ސަރުކާރުން ފަށާފައިވާ "އިންޓަރގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވަރކް" މަޝްރޫޢު ފެށުމަށް ބޭނުންވާ ފުރަތަމަ 4 ލޯންޗް ގަލްފްކުރާފްޓުން އެމްޓީސީސީއާ ޙަވާލުކޮށްފިއެވެ.
އަތޮޅުތަކުގައި ފެރީގެ ނިޒާމު ހަރުދަނާ ކުރުމަށް ސަރުކާރުން ކުރާ މަސައްކަތާއެކު، 2023 ގެ ނިޔަލަށް ހއ އިން ފެށިގެން އައްޑޫ ސިޓީއާއި ހަމައަށް ރަނގަޅު ފެރީ ނިޒާމަކުން ގުޅާލުމަކީ މި ސަރުކާރުގެ އަމާޒެއްކަމަށް ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ވަނީ ވިދާޅުވެފައެވެ. އަދި ހަރުދަނާ ދަތުރުފަތުރުގެ ނިޒާމަކުން މުޅިރާއްޖެ ގުޅާލެވިގެން މެނުވީ ރާއްޖެ ތަރައްޤީ ނުކުރެވޭނެކަމަށްވެސް ރައީސް ޞާލިޙް ވިދާޅުވެފައިވެއެވެ.
އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވީ އުތުރުގެ ރަށްރަށުގައި ހައި ސްޕީޑް ފެރީގެ ޚިދުމަތް ފެށުމަށް ބޭނުންވާ 17 ފެރީ ބަނުމުގެ މަސައްކަތް ގަލްފް ކްރާފްޓާއި ޙަވާލުކޮށްގެން ކުރިއަށްދާއިރު، އޭގެ ތެރެއިން 4 ފެރީގެ މަސައްކަތް ނިންމާ އެމްޓީސީސީއާ ޙަވާލުކޮށްފައިވާ ކަމަށެވެ.
ސަރުކާރުން ކުރިއަށްގެންދާ "އިންޓަރގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވަރކް" މަޝްރޫޢަކީ ރާއްޖޭގެ ދަތުރުފަތުރުގެ ދާއިރާއަށް އިންގިލާބީ ބަދަލެއް ގެނައުމުގެ އަމާޒުގައި ސަރުކާރުން ކުރިއަށްގެންދާ މުހިއްމު މަޝްރޫޢެކެވެ. އާޒިމް ވިދާޅުވީ އެކުންފުންޏާ ޙަވާލުކުރި 4 ފެރީ ހދ. އަތޮޅަށް ގެންގޮސް އެއަތޮޅުގައި ޚިދުމަތް ދިނުމަށް ތައްޔާރުވަމުންދާ ކަމަށެވެ.
"އިންޓަގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވޯކް"ގެ މަގުސަދަކީ ރާއްޖޭގެ އަތޮޅުތަކާއި ރަށްތައް ހައި-ސްޕީޑް ފެރީ ނިޒާމަކުން ގުޅާލައި، ލުއިފަސޭހަ އަވަސް ހިދުމަތެއް ދަތުރުކުރާ ފަރާތްތަކަށް ފޯރުކޮށްދިނުމެވެ. އެ މަޝްރޫއު ތަންފީޒު ކުރެވޭނީ ތިން ފިޔަވައްސަކަށް ބަހާލައިގެންނެވެ.
މި މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގެ ދަށުން ހއ. ހދ. އަދި ށ. އަތޮޅުގެ ރަށްރަށުގައި ފެރީޓަރމިނަލް ޤާއިމް ކުރުމުގެ މަސައްކަތް އެމްޓީސީސީން މިހާރު ދަނީ ކުރަމުންނެވެ. އެމްޓީސީސިގެ ސީއީއޯ އާޒިމް ވިދާޅުވީ މިހާރުވެސް އެ ކުންފުނިން 41 ރަށެއްގެ ފެރީ ޓަރމިނަލް ޤާއިމުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި ރައީސް ޞާލިޙް ބޭނުންފުޅުވާ ގޮތަށް 2023 ގެ ނިޔަލަށް ކޮންމެ ރަށެއްގައި ފެރީ ޓާމިނަލެއް ނުވަތަ ފެރީ ގިމަތައެއް ހުންނާނެ ކަމަށާއި މިގޮތަށް ތަރައްޤީކުރާ ޓާމިނަލްތަކަކީ އެރަށެއްގެ އާބާދީއާ އެކަށީގެންވާ ގޮތަށް ތަރައްޤީ ކުރާ ޓާމިނަލްތަކެއް ކަމަށް އާޒިމް ވިދާޅުވިއެވެ.
ހައި ސްޕީޑް ފެރީ ނިޒާމުގެ ތެރެއިން ޚިދުމަތުގައި ބޭނުންކުރުމަށް ނިންމާފައިވަނީ 40-50 ދެމެދުގެ މީހުންގެ ޖާގައިގެ 47 ފޫޓުގެ ލޯންޗެވެ. އަދި 30 ނޯޓިކަލް މޭލުގެ ބާރުމިނުގައި ދުވާގޮތަށް ހަދާ މި ފެރީތަކަކީ މިހާރު ބޭނުންކުރާ ފެރީތަކަށްވުރެ ހަލުވި ފެރީތަކެކެވެ.
މި ފެރީތަކުގެ އަޖުމަބެލުމަށް މޫދަށް ބާލައި މީގެކުރިންވަނީ ޓެސްޓްކޮށްފައެވެ. އަދި ބައެއް ސަރަހައްދުތަކުގެ ފެރީ ބަނުމުގެ މަސައްކަތާއި، ފެރީ ޓާމިނަލްތަކާއި ޕަސެންޖަރ ސްޓޮޕްތައް ހެދުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު