އެންޓި ކޮރަޕްޝަން ކޮމިޝަން، އޭސީސީގެ މެންބަރުކަމުގެ މަގާމުން މިދިޔަ ޑިސެމްބަރުމަހު އިސްތިއުފާދެއްވި މެމްބަރުގެ ބަދަލުގައި އެކޮމިޝަނަށް މެމްބަރަކު އައްޔަނު ކުރުމަށް ގާނޫނުގައި އޮތް 60 ދުވަހުގެ މުއްދަތު ހަމަވެއްޖެއެވެ.
އޭސީސީގެ ހުރިހާ މެންބަރުން އިސްތިއުފާ ދެއްވާފައިވާއިރު އެކޮމޮޝަނުގެ މެންބަރުކަމުގެ މަގާމުން ފުރަތަމަ އިސްތިއުފާދެއްވި އަޝްރަފް އެމަގާމުން އިސްތިއުފާ ދެއްވީ މިދިޔަ ޑިސެމްބަރުމަހުގެ 2 ވަނަ ދުވަހުއެވެ. ގާނޫނުގައި ބުނަނީ މެމްބަރަކު އިސްތިއުފާ ދެއްވާތާ 60 ދުވަހުގެ ތެރޭގައި އެ މަގާމަށް ބޭފުޅަކު އައްޔަން ކުރަންޖެހޭކަމަށެވެ.
އަޝްރަފްގެ ބަދަލުގައި އޭސީސީއަށް މެމްބަރަކު އައްޔަންކުރަން ގާނޫނުގައި ދީފައިވާ މުއްދަތު އިއްޔެ ވަނީ ހަމަވެފައެވެ. ނަމަވެސް މިހާތަނަށް އައިއިރުވެސް އެ މަގާމަށް ބޭފުޅަކު އައްޔަން ކޮށްފައެއް ނުވެއެވެ.
އޭސީސީއަށް މެމްބަރުން އައްޔަންކުރަނީ ރައީސް އޮފީހުން މަޖިލީހަށް ނަން ފޮނުވައިގެން، މަޖިލީހުން ރުހުން ލިބުމުން ރައީސުލްޖުމްހުރިއްޔާއެވެ. އެ މަގާމަށް ހުށަހަޅާނެ ބޭފުޅުންގެ ނަން ފޮނުއްވުމަށް ރައީސް އޮފީހުން މީގެކުރިން ވަނީ އިއުލާންކޮށްފައެވެ. ނަމަވެސް އެކަމާއި ގުޅޭ ތަފްސީލެއް ރައީސް އޮފީހުން ފަހުން ހާމަކޮށްފައެއް ނުވެއެވެ.
5 މެމްބަރުން ތިއްބަވާ އޭސީސީގައި މިހާރު އެއްވެސް މެމްބަރެއް ނެތެވެ. އަޝްރަފްގެ އިތުރުން، އެކޮމިޝަނުގައި ބާކީ ތިއްބެވި 4 މެމްބަރުންވެސް ވަނީ ޑިސެމްބަރުމަހު އިސްތިޢުފާދެއްވާފައެވެ.
އެ ބޭފުޅުން އިސްތިއުފާ ދެއްވީ، މަޖިލީހުން އެ ބޭފުޅުންގެ މައްޗަށް އިތުބާރު ނެތްކަމުގެ މައްސަލައެއް ފާސްކުރަން ތައްޔާރުވަމުން ދަނިކޮށެވެ.
އޭސީސީ ގާނޫނީ ހުސްކަމެއްގައި އޮތުމުން، އޭސީސީއަށް ހުށަހަޅާ އެއްވެސް މައްސަލައެއް ބެލޭނެ ގޮތެއް މިހާރަކު ނެތެވެ.

ކިޔުންތެރިންގެ ހިޔާލު