ރައީސް އިބްރާހިމް މުހައްމަދު ޞާލިޙަށް އިތުރު ފަސް އަހަރުގެ ދައުރެއް ދޭންޖެހޭ ކަމަށް ރައީސް އޮފީހުގެ މިނިސްޓަރު އަހުމަދު ސަމީރު ރޭ ވިދާޅުވެއްޖެއެވެ.
ސަމީރު މިހެން ވިދާޅުވީ ޖުމްހޫރީ ޕާޓީގެ އޮފީހުގައި އޮތް ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންގައި ވާދަކުރައްވާ އެމްޑީޕީގެ ކެންޑިޑޭޓް މުހައްމަދު ރާޝިދުގެ ކެމްޕޭން ބައްދަލުވުމެއްގައި ރޭ ވާހަކަ ދައްކަވަމުންނެވެ. މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ރައީސް އޮފީހުގެ މިނިސްޓަރު އަހުމަދު ސަމީރު ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ޞާލިހް ކާމިޔާބު ކަމާއެކު ކޯލިޝަން ސަރުކާރެއް ދަމަހައްޓަވާފައިވާ ކަމަށެވެ.
މީގެ ކުރިން އެއްވެސް ވެރިއަކަށް ކޯލިޝަން ސަރުކާރެއް ދެމެހެއްޓިފައިނުވާ ކަމަށާއި ކޯލިޝަނާއެކު ރައީސް ދައްކަވަނީ ރީތި މިސާލެއް ކަމަށް ސަމީރު ވިދާޅުވިއެވެ.
ސަމީރު ވިދާޅުވީ ކޮވިޑުގެ ހާލަތުގައި އެކަމާ ގުޅިގެން ނިންމަންޖެހޭ ކަންކަން ނިންމަން ބޭއްވި ހުރިހާ ޖަލްސާ އެއް ޗެއާ ކުރެއްވީ ރައީސް ކަމަށެވެ. އެކަންތައްތައް އެމަނިކުފާނު އަޑުއެެއްސެވުމަށްފަހު ސިއްހީ މާހިރުންގެ ލަފަޔާ އިރުޝާދު ހޯއްދަވައިގެން ފިޔަވަޅުތައް އަޅުއްވަމުން ގެންދަވައި ކާމިޔާބީ ތަކެއް ހޯއްދަވާފައިވާ ކަމަށް ސަމީރު ވިދާޅުވިއެވެ.
"އެހެންވީމަ އަޅުގަނޑު ދަންނަވާނީ ތާހިރުވެގެން ތިބެ ތާހިރު ދިރިއުޅުމެއްގެ ތެރޭގައި އަޅުގަނޑުމެން ތާހިރުކަންމަތީ މި ފަސް އަހަރު ނިންމައި އިރާދަކުރެއްވިޔާ އަޅުގަނޑުމެން އެބަޖެހޭ ކުރިއަށް އޮތް ފަސް އަހަރުވެސް ރައީސް ޞާލިޙަށް މި ސަބަބަށްޓަކައި ދޭން. އެއީ ރާއްޖޭގެ ލޮބުވެތި ރައްޔިތުންނަށްޓަކައި އަދި ރައްޔިތުންގެ ތަރައްގީއަށްޓަކައި." ޖުމުހޫރީ ޕާޓީގެ މެމްބަރު އަހުމަދު ސަމީރު ވިދާޅުވިއެވެ.
މީގެ އިތުރުން ސަމީރު ވިދާޅުވީ ކޮވިޑާއެކު ގެއްލިގެންދިޔަ ދެ އަހަރާއެކުވެސް މި ސަރުކާރުގެ ފަސް އަހަރުގެ ތެރޭގައި ރައްޔިތުންނަށް ފުއްދަން ވެފައިވާ ވައުދުތައް ފުއްދާނެ ކަމަށެވެ.
ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންގައި ވާދަކުރައްވާ އެމްޑީޕީގެ ކެންޑިޑޭޓް މުހައްމަދު ރާޝިދަށް އިންތިޚާބު ކާމިޔާބު ކޮށްދިނުމަކީ ރައީސް ސާލިޙު ރައްޔިތުންނަށް ކޮށްދެއްވާ ޚިދުމަތްތަކުގެ އަގުވަޒަން ކުރެވޭނެ ކަމެއް ކަމަށް ސަމީރު ވިދާޅުވިއެވެ. އެހެންކަމުން ރާޝިދު ކޮމަންޑޫ ގޮނޑިއަށް އިންތިޚާބު ކޮށްދިނުމަށް ސަމީރު ވަނީ ރައްޔިތުންގެ ކިބައިން އެދިވަޑައިގެންފައެެވެ.

ކިޔުންތެރިންގެ ހިޔާލު