ބަންގްލަދޭޝް ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ރިއަރ އެޑްމިރަލް ރިޓަޔަރޑް މުހައްމަދު ނަޒްމުލް ހަސަން، ރައީސުލްޖުމްހުރިއްޔާ އިބްރާހިމް މުހައްމަދު ސާލިހުގެ އަރިހަށް ވަދާއީ ޒިޔާރަތްކުރައްވައިފިއެވެ.
މި ބައްދަލުކުރެއްވުން އޮތީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ބަންގްލަދޭޝްގެ ސަފީރު މަގާމުގައި ހޭދަކުރެއްވި މުއްދަތުގައި ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކޮށް، އެކި ދާއިރާތަކުން ރާއްޖެއަށް ފޯރުކޮށްދިން އެހީތެރިކަމަށް ޝުކުރު އަދާކުރައްވާފައެވެ.
ބަންގްލަދޭޝްގެ ސަފީރުގެ ވާހަކަފުޅުގައި ކޯވިޑްގެ ހާލަތުގައިވެސް ރާއްޖޭގައި އުޅޭ ބަންގްލަދޭޝްގެ ރައްޔިތުންނަށް ފޯރުކޮށްދިން އެހީތެރިކަމަށް ޝުކުރު އަދާކުރެއްވިއެވެ. އަދި ރާއްޖެއިން ބަންގްލަދޭޝްއަށް 201,600 ވެކްސިންގެ ޑޯޒް ހަދިޔާކުރިކަން ފާހަގަކުރައްވާ، އެކަމަށްވެސް ސަފީރު ވަނީ ޝުކުރު އަދާކުރައްވާފައެވެ.
ރައީސް ސާލިހުގެ ޒައާމަތުގައި ބަންގާޅާއި ރާއްޖޭގެ އެންމެ އިސްވެރިން ވަނީ ދެ ގައުމަށް ޒިޔާރަތްކުރައްވާފައެވެ. އެގޮތުން ރައީސް ސާލިހު ބަންގާޅަށް ވަޑައިގެންނެވިއިރު، ބަންގާޅު ބޮޑުވަޒީރު ޝައިހް ހަސީނާ ވަނީ ރާއްޖެ ވަޑައިގެންފައެވެ.
ބަންގާޅާއި ރާއްޖެއާއި ދެމެދު ސިޔާސި ގުޅުން ގާއިމްކުރީ 1978 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 22 ވަނަ ދުވަހުއެވެ.

ކިޔުންތެރިންގެ ހިޔާލު