ފޮރިން މިނިސްޓަރ ޢަބްދު ﷲ ޝާހިދު ބަންގްލަދޭޝްއިން ދިވެހިރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު މުހައްމަދު ނަޒްމުލް ޙަސަންއާއި ބައްދަލުކުރެއްވަނީ.
ފޮރިން މިނިސްޓަރ ޢަބްދު ﷲ ޝާހިދު ބަންގްލަދޭޝްއިން ދިވެހިރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު މުހައްމަދު ނަޒްމުލް ޙަސަންއާއި ބައްދަލުކުރެއްވަނީ.
ތިން ޤައުމަކުން ދިވެހިރާއްޖެއަށް ކަނޑައަޅާފައި ތިއްބަވާ ސަފީރުންނާ ފޮރިން މިނިސްޓަރ ޢަބްދު ﷲ ޝާހިދު މިއަދު ބައްދަލުކުރައްވައި މަޝްވަރާކުރަށްވައިފިއެވެ.

މިނިސްޓަރ ޝާހިދު މިއަދު ބައްދަލުކުރެއްވީ، ބަންގާޅުން ދިވެހިރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު މުހައްމަދު ނަޒްމުލް ޙަސަނާއި، ޖަޕާން ސަރުކާރުން ދިވެހި ރާއްޖެއަށް ކަނޑައެޅި އައު ސަފީރު، ޓަކެއޫޗީ މިދޯރީ އަދި ސްރީލަންކާ ސަރުކާރުން ދިވެހިރާއްޖެއަށް އަލަށް ކަނޑައެޅި ސަފީރު އާދަމް މަޒްނަވީ ޖައުފަރް ސާދިޤާއެވެ.

ބަންގްލަދޭޝް ސަފީރު މިނިސްޓަރ ޝާހިދުގެ އަރިހަށް މިއަދު ކުރެއްވި އިޙްތިރާމްގެ ޒިޔާރަތަކީ ސަފީރުކަމުގެ ދައުރު ފުރިހަމަ ކުރައްވައި، ފުރާވަޑައިގަތުމުގެ ކުރިން ކުރެއްވި ޒިޔާރަތެކެވެ. އަދި ސްރީލަންކާ ސަފީރު މިނިސްޓަރ ޝާހިދުގެ އަރިހަށް ޒިޔާރަތްކުރެއްވީ، މިއަދު ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސާލިޙަށް އެރުވުމަށްފަހު އެވެ.

މިނިސްޓްރީ އޮފް ފޮރިން އެފެއަރޒްގައި މިއަދު މެންދުރުފަހު ވަކިވަކިން އޮތް މި ބައްދަލުވުންތަކުގައި އެޤައުމުތަކާ ދިވެހިރާއްޖެއާ އޮންނަ އެކުވެރި ގުޅުން އިތުރަށް ހަރުދަނާކުރުމާ ގުޅޭ ގޮތުން މިނިސްޓަރ ޝާހިދާއި ސަފީރުން މަޝްވަރާކުރެއްވިކަމަށް އެވުޒާރާއިން ވަނީ ހާމަކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު