އަހުމަދު މަސްނޫމް   1 ފެބްރުއަރީ 2022 - 2:5
ކޯވިޑް ޖެހިގެން 95 އަހަރުގެ ދިވެއްސެއް މިއަދު ނިޔާވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ބުނީ ކޯވިޑް ޖެހިގެން ނިޔާވީ އުމުރުން 95 އަހަރުގެ ދިވެހި ފިރިހެނެއްކަމަށެވެ.

އެޗްޕީއޭއިން ބުނީ ނިޔާވި މީހާއަކީ މިއަދު ހެނދުނު 06:17 ހާއިރު ހުޅުމާލޭ ކޯވިޑް ފެސިލިޓީއަށް ގެންދިޔަ މީހެއް ކަމަށެވެ. މިއީ ރާއްޖެއިން ކޯވިޑް ޖެހިގެން ނިޔާވި 276 ވަނަ މީހާއެވެ.



ކޯވިޑް ޖެހިގެން މިމަހުގެ މިހާތަނަށް ވަނީ 14 މީހަކު ނިޔާވެފައެވެ. އަދި މިވަގުތުވެސް 53 މީހަކަށް ހޮސްޕިޓަލުގައި އަންނަނީ ފަރުވާ ދެމުންނެވެ.

އަލަށް ފެތުރޭން ފެށި ކޯވިޑްގެ އާވޭރިއަންޓް، އޮމިކްރޯން ވޭރިއަންޓު ރާއްޖެއިން ފެނުނުފަހުން ބައްޔަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ވެސް ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. އަދި ރާއްޖޭގެ އެކި ސަރަހައްދުތަކަށް ބަލި ފެތުރޭ މިންވަރުވެސް ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ.



ކިޔުންތެރިންގެ ހިޔާލު