ސިއްހީ އެކި ސަބަބުތަކާހެދި އެނދުމަތިވެފައިވާ ފަރާތްތަކަށް ވެކްސިން ޖަހައިދިނުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ގޭގެޔަށް ގޮސް ވެކްސިން ޖަހައިދޭން ފަށައިފިއެވެ.
އެޗްޕީއޭއިން ބުނީ ގޭގެޔަށް ގޮސް ވެކްސިން ޖަހައިދޭން އެދޭ ފަރާތްތަކުން އެ އެޖެންސީގެ ހޮޓްލައިން 1676 އަށް ގުޅުމަށް ފަހު ނަން ނޯޓު ކުރަން ޖެހޭނެ ކަމަށެވެ. އަދި ގޭގެޔަށް ގޮސް ވެކްސިން ޖަހައިދެނީ އެނދުމަތިވެފައިވާ ފަރާތްތަކަށް އެކަނިކަމަށް އެ އެޖެންސީން މައުލޫމާތުދެއެެވެ.
ރާއްޖޭގައި މިހާތަނަށް 369،000 މީހުން ވެކްސިންގެ ދެ ޑޯޒް ވަނީ ފުރިހަމަކޮށްފައެެވެ. މީގެ އިތުރުން 70،000 އަށްވުރެ ގިނަ މީހުން ވަނީ މިހާތަނަށް ބޫސްޓާ ޑޯޒް ޖަހާފައެވެ. ބޫސްޓާ ޑޯޒް ޖަހައިދެނީ ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށްފައި ހަ މަސް ވެފައިވާ މީހުންނަށް އެކަންޏެެވެ. ބޫސްޓާ ޑޯޒްގެ ގޮތުގައި ރާއްޖޭގައި ޖަހަނީ ފައިޒާ ވެކްސިނެވެ.
ރާއްޖޭގައި މިހާތަނަށް 369،000 މީހުން ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށްފައިވާއިރު، 70،000 އަށްވުރެ ގިނަ މީހުން ވަނީ ބޫސްޓާ ޑޯޒް ޖަހާފައެވެ.
މާލެ ސަރަހައްދުގައި ވެކްސިން ޖަހަން ޖުމްލަ ހަ ސެންޓަރެއް ވަނީ ހުޅުވާފައެވެ. އެގޮތުން ހުޅުމާލޭގައި ހުޅުމާލެ ހޮސްޕިޓަލާާއި ޓްރީޓޮޕް ހޮސްޕިޓަލުން ވެކްސިން ޖެހޭނެ އިންތިޒާމް ވަނީ ހަމަޖައްސާފައެވެ. ހުޅުމާލެ ހޮސްޕިޓަލުން ވެކްސިން ޖަހައިދެނީ އެޕޮއިންޓްމެންޓް އުސޫލުންނެވެ. އޭގެ އިތުރުންވެސް ދަރުބާރުގެ، ސެނަހިޔާ ދަރުމަވަންތަ ހޮސްޕިޓަލް އަދި ދަމަނަވެށިންވެސް ވެކްސިން ޖަހައިދެއެެެވެ.

ކިޔުންތެރިންގެ ހިޔާލު