއިރު، އެކަމާއި ގުޅޭގޮތުން ފުލުހުން ވިދާޅުވީ ޑޮމެސްޓިކް ޓަރމިނަލަށް ފުރަންދިޔަ ދިވެހި ފިރިހެނެއް މަސްތުވާތަކެެއްޗާއެކު ހައްޔަރުކޮށްފައިވާކަމަށެވެ. ނަމަވެސް އިތުރު ތަފްސީލެއް ނުދެއްވައެވެ.



ކިޔުންތެރިންގެ ހިޔާލު