ބ. ގޮއިދޫގައި ޤާއިމްކުރާ ފެނާއި ނަރުދަމާ ނިޒާމްގެ މަސައްކަތުގެ ބޮޑު ބައެއް ނިމިއްޖެއެވެ.

މިމަސައްކަތް ކުރިއަށްގެންދާ އެމްޓީސީސީން ބުނީ ބ. ގޮއިދޫގައި ޤާއިމްކުރާ ފެނާއި ނަރުދަމާ ނިޒާމްގެ މަސައްކަތުގެ 85 އިންސައްތަ ނިމިފައިވާކަމަށެވެ.

އެމްޑަބްލިޔުއެސްސީން ބުނީ މަސައްކަތް ނިމުމުން 70 ޓަނުގެ ވާރޭ ފެން އަދި 140 ޓަނުގެ ސަޕްލައި ފެން ރައްކާކުރެވޭނެ އިންތިޒާމް އެރަށުގައި ހަމަޖެހިގެންދާނެކަމަށެވެ.



ސަރުކާރުން މި މަސައްކަތް އެމްޑަބްލިއުއެސްސީ އާ ހަވާލުކޮށްފައިވަނީ 2019 ވަނަ އަހަރު 46 މިލިއަން ރުފިޔާއަށެވެ.

ގޮއިދޫގައި ފެނާއި ނަރުދަމާ ނިޒާމް ޤާއިމްކުރުމުގެ މަޝްރޫޢުގެ ދަށުން 15.9 ކިލޯމީޓަރުގެ ފެނުގެ ވިއުގައާއި 8.7 ކިލޯމީޓަރުގެ ނަރުދަމާގެ ވިއުގައެއް ޤާއިމްކުރާނެއެވެ. މިމަޝްރޫޢުގެ ދަށުން ގޭބިސީތަކާއި ސަރުކާރު އޮފީސްތަކާއި ގެސްޓްހައުސްތައް ހިމެނޭގޮތައް 153 ކަނެކްޝަން ގުޅައިދިނުމަށް ވަނީ ހަމަޖެހިފައެވެ. ފެނާއި ނަރުދަމާ ޤާއިމްކުރުމުގެ މަޝްރޫއުގެ ދަށުން ފެން ޕްލާންޓް ބަހައްޓާ ޢިމާރާތުގެ ހުރިހާ މަސައްކަތެހެން މިހާރު ވަނީ ނިމިފައެވެ.



ކިޔުންތެރިންގެ ހިޔާލު