ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ މުވައްޒަފުންގެ އެހީއާއެކު ބަނގްލަދޭޝްގައި ދިރިއުޅޭ ރޮހިންޔާ މުސްލިމުންނަށް އިތުރު ފެން ވަޅެއް ބިނާކޮށްދީފިއެވެ.

އެޗްޑީސީން ވަނީ މިދިޔަ ޑިސެމްބަރުމަހުގެ ތެރޭގައިވެސް ބަންގްލަދޭޝްގައި ދިރިއުޅޭ ރޮހިންޔާ މުސްލިމުންނަށް ފެން ވަޅެއް ބިނާކޮށްދީފައެވެ.

އެޗްޑީސީން ބުނީ (އެޗްޑީސީ)ގެ މުވައްޒަފުންގެ އެހީއާއެކު ބަނގްލަދޭޝްގައި ދިރިއުޅޭ ރޮހިންޔާ މުސްލިމުންނަށް އިތުރު ފެން ވަޅެއް އިއްޔެ ބަހައްޓާފައިވާކަމަށެވެ.



އެޗްޑީސީއިން ބުނީ އެ ކުންފުނީގެ މުވައްޒަފުންގެ އެހީގައި ފެން ވަޅެއް ބިނާކޮށްފައިވާއިރު، އެސަރަހައްދުގައި ދިރިއުޅޭ އެތައް ބަޔަކު ސާފު ބޯފެނަށް ބޭނުންވެފައި އެބަ ތިބި ކަމަށެވެ. މީގެ އިތުރުން ފޯރުންތެރިކަން އިތުރު ކޮށްދެވެން އޮތް ވަރަކުން ބަނގްލަދޭޝްގައި ތިބި ރޮހިންޔާގެ ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދިމުނަށް އެޗްޑީސީން ވަނީ އެދިފައެވެ.

150 އަށް ވުރެ ގިނަ ޖަމިއްޔާ، ޖަމާއަތުގެ އެއްބާރުލުމާއެކު "އެހީ'" އިން އިސްނަގައިގެން ބައިނަލްއަގުވާމީ ފެންވަރުގައި ހިންގާ އިންޓަނޭޝަނަލް އެއިޑް ކެމްޕޭނު (އައިއޭސީ) އިން އަންނަނީ ދުނިޔޭގެ އެކި ހިސާބުތަކުގައި އެހީތެރިކަން ބޭނުންވާ މީހުންނަށް އެހީތެރިކަން ފޯރުކޮށްދެމުންނެވެ.

އެޗްޑީސީއިން މި ފެންވަޅުތައް ބިނާކުރުމުގެ މަސައްކަތް ކޮށްފައިވަނީ އިންޓަނޭޝަނަލް އެއިޑް ކެމްޕޭން، އައިއޭސީއާ އެކުއެވެ.



ކިޔުންތެރިންގެ ހިޔާލު