އަހުމަދު މަސްނޫމް   1 ފެބްރުއަރީ 2022 - 1:20
ހުޅުމާލޭގައި މިރޭ ހަވާ އެރުވުން އޮންނާނެކަމަށް އެމްއެންޑީއެފުން ވިދާޅުވެއްޖެއެވެ.

އެމްއެންޑީއެފުން ބުނީ މިރޭ 9 ޖަހާއިރު ‏ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ހަވާއެރުވުން އޮންނާނެކަމަށެވެ. ނަމަވެސް ހަވާ އަރުވަނީ ކޮން މުނާސަބާއަކާއި ގުޅިގެންކަމެއް އެމްއެންޑީއެފަކުން ހާމައެއް ނުކުރެއެވެ.



ހުޅުމާލޭގައި މިރޭ ހަވާ އެރުވުމަށް ހަމަޖެހިފައިވާއިރު އާ އަހަރު ފާހަގަކުރުމަށް މިއަހަރުގެ ފުރަތަމަ ދުވަހުވެސް ހުޅުމާލޭގައި ވަނީ ހަވާ އަރުވާފައެވެ.

ރާއްޖޭގައި ހަވާ އެރުވުމުގެ މަސައްކަތް ކުރަނީ އެމްއެންޑީއެފުންނެވެ. އަދި އަމިއްލަ ފަރާތްތަކުން އެދުމުން، އެމްއެންޑީއެފުން ވިޔަފާރި އުސޫލުންވެސް އެކަންކޮށްދެއެވެ.



ކިޔުންތެރިންގެ ހިޔާލު